
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރުމަށް ފަހު 48 ގަޑިއިރަށް ޙަމަލާ ބަދަލުކުރުން މެެދުކަނޑައިލުމަށް ނިންމާފައިވާކަން އިޢުލާނުކޮށްފިއެވެ. ޙަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ ދެ ޤައުމުގެ ދެމެދުަގައި ބަދަލުކުރަމުން ދިޔަ ޙަމަލާތަކުގައި ދެ ފަރާތުން ވެސް ޢާންމުން މަރުވެ، ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމްވެފައި ވަނިކޮށެވެ. އަފްޣާނިސްތާނުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުން ބުނީ، ޕާކިސްތާނުގެ ފައުޖުތަކުން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ 12 މީހުން މަރުވި ކަމަށެވެ. މި ޙަމަލާތަކަކީ 2021ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަން ޠާލިބާނުން ފޭރިގަތް ފަހުން ދެ ޤައުމުގެ ދެމެދުގައި ބަދަލުކޮށްފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. އެއާ އެކު، އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި މަސްރަޙު އަނެއްކާ ވެސް މި ވަނީ ހޫނުވެފައެވެ.
ދެ ފަރާތުގެ ދެމެދުގައި މަައްސަލައެއް އުފެދިފައި މި ވަނީ، ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ޕާކިސްތާން ސަރުކާރުން ޠާލިބާނުންގެ ސަރުކާރަށް ގޮވައިލުމާ ގުޅިގެންނެވެ. ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި، އެ ޤައުމުގައި ނިރުބަވެރި އަމަލުތައް ހިންގާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުންނަށް ޠާލިބާން ސަރުކާރުން ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެއެވެ. ނަމަވެސް، ޠާލިބާނުންގެ ސަރުކާރުން މި ތުހުމަތުތައް ދޮގު ކުރެއެވެ. ޠާލިބާނުން ބުނަނީ އެ ތުހުމަތުތަކަކީ އަފްޣާނިސްތާނާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރައި، ސަރަޙައްދީ ރޮނގާ ގުޅޭ ސަރަޙައްދުތައް ހަލަބޮލިކޮށް، ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިސިސްއާ ގުޅުންހުރި ހަނގުރާމަވެރިން ހިމާޔަތްކޮށް، އަފްޣާނިސްތާނުގެ ހަމަޖެހުމާއި އިސްތިގުލާލަށް ބާރު ފޯރުވުމަށް ކުރާ ތުހުމަތުތަކެއް ކަމަށެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ޖީއެމްޓީ ގަޑިން 1300ން ފެށިގެން 48 ގަޑިއިރަށް ދެ ޤައުމުން ޙަމަލާ ބަދަލުކުރުން ހުއްޓައިލާނެ ކަމަށެވެ. އެ ގޮތަށް އަމަލު ކުރުމަށް ހުށަހަޅާފައި ވަނީ އަފްޣާނިސްތާނުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުގެ ތަރުޖަމާނު، ޛަބީޙުالله މުޖާހިދު ބުނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލަނީ ޕާކިސްތާނުގެ އެދުމުގެ މަތިން ކަމަށެވެ. އޭނާ އިތުރަށް ބުނީ ޕާކިސްތާނުން އެއްވެސް ޙަމަލާއެއް ނުުދޭނަމަ ކުރިއަށް އޮތް 48 ގަޑިިއިރު އެ ޤައުމަށް ޙަމަލާ ނުދިނުމަށް އަފްޣާނިސްތާނުގެ އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު 2,600 ކިލޯމީޓަރުގެ ސަރަޙައްދީ ރޮނގެއް ހިއްސާ ކުރެއެވެ. ދެ ފަރާތުގެ ދެމެދުގައި ދޭތެރެދޭތެރެއިން ދަނީ ޙަމަލާ ބަދަލު ކުރަމުންނެވެ. މި ހަމަނުޖެހުންގަނޑާ އެކު ދެ ޤައުމުން ވަނީ ބައެއް ސަރަޙައްދީ ހުރަސްތައް ވެސް ބަންދު ކޮށްފައެވެ. މިއާ އެކު، ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރިއަށް ވެސް ވަނީ ހުރަސް އެޅިފައެވެ. ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށުމާ އެކު ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޗައިނާއިން ވަނީ، ދެ ޤައުމުގައި ތިބި ޗައިނާގެ ރައްޔިތުންނާއި ވުނޭރު ކޮށްފައިވާ މުދަލާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އިލްތިމާސް ކޮށްފައެވެ. ރަޝިޔާއިން ވެސް ވަނީ ޙަމަލާ ބަދަލު ކުރުން ހުއްޓައިލައި، ހަމަޖެހުމަށް އިސްކަން ދިނުމަށް ގޮވާލައިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުވުމުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
