
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންގެ ނިރުބަވެރި ދައުލަތުން، ފަލަސްޠީނުގެ ޣައްޒާގައި ހިންގާ ގޭންގުތައް ހުއްޓުވުމުގެ މަސައްކަތް، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ފަށައިފިއެވެ. ޣައްޒާގައި ޢަމަލުކުރަން ފަށާފައިވާ ސުލްޙައިގެ އެއްބަސްވުން ކުއްލި ގޮތަކަށް ރޫޅިދާނެކަމުގެ ބިރު އަދިވެސް އޮތް އިރު، ޙަމާސްގެ ހަތިޔާރު އެޅި މުޖާހިދުން ދަނީ ޣައްޒާގެ އެކި ހިސާބުތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ. މިގޮތުން، ޣައްޒާގެ ސަލާމަތަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ޔަހޫދީން ހިންގާ ގޭންގުތަކުގެ ހަތިޔާރު އެޅި މީހުންނެވެ. އެ ގޭންގުތަކަށް ޔަހޫދީން ހަތިޔާރު ފޯރުކޮށްދޭކަމަށް، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފާޅުގައި އެއްބަސްވެފައެވެ.
ސުލްޙައިގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން، އެފަދަ ގޭންގުތަކަށް ނިސްބަތްވާ 33 މީހުން ޙަމާސުން މަރާލާފައިވާކަމަށް، ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުންޏެވެ. ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. އެއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ރޭވުމަކާ ގުޅޭ ގޮތުން ކުރި މަޝްވަރާތަކަކަށް ފަހުއެވެ. އެމެރިކާއާ ގުޅިގެން އެ މަޝްވަރާތައް ވިލަރެސް ކޮށްފައި ވަނީ ޤަޠަރާއި މިޞްރުންނެވެ. ސުލްޙައިގެ އެއްބަސްވުމުގެ ފުރަހަމަ މަރުޙަލާއަށް މިހާރު ވަނީ އަމަލު ކުރަން ފަށާފައެވެ.
ޓްރަމްޕް ރާއްވަވާފައި އޮތީ، ޣައްޒާގެ އިދާރީ ހިންގުން ވަގުތީ ގޮތުން ‘ޞުލްޙައިގެ ބޯޑު’ގެ ނަން ދީފައިވާ ބޯޑަކާ ޙަވާލު ކުރުމަށެވެ. އަދި، އެ ބޯޑުގެ ދަށުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އެކުލެވިގެންވާ ފަންނީ މުޝީރުންގެ ކޮމިޝަނެއް އެކުލަވައިލެއްވުމަށެވެ. ޓްރަމްޕް ވިދާޅުވީ ޞުލްޙައިގެ ބޯޑުގެ ޗެއަރމަން ކަމުގެ މަޤާމު ފުރުއްވާނީ ޚުދު އޭނާ ކަމުގައެވެ. އަދި، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ ވެސް އެ ބޯޑުގައި އިސް ދައުރެއް އަދާކުރައްވާނެ ކަމުގައެވެ. ޣައްޒާގެ ހިންގުމުގައި ޙަމާސްގެ އެއްވެސް ދައުރެއް އޮންނާކަށް ޓްރަމްޕް ބޭނުންފުޅެއް ނުވެއެވެ. އަދި ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފަލަސްޠީނުގެ ފުލުހުންގެ ޚިދުމަތެއް، ބައިނަލްއަޤުވާމީ ފަރާތްތަކުގެ އެހީތެރިކަމާ ޤާއިމުކޮށް، ފުލުހުން ތަމްރީން ކުރުމަކީ ވެސް ޓްރަމްޕް ވިސްނުފުޅުގައި އޮތް ކަމެކެވެ. ނަމަވެސް، ޣައްޒާގެ ސަލާމަތީ ކަންކަން ވަގުތީ ބެލެހެއްޓުމަށް ޙަމާސާއެކު އެއްބަސްވެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޔަހޫދީންނާއި ޙަމާސާ ދެމެދު އަމަލު ކުރަމުންދާ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން، ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. މި ގޮތުން، 2023 އޮކްޓޫބަރަށް ފަހު ހައްޔަރު ކޮށްފައިވާ 1,700 މީހުންނާއި، އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ އިތުރު 250 ގައިދީން މިނިވަން ކުރުމަށް ވެސް ޔަހޫދީން އޮތީ އެއްބަސްވެފައެވެ. އޭގެ ބަދަލުގައި، ޙަމާސްގެ ބެލުމުގައި ދަށުގައި ތިބި އަސީރުން މިނިވަންކުރަން ހަމަޖެހިފައިވާއިރު، އެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފެށި ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި މި ވަނީ، 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލި ފަހުންނެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ.
About Post Author
މާދަމާ ނިއުސް
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
“ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ސައިންޓިފިކް ދިރާސާތައް މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ސައިންޓިފިކް ދިރާސާތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މަސްވެރިކަމާ ބެހޭ...
ޕީއެންސީގެ ވޯޓުލުން އަބަދުވެސް ކުރިއަށްދަނީ އަސާސީ ގަވާއިދާ އެއްގޮތަށް އަތް ހިއްލައިގެން: އެއީ އައު ކަމެއް ނޫން!
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެ...
“މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު”
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ސަރުކާރުން ކަމަށް...
“އިގްތިޞާދާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރަނީ، ދައްކާނެ އިތުރު ވާހަކައެއް ނެތުމުން”
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދާ މެދު ދޮގު މަޢުލޫމާތު ނުފެތުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް...
އެންސްޕާއިން އިޖުތިމާޢީ އެހީދެނީ ޙައްގުވެރިންނަށްކަން ކަށަވަރުކުރަނީ
(ފޮޓޯ ކްރެޑިޓްސް: އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ) އިޖުތިމާއީ އެހީތެރިކަން ސީދާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި، އެންސްޕާގެ މޮނިޓަރިންގ ނިޒާމު އަލުން ހަރުދަނާކުރުމުގެ...
