
ފުލުހުންގެ ސްޕެޝަލް ކޮންސްޓަބްލަރީ މުހައްމަދު ސާޖިދު އަހުމަދު، ވޭޕް ވިއްކުމުގެ ތުހުމަތުގައި ގދ. ތިނަދޫއިން ހައްޔަރުކުރި މައްސަލައާ ގުޅިގެން ހައިކޯޓުގައި ބުނީ، އޭނާ ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއަސް، ﷲ ގަންދީ ކުރަންޖެހޭ ހުވައެއް ވީމާ، ބިރުން އެ ހުވާ ނުކުރާ ކަމަށެވެ. ސާޖިދު ދިރިއުޅޭ ގެއާއި ސައިކަލު ފާސްކޮށް ގިނަ އަދަދެއްގެ ދުންފައްޗާއި ވޭޕް އަދި މަސްތުވާތަކެތި ފެނުނު ނަމަވެސް، ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ. ދައުލަތުން ބުނީ ވޭޕް ގެންގުޅުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ސާޖިދަކީ ހުވާކޮށްފައިވާ ފުލުހެއް ކަމަށް ހުވާގެ އިގުރާރުގައި ސޮއިކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ސާޖިދުގެ ދިފާއީ ވަކީލު ބުނީ އޭނާ ހުވާކޮށްފައި ނުވާ ކަމަށެވެ. ސާޖިދު އަމިއްލައަށް ކޯޓުގައި ބުނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ދިޔަ ނަމަވެސް، ހުވާ ނުކިޔާ، ދެ އަތް ކުރިމައްޗަށް ލައިގެން ހަމަ ހުރީ ކަމަށެވެ. ނަމަވެސް އޭނާ މުސާރަ ނެގި ކަމަށް ވަނީ އެއްބަސްވެފައެވެ.
މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ސާޖިދުގެ މި ވާހަކަތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ސުވާލުކުރައްވައި، ހުވައަކީ ގާނޫނީ މާނައެއް އޮންނަ ކަމެއް ކަމަށާއި، އެއީ ގަބޫލުކުރެވޭނެ ދޮގެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ކަންކަމުން ފުލުހުންނާއި ސިފައިންނާއި ހުވާކޮށްގެން އުޅޭ މަގާމުތަކުގެ މީހުންނަށް އިތުބާރުކުރާނީ ކިހިނެއްތޯ ސުވާލު އުފައްދެވިއެވެ.
މި ބަހުސާ އެކު އަޑުއެހުންތައް ނިންމާލާފައިވާއިރު، ހުކުމް އިއްވުން ފަހުން އަންގާނެ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
އެސްއޯއީތައް މަދުކޮށް ހިންގުމަށް ހަރުދަނާ ބަދަލުތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ގިނަ ކުންފުނިތަކަކީ ގެއްލުމުގައްޔާއި ކޮރަޕްޝަންގެ ތެރޭގައި ހިންގަމުންދާ ތަންތަނަށް ވެފައި، މުވައްޒަފުންގެ އަދަދު 41،000 އަށް އަރައި...
ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ހޯދަން ދަތިވަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރަތް ކަނޑުގެ ސަރަހައްދުގައި ޔަމަނުގެ ޙޫޘީންގެ ނުރައްކާ ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓިއްޖެ ނަމަ، އެފްރިކާ ވަށައިގެން...
މެދުއިރުމަތީގެ ހަނގުރާމަ: ބްރިކްސްގެ ޤައުމުތަކުގެ ކަންބޮޑުވުުމުގެ ޤަރާރެއް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ނިއު ދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި ނެރުނު ޤަރާރުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްނުކޮށް، ދެބަސްވުންތައް ޑިޕްލޮމެސީއާއި މަޝްވަރާގެ...
ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށާއި ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް!
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 7،000 އިން...
ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ މެޗެއް މިމަހު
ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ވަރުގަދަ ތިން ޤައުމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން...
ފުރަތަމަ މެޗުން މޮޅުވެ، ދިއްދުއިން ދަތުރު ފެށީ ވަރުގަދަކޮށް
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް) ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިއްދޫ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި، ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-1...
