
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދުނިޔޭގެ މުއްސަނދި ބައެއް ޤައުމުތަކުން އެހީ ކަނޑައިލުމުން، އަފްޣާނިސްތާނު، ސޯމާލިއާ، ސޫދާނު، ކޮންގޯ އަދި ހައިޓީގައި ދިރިއުޅޭ 14 މިލިއަނެއްހާ މީހުން ބަނޑުހައިހޫނުކަމުގެ ޙާލަތަށް ވެއްޓުމުގެ ނުރައްކާ ބޮޑުވެފައިވާކަމަށް އދގެ ކާބޯތަކެތީގެ އެހީދޭ ޖަމްޢިއްޔާ، ޑަބްލިޔުއެފްޕީން ބުނެފިއެވެ. ޑަބްލިޔުއެފްޕީއަށް އެންމެ ގިނައިން މާލީ އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ އިތުރުން ގިނަ އެހެން މުއްސަނދި ޤައުމުތަކުން ވެސް ވަނީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދެމުންދިޔަ މާލީ އެހީތެރިކަން ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. ޑަބްލިޔުއެފްޕީން ބުނީ، މި އަހަރު ލިބޭނެކަމަށް ލަފާކުރި ބަޖެޓުގެ ތެރެއިން ލިބޭނެކަމަށް މިހާރު ބެލެވެނީ އޭގެ އެންމެ 40 ޕަސެންޓު ކަމަށެވެ. މިގޮތުން، 2024 ވަނަ އަހަރު 10 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާއިރު، މި އަހަރު ލިބޭނެކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 6.4 ބިލިއަން އެމެރިކާ ޑޮލަރުކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.
ޑަބްލިއުއެފްޕީން ނެރުނު ރިޕޯޓެއްގައި ބުނީ ކާބޯތަކެތީގެ އެހީ ކުޑަކުރުމުން 13.7 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ކުއްލި ޙާލަތުގެ ދަރަޖައަށް ވެއްޓުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމަށެވެ. “ޑަބްލިޔުއެފްޕީން ކުރަންޖެހޭ ކަންކަމާއި އަޅުގަނޑުމެންނަށް ކުރުމުގެ ޤާބިލުކަން ހުރި ކަންކަމާ ދެމެދު އޮތް ފަރަގު ދުވަހަކުވެސް މިހާ ބޮޑުވެފައެއް ނުވޭ. ބަނޑުހައިހޫނުކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެތައް ޒަމާނަކުން ލިބުނު ކުރިއެރުންތައް ގެއްލުމުގެ ނުރައްކާ އެބައޮތް،” ޑަބްލިއުއެފްޕީގެ އެގްޒެކެޓިވް ޑިރެކްޓަރު ސިންޑީ މެކެއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
