
(ފޮޓޯ ކްރެޑިޓްސް: މީރާ)
މިދިޔަ ޖުލައި މަހު އިންކަމް ޓެކުހުގެ ގޮތުގައި 1.6 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ، މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މީރާއިން އާންމުކޮށްފައިވާ ޖުލައި މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައި މަހު، ދައުލަތަށް 3.39 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހުގައި ލިބުނު އާމްދަނީ އަދި މިއަހަރު މިމުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީއާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް މީރާއިން ވިދާޅުވެއެވެ. މިދިޔަ އަހަރު ޖުލައި މަހު ދައުތަލަށް ލިބިފައިވަނީ 2.93 ބިލިޔަ ރުފިޔާގެ އާމްދަނީއެކެވެ. ޖުމްލަ އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޑޮލަރު އާމްދަނީއެވެ. ޖުލައި މަހު ލިބުނު ޖުމްލަ އާމްދަނީގެ ތެރެއިން ޑޮލަރު އާމްދަނީގެ ގޮތުގައި 105.85 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 75.7 މިލިޔަން ޑޮލަރެވެ.
މިދިޔަ މަހު ލިބުނު ޖުމްލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ، އާމްދަނީން ލިބޭ ޓެކުހުގެނުވަތަ އިންކަމް ޓެކްސްއިންނެވެ. މިބައި މިދިޔަ މަހުގެ ޖުމްލަ އާމްދަނީގެ 49 އިންސައްތަ ހިއްސާކުރެއެވެ. އެގޮތުން މިބައިން ޖުމްލަ 1.6 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ކުރިން އެހެން ދެ ޤާނޫނެއްގެ ދަށުން ނަގަމުންދިޔަ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކުހާއި، ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ނަގާ ޓެކްސް މިހާރު ނަގަމުން ދަނީ 2020 ވަނަ އަހަރު ޢަމަލުކުރަން ފެށީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުންނެވެ. މިދިޔަ މަހު އިންކަމް ޓެކްސް ބައިން އެންމެ ބޮޑު އާމްދަނީ ލިބިފައިވަނީ ކުންފުނިތަކާއި އާންމުން ފަރުދޫން ނޫން ފަރާތްތަކުން ދައްކާފައި ޓެކުހުންނެވެ. މިބައިން 1.04 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. ބޭންކުތަކުގެ ވިޔަފާރި ފައިދާން ޓެކުހުގެ ގޮތުގައި މިދިޔަ ޖުލައި މަހު 440.7 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މީރާއިން ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު، މިއަހަރު ޖުލައި މަހު ހޯދި ޖުމްލަ އާމްދަނީން ވަނީ 15.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެއައި ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. އެގޮތުން މިއަހަރު ފަތުރުވެރި ކަމުގެ ސިނާޢަތުން ލިބުނު ޓީ-ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓު ފީތައް މިދިޔަ އަހަރާއި އަޅާ ބަލާއިރު އިތުރުވެ. އެއަޕޯޓު ފީތަކަށް ބޮޑު ކުރިއެރުމެއް އައީ، މިދިޔަ އަހަރު ޑިސެމްބަރު މަހު ފީގެ ރޭޓުތަކަށް ބޮޑުވުމާއި ގުޅިގެންނެވެ. މީގެ އިތުރުން މިދިޔަ އަހަރާއި އަޅާ ބަލާއިރު ކޯޕަރޭޓް އިންކަމް ޓެކްސް ވަނީ އިތުރުވެފައެވެ. މީރާއިން ވަނީ މިއަހަރު ޖުލައި މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށް ވުރެ 12.8 އިންސައްތަ އާމްދަނީ އިތުރުވިކަންވެސް ފާހަގަކޮށްފައެވެ. މީރާއިން އާންދާޒާކުރި އާމްދަނީއަށްވުރެ ލިބުނު އާމްދަނީ އިތުރުވީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ކުރިއެރުންތަކުގެ އިތުރަށް ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް އެއިދާރައިން ވިދާޅުވިއެވެ. މިދިޔަ މަހުގެ އާމްދަނީގެ ތެރެއިން 7.4 އިންސައްތައަކީ، މީގެ ކުރިން ނުލިބިވާ އާމްދަނީން އެއިދާރާއަށް ހޯދުނު ބައެއްކަން މީރާއިން ފާހަގަކުރައްވައެވެ.
މިއަހަރު ޖުލައި މަހު ލިބުނު އާމްދަނީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި 3.03 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު ލިބިފައިވަނީ 2.5 ބިލިޔަން ރުފިޔާއެވެ. މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 346.3 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މިމިމުއްދަތުގައި 355.1 މިލިޔަން ރުފިޔާ އެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
