(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ހޭންޑްބޯޅަ ކޯޓު ހުޅުއްވައިދެއްވައިފިއެވެ. ނޭކުރެންދޫ ހޭންޑްބޯޅަ ކޯޓު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއާއި ސަރުކާރުގެ ބައެއް އިސްވެރިންގެ އިތުރުން އެރަށުގެ ކައުންސިލްގެ ބޭފުޅުންވެސްވަނީ ބައިވެރިވެވަޑައިގަންފައެވެ. މި ދަނޑަކީ ސަރުކާރުގެ ފަރާތުން އަމިއްލަ ކުންފުންޏަކާ ހަވަލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަހުން ނިމުނު މި މަޝްރޫޢާއެކު، ނޭކުރެންދޫއަށް ކުޅިވަރު ދާއިރާއިން ބޮޑު ކުރިއެރުމެއް އަންނާނެއެވެ.
ނޭކުރެންދޫގެ ކުޅިވަރު ތަރައްގީއަށް މިލިބުނު އައު ކުރިއެރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް އަލީ ސިރާޖް ވިދާޅުވީ އެރަށަކީ ހޭންޑްބޯޅައަށް ފޯރިދޭ ރައްޔިތަކު ދިރިއުޅޭ ރަށެއްކަމަށެވެ. އަދި ހޭންޑްބޯޅަ މުބާރާތްތައްވެސް ކޮންމެ އަހަރަކުހެން ބޭއްވޭއިރު، މިހުޅުވުނު އައު ކޯޓާއެކު ކުޅުންތެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“މި ކޯޓުގެ ސަބަބުން ކުރިން އުފުލި ބުރަތައް ފަސޭހަވެގެން ހިނގައްޖެ. ރާއްޖޭގެ އެހެން ހިސާބުތަކުގައި އޮންނަ މުބާރާތްތަކުންވެސް ދެން މިރަށުގެ ކުދިން ފެނުން އުންމީދަކީ. މިކޯޓަކީ ރަށަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް އަދި އުންމީދެއް. އުންމީދަކީ މިކޯޓުގެ ބޭނުންހިފާ ރަށުން މޮޅެތި ކުދިންތަކެއް އުފެދިގެން ދިއުން” ސިރާޖް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ކައުންސިލުގެ ރައީސް ވިދާޅުވީ މިހުޅުވުނު އައު ކޯޓާއެކު ގިނަ އުންމީދުތަކެއް އައުވެއްޖެކަމަށެވެ. މިގޮތުން ރަށުގެ ކުޅުންތެރިން އެހެނިހެން ރަށްރަށުގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރުމަށް މިފުރުސަތުގެ ބޭނުންހިފާނެކަމަށް އޭނާ ގަބޫކުރައްވައެވެ. އައު ކޯޓާއެކު މުބާރާތްތަކަށް ފަރިތަކުރުމުގެ އިންތިޒާމު ފަސޭހަވެއްޖެކަމަށާ، މި ކޯޓުގެ ސަބަބުން އެރަށުން އުންމީދީ އައު ކުޅުންތެރިން އުފެދިގެންދާނެކަމަށް ސިރާޖު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގައިދަނީ ކުޅިވަރުގެ ގިނަގުނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ހިނގަމުންނެވެ. އޭގެ ތެރެއިން ބައެއް މަސައްކަތްތައް ނިމިފަވާއިރު ދެން ހުރި މަޝްރޫޢުތަކުގެ މަސައްކަތްވެސް ހަލުވިދުވެލީގައި ކުރިއަށް އެބަދެއެވެ.

About Post Author
މާދަމާ ނިއުސް
ގައްދޫ ބަލިކޮށް ނިއުއަށް ތާރީޙީ މޮޅެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އައު ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގައި މާލެއިން ބޭރުގައި ކުޅުނު ތާރީޚީ ފުރަތަމަ މެޗުން ގައްދޫ ރެކްރިއޭޝަން ކްލަބް...
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...