
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ހދ. ނޭކުރެންދޫގައި ސަރުކާރުން ގާއިމުކޮށްދެއްވާ ސްވިމިން ޓްރެކުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ. ނޭކުރެންދޫގައި އަލަށް ގާއިމުކުރާ ސްވިމިންގ ޓްރެކްގެ އެއްބަސްވުމުގައި ސޮއިކޮށްފަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކުޅިވަރުގަ ދާއިރާއިން ގިނަގުނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާއިރު ނޭކުރެންދޫގައިވެސްވަނީ ހޭންޑްބޯޅަ ކޯޓެއް އަޅުއްވައިދެއްވުމުގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް އަޅުއްވައިދެއްވާފައެވެ. ނޭކުރެންދޫގައި އަލަށް ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްވިމިންގ ޓްރެކްގެ މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް އަލީ ސިރާޖް ވިދާޅުވީ އެރަށަކީ ގާމަތީ ރަށަކަށްވުމުން މިފަދަ ސްވިމިންގ ޓްރެކެއްގެ މުހިންމުކަން ބޮޑުކަމަށެވެ. އަދި މިއީ ރަށުގެ ކުދިބޮޑު އެންމެންނަށް ވަރަށް މުހިންމުކަން ބޮޑު ތަނެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.
“އަޅުގަނޑުމެންގެ ރަށަކީ ގާމަތީ ރަށެއް. އަންހެންވެރިންވެސް ވަރަށް ޝައުގުވެރިކަމާއެކު ފެތުމުގެ ކަންކަމުގައި އުޅޭ ރަށެއް މިއީ. އެހެންވީމަ މިފަދަ ސްވިމިންގ ޓްރެކެއްގެ މުހިންމުކަން ރަށަށް ބޮޑު” ސިރާޖް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގައިދަނީ ކުޅިވަރުގެ ގިނަގުނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ހިނގަމުންނެވެ. އޭގެ ތެރެއިން ބައެއް މަސައްކަތްތައް ނިމިފަވާއިރު ދެން ހުރި މަޝްރޫޢުތަކުގެ މަސައްކަތްވެސް ހަލުވިދުވެލީގައި ކުރިއަށް އެބަދެއެވެ.
About Post Author
މާދަމާ ނިއުސް
ގައްދޫ ބަލިކޮށް ނިއުއަށް ތާރީޙީ މޮޅެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އައު ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގައި މާލެއިން ބޭރުގައި ކުޅުނު ތާރީޚީ ފުރަތަމަ މެޗުން ގައްދޫ ރެކްރިއޭޝަން ކްލަބް...
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
