
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާލޭ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން، %99 އުޅަނދު ރަޖިސްޓަރ ކޮށްފައިވާކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ. ނޯތު ހާބަރުގައިި އުޅަނދު އެޅޭނީ ރަޖިސްޓްރީކޯށްފައިވާ އުޅަނދުތަކަށް އެކަންޏެވެ. މަސްމާރުކޭޓު ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ހިމެނޭހެން މިހާރު މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު ސަރަހައްދު ބަލަހައްޓަމުން ދަނީ އެމްޕީއެލުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ނޯތު ހާބަރު ހިންގުމާއި ހަވާލުވެ ހުންނެވި އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަޙުމަދު ހަމްދުﷲ ރަޝީދު ވިދާޅުވީ، އެ ސަރަހައްދު ބޭނުންކުރާ އުޅަނދުތައް ރަޖިސްޓްރީކުރުމަކީ ކޮންމެ ވަގުތަކުވެސް ކުރެވޭނެކަމެއްކަމަށެވެ. އެކަމަށް ފަސޭހަކޮށްދިނުމުގެ ގޮތުން މަސްވެރި އުޅަނދުފަހަރަށް މައުލޫމާތުދިނުމަށް ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު އެމްޕީއެލުން އެތަނަށް ޒިޔާރަތްކުރާކަމަށްވެސް ހަމްދުﷲ ވިދާޅުވިއެވެ.
އެމްޕީއެލުން އަންނަނީ ރަޖިސްޓްރީނުކޮށް ހުރި އުޅަނދުތައް ރަޖިސްޓްރީކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުންދެމުންނެވެ. އެގޮތުން ދޭނެ ޚިދުމަތްތަކާއި، ރަޖިސްޓްރީކުރަން ބޭނުންވާނެ ލިޔެކިޔުންތައް ބުނެދިނުފަދަ ކަންކަންވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަޖިސްޓްރީކުރުމަށް ބޭނުންވާ އުޅަނދުގެ ލިޔެކިޔުންތައް ވައިބަރ ނުވަތަ ވަޓްސްއެޕްކޮށްލުމުން ރަޖިސްޓްރީކުރުމުގެ ކަންކަންވެސް ކޮށްދޭނެކަމަށްވެސް ހަމްދުﷲ ރަޝީދު ވިދާޅުވިއެވެ. “ރަޖިސްޓްރީކުރުމަކީ ވަކި މުއްދަތެއް އޮތް ކަމެއްނޫން. ކޮންމެ ދުވަހަކުވެސް ރަޖިސްޓްރީކުރުމުގެ ކަންތައްތައް ކުރިއަށްދާނެ. މިހާރު ޚިދުމަތް ހޯދަން ބޭނުންފުޅުވާ ހުރިހައި ފަރާތްތަކަށް ހުޅުވާލުމުގެ ސަބަބުން މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުގެ %99 ރަޖިސްޓްރީކޮށް ނިންމާފައި އޮތީ. ބައެއް އުޅަނދުގައި ބޭނުންވާ ލިޔެކިޔުން ހަމަނުވާތީ ރަޖިސްޓްރީނުވެ ހުރީ. އެބޭފުޅުން އެކަންކަން އެބަ ކުރިއަށްގެންދަވާ.” ހަމްދުﷲ ރަޝީދު ވިދާޅުވިއެވެ.
ހަމްދުﷲ ވިދާޅުވީ، އެމްޕީއެލުން ބޭނުންވަނީ ވިޔަފާރި އުސޫލުން ހިންގާ ބަނދަރެއްގެ ގޮތުގައި އެ ބަނދަރު ހިންގުމުގެ ބަދަލުގައި ރައްޔިތުންނަށްދޭ އާންމު ޚިދުމަތެއްގެ ގޮތުގައި އެތަން ހިންގުންކަމަށެވެ. ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ޚިދުމަތް ދެވޭނެގޮތަކަށް އެކަން ބައްޓަން ކުރެވޭތޯ މަސައްކަތްކުރަމުންދާކަމަށް ހަމްދުﷲ ވިދާޅުވިއެވެ. މާލޭ ނޯތު ހާބަރު ސަރަޙައްދު ބޮޑުކުރުމާއެކު އެމްޕީއެލުން ދަނީ އަލަށް އިތުރުވި ސަރަހައްދަށް ގެންނަންޖެހޭ ބަދަލުތަކާއި ޚިދުމަތްތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ނޯތު ހާބަރަށް ގެންނަ ބަދަލުތަކާއެކު އެ ސަރަހައްދުން ތެލާއި އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް އެމްޕީއެލުން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެސްއޯއީތައް މަދުކޮށް ހިންގުމަށް ހަރުދަނާ ބަދަލުތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ގިނަ ކުންފުނިތަކަކީ ގެއްލުމުގައްޔާއި ކޮރަޕްޝަންގެ ތެރޭގައި ހިންގަމުންދާ ތަންތަނަށް ވެފައި، މުވައްޒަފުންގެ އަދަދު 41،000 އަށް އަރައި...
ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ހޯދަން ދަތިވަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރަތް ކަނޑުގެ ސަރަހައްދުގައި ޔަމަނުގެ ޙޫޘީންގެ ނުރައްކާ ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓިއްޖެ ނަމަ، އެފްރިކާ ވަށައިގެން...
މެދުއިރުމަތީގެ ހަނގުރާމަ: ބްރިކްސްގެ ޤައުމުތަކުގެ ކަންބޮޑުވުުމުގެ ޤަރާރެއް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ނިއު ދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި ނެރުނު ޤަރާރުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްނުކޮށް، ދެބަސްވުންތައް ޑިޕްލޮމެސީއާއި މަޝްވަރާގެ...
ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށާއި ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް!
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 7،000 އިން...
ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ މެޗެއް މިމަހު
ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ވަރުގަދަ ތިން ޤައުމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން...
ފުރަތަމަ މެޗުން މޮޅުވެ، ދިއްދުއިން ދަތުރު ފެށީ ވަރުގަދަކޮށް
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް) ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިއްދޫ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި، ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-1...
