
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގައި ދަށުގައި ތިއްބާ މަރުވި އަސީރުންގެ ހަށިތައް އެ ޖަމާޢަތުން ޔަހޫދީންނާ ޙަވާލު ކުރަން ފަށައިފިއެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު އަސީރުން ބަދަލު ކުރަން ފަށާފައި މި ވަނީ، ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމާ ގުޅޭ ގޮތުން އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ވެސް ވަނީ ހުއްޓައިލާފައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު އެކުލަވައިލާފައިވާ އެއްބަސްވުމަށް އަމަލު ކުރަން ފަށާފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. ޔަހޫދީން ވަނީ ޙަމާސުން އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް ތުހުމަތުކޮށް، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް، ޙަމާސުން ދަނީ މަރުވެފައިވާ އިތުރު އަސީރުންގެ ހަށިތައް ޔަހޫދީންނާ ޙަވާލު ކުރަމުންނެވެ. މި ގޮތުން، އޮކްޓޫބަރު 14ވަނަ ދުވަހު ހަތަރު އަސީރެއްގެ ހަށިގަނޑު ރެޑް ކްރޮސް މެދުވެރިކޮށް ޔަހޫދީންނާ ޙަވާލު ކޮށްފައިވެއެވެ.
ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓައިލައި، ޣައްޒާގެ ބައެއް ރަށްތަކުން ޔަހޫދީ ސިފައިން ފައިބަން ފެށުމާ އެކު، ޙަމާސުން ވަނީ ޣައްޒާގައި އަމަން ބެލެހެއްޓުމުގެ މަސައްކަތް ފަށާފައެވެ. މި ގޮތުން، ޙަމާސްގެ ސަލާމަތީ ފައުޖުގެ އެތަކެއް ސަތޭކަ މެންބަރުން ޣައްޒާގެ މަގުތަކުގައި ހަރަކާތްތެރިވާން ފަށާފައިވާއިރު، އެ ޖަމާޢަތުން ވަނީ ޔަހޫދީންގެ ޤަތުލުޢާންމު ހިންގުމުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ވެސް ފަށާފައެވެ. އަދި، އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް އެ ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ބައެއް މީހުންނަށް މަރުގެ އަދަބު ދީފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ޙަމާސުން އެއްބަސްވުމާ ޚިލާފަށް އަމަލު ކުރަމުންދާ ކަމުގައި ޔަހޫދީން ތުހުމަތު ކުރުމާ އެކު، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ޙަމާސަށް އިންޒާރު ދެއްވާފައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ. އަދި، އެ ކަމުގައި ޤަޠަރާއި މިޞްރުގެ އިތުރުން ޢަރަބި އަދި މުސްލިމްް ބައެއް ޤައުމުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި ތުރުކީވިލާތް ވެސް ހިމެނެެއެވެ.
“އެ މީހުން [ޙަމާސުން] ހަތިޔާރު ބެހެއްޓުމަށް އިންކާރު ކުރަމުންދާ ނަމަ، ގަދަބާރުން އެ މީހުންގެ ހަތިޔާރުތައް އަތުލާނަން. އެ ކަން ވަރަށް ހަލުވިކަމާ އެކު ކުރެވޭނެ، އަދި އަނިޔާވެރި ގޮތުގައި އެ ކަން ކުރުމުގެ ފުރުޞަތު އެބައޮތް،” ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ދިޔަ ޤަތުލުޢާންމު މުޅިން ހުއްޓުމަކަށް ގެންނާނީ ޙަމާސުން ހަތިޔާރު ބެހެއްޓުމުން ކަމުގައެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފަށާފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި 20 އަސީރުން މިނިވަން ކޮށްފައެވެ. އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި 48 އަސީރުން ތިބި ކަމަށް ބެލެވޭއިރު، އޭގެ ތެރެއިން ދިރިތިބި 20 މީހުން މި ވަނީ މިނިވަންކޮށް، އެ މީހުންގެ ޢާއިލާތަކަށް ރައްދު ކޮށްފައެވެ. ބާކީ ތިބި އަސީރުން މަރުވެފައި ވަނީ ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ކަމުގައި ޙަމާސުން ބުންޏެވެ. އަދި، މަރުވެފައިވާ އަސީރުންގެ ހަށިތައް ހޯދައި، ޔަހޫދީންނާ ޙަވާލު ކުރުމަށް ޙަމާސުން ދަނީ މަސައްކަތް ކުރަމުންނެވެ. 20 އަސީރުންގެ ބަދަލުގައި ޔަހޫދީން ވެސް ވަނީ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުން ދިޔަ ފަލަސްޠީނުގެ 2,000އެއްހާ ރައްޔިތުން މިނިވަން ކޮށްފައެވެ. އޭގެ ތެރޭގައި އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުން ދިޔަ 250 ގައިދީން ވެސް ހިމެނެއެވެ. ޙަމާސުން ބުނީ، މަރުވެފައިވާ އިތުރު އަސީރުންގެ ހަށިތައް ޙަވާލު ކުރުމަށް ހަލުވިކަމާ އެކު މަސައްކަތް ކުރަމުންދާ ކަމުގައެވެ. “މި ވަގުތު، އަޅުގަނޑުމެންގެ އިތުރު މީހުން [މެންބަރުން] އެ ދަނީ ޣައްޒާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގައިވާ ކަންކަން ތަންފީޒު ކުރުމުގެ ގޮތުން އިތުރު އަސީރުންގެ ހަށިތައް ހޯދައި، ޙަވާލު ކުރުމަށް މަސައްކަތް ކުރަމުން،” ޣައްޒާގައި ހުންނަވާ ޙަމާސްގެ ތަރުޖަމާނު ޙާޛިމް ޤާސިމް ވިދާޅުވިއެވެ.
ނަމަވެސް، އެ މަސައްކަތުގައި ލަސްތަކެއް ހުރި ކަމަށް ބުނެ، ޔަހޫދީން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެ ކުރުމަށް ހުރަސް އަޅަން ފަށާފައެވެ. މި ގޮތުން، މި ވަގުތު ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދެމުން ދަނީ އެއްބަސްވުމުގައިވާ އަދަދަށް ވުރެ ދެބައިކުޅަ އެއްބައި މަދު އަދަދެއްގެ އެހީއެވެ. އަދި، ޣައްޒާގެ ދެކުނު ސަރަޙައްދީ ރޮނގު ހުޅުވައިލުމުގެ ފުރުޞަތު ދިނުމަށް ވެސް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ.
About Post Author
މާދަމާ ނިއުސް
“ފުލުހުން ކުރަމުންދާ މަސައްކަތަކީ ނޫސްވެރިކަމަށްދޭ ހަމަލާއެއް ނޫން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް އޮންލައިން ނޫހަކުން ފެތުރި ދޮގު ތުހުމަތުތަކާ ގުޅިގެން ފުލުހުން ހިންގާ ތަހުޤީޤަކީ ނޫސްވެރިކަމަށް ދޭ ހަމަލާއެއް...
“ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިސްލާމީ ޙުދޫދުގެ ތެރޭގައި ދަމަހައްޓަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިސްލާމްދީނާއި ޤާނޫނީ އިމުގެ ތެރޭގައި ދެމެހެއްޓުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ...
މީޑިއާ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އައު ގަވާއިދަށް ޢަމަލުކުރަން ފަށައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާ ބެހޭ އައު ގަވާއިދު އެކުލަވައިލައި، މިއަދު ސަރުކާރުގެ ގެޒެޓުގައި...
މިނިވަންކަމާއެކު އިހްތިރާމް ހޯދައި އަދި ދޭންވެސް އެނގެންޖެހޭ: ވަޒީރު ސަޢީދު
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި އޮތް ނަމަވެސް، އެ މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު އަނެކުންގެ އިޙްތިރާމާއި ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތަށް ކަމަށް އިޤްތިޞާދީ...
ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމަށް ލިބޭ ކުރިއެރުމެއް: ފަސްޓްލޭޑީ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" ކޮމިޓީ އިފްތިތާޙްކޮށްދެއްވައި، ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ގައުމުގެ އަމަން ބެލެހެއްޓުމަށް...
ރައީސްއަށް ދޮގު ތުހުމަތުކުރި ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ފިޔާޒުގެ ޕާސްޕޯޓު ހިފަހައްޓައިފި
"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓަރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދޮގު ތުހުމަތުތަކެއް ކުރި މައްސަލައިގައި ފުލުހުން ވަނީ އެ ނޫހުގެ އޮފީސް...
