
ހދ. ނޮޅިވަރަމުގައި ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ވިއްކުމަށް، ފިހާރައެއް ގާއިމު ކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއެކު ނޮޅިވަރަމް ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ހދ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މިއެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. ނޮޅިވަރަމް ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާއެވެ.
ނޮޅިވަރަމަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށަކަށްވުމާއެކު އެރަށުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމް ގާއިމު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި އެއްބަސްވުމުގެ ދަށުން ހދ. ނޮޅިވަރަމްގައި ދަނޑުވެރިކަމަށް ބޭނުންކުރާތަކެތި ވިއްކުމަށް ކައުންސިލްގެ ފަރާތުން ދައްކާ ބިމުގައި ފިހާރައެއް ހުޅުވުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ބަޔަކު ހޯދައި، އެގްރީމަންޓް ހެދި އެމަސައްކަތް ފަށާނެއެވެ. އަދި ވިއްކާތަކެއްޗަކީ ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ އޮންނަ ތަކެތިތޯ ބެލުމާއި ދަނޑުވެރިންނަށް ރަނގަޅު އަގެއްގައި ދަނޑުވެރިކަމުގެ ސާމާނު ވިއްކާތޯ ބަލައި އެވުޒާރާއިން މޮނިޓަރކުރާނެއެވެ. އަދި ވޯކް ޕްލޭންނާ އެއްގޮތަށް މިމަސައްކަތް ކުރިއަށް ދޭތޯބަލައި މޮނީޓަރ ކުރާނީ ނޮޅިވަރަމް ކައުންސިލުން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
އެސްއޯއީތައް މަދުކޮށް ހިންގުމަށް ހަރުދަނާ ބަދަލުތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ގިނަ ކުންފުނިތަކަކީ ގެއްލުމުގައްޔާއި ކޮރަޕްޝަންގެ ތެރޭގައި ހިންގަމުންދާ ތަންތަނަށް ވެފައި، މުވައްޒަފުންގެ އަދަދު 41،000 އަށް އަރައި...
ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ހޯދަން ދަތިވަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރަތް ކަނޑުގެ ސަރަހައްދުގައި ޔަމަނުގެ ޙޫޘީންގެ ނުރައްކާ ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓިއްޖެ ނަމަ، އެފްރިކާ ވަށައިގެން...
މެދުއިރުމަތީގެ ހަނގުރާމަ: ބްރިކްސްގެ ޤައުމުތަކުގެ ކަންބޮޑުވުުމުގެ ޤަރާރެއް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ނިއު ދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި ނެރުނު ޤަރާރުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްނުކޮށް، ދެބަސްވުންތައް ޑިޕްލޮމެސީއާއި މަޝްވަރާގެ...
ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށާއި ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް!
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 7،000 އިން...
ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ މެޗެއް މިމަހު
ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ވަރުގަދަ ތިން ޤައުމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން...
ފުރަތަމަ މެޗުން މޮޅުވެ، ދިއްދުއިން ދަތުރު ފެށީ ވަރުގަދަކޮށް
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް) ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިއްދޫ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި، ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-1...
