
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަދުގެ ސަރުކާރުން އަހަރެއްހާ ދުވަހުގެތެރޭ 108 ބޭރުގެ އިންވެސްޓެމެންޓު ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި، މިއީ ނިމިދިޔަ ސަރުކާރުތަކާއި އަޅާ ކިޔާއިރު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ބޭރުގެ އިންވެސްޓުމެންޓުތަކަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ރާއްޖެއިން ބޭރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ ކޮންމެ ފުރަމާނަ ދަތުރުފުޅެއްގެ ތެރެއިން އެ ވަޑައިގަންނަވާ ޤައުމެއްގައި ބިޒްނަސް ފޯރަމްތަކެއް ބާއްވައެވެ. މި ފޯރަމްތަކުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ބޭރު ޤައުމުތަކުގެ ވިޔަފާރިވެރިން ބައިވެރިވެއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމެންޓު ފުރުސަތުތަކާއި ސަރުކާރުން ކުރިއަށް ގެންދަން ރާވައިފައިވާ މުހިންމު މަޝްރޫޢުތަކުގެ މައުލޫމާތު ހިއްސާ ކުރެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ ވާހަކަފުޅުގައި ވަނީ ބިޒްނަސް ފޯރަމްތަކުގައި އިންވެސްޓަރުންގެ ޗަޢުގުވެރިކަން ރާއްޖެއަށް އޮތް މިންވަރު ހާމަވާކަމަށެވެ. އޭގެ ފައިދާ ރާއްޖެއަށް ކުރާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދުގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ވަޒީރު ސަޢީދު 2007 އިން ފެށިގެން މިހާތަނަށް ރާއްޖެއަށް ލިބިފައިވާ އިންވެސްޓްމެންޓުތަކުގެ ތަފާސްހިސާބުތައް ހިއްސާ ކޮށްދެއްވާފައެވެ.
ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކޮށްފައިވާ އަދަދު
- ނޮވެމްބަރ 2007 – ނޮވެމްބަރ 2013 : 206 އިންވެސްޓްމަންޓް
- ޑިސެމްބަރ 2013 – ނޮވެމްބަރ 2018 : 403 އިންވެސްޓްމަންޓް
- ޑިސެމްބަރ 2018 – ނޮވެމްބަރ 2023 : 398 އިންވެސްޓްމަންޓް
- ޑިސެމްބަރ 2023 އިން މިހާތަނަށް : 108
ވަޒީރު ސަޢީދު ވިދާޅުވީ މި އަދަދުތަކަށް ބަލާއިރު މިދައުރު ތެރޭގައި ރަނގަޅު ކުރިއެރުމެއް ހޯދިފައިވާ ކަމަށެވެ.
“މީގެ ތެރެއިން އެންމެ ރަނގަޅު އަހަރަކީ 2013 އިން 2018 އަށް ކަމަށް ބަލަމާ، 403 ގާތްގަނޑަކަށް. ފަސް އަހަރަށް ބަލާއިރު އަހަރަކު 81 ފޮރިން އިންވެސްޓްމެންޓު މިއިންނަނީ. ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު 108 ފޮރިން އިންވެސްޓެމެންޓު މިއިންނަކީ އަހަރެއްގެ ތެރޭގައި. މިއީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަ.” ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. ވަޒީރު ސަޢީދު ވަނީ ނިމިދިޔަ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، ޤައުމުގެ މާލީ ހާލަތާއި އިޤްތިޞާދީ ހާލަތު އޮތީ ވަރަށް ރަނގަޅު ހިސާބެއްގައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޯވިޑް ހާލަތު ނުލާވެސް ރަނގަޅު އިންވެސްޓްމެންޓުތަކެއް ގެންނަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދުގެ ސަރުކާރުން މިހާތަނަށް 6 ޤައުމެއްގައި ބިޒްނަސް ފޯރަމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޤައުމުތަކަކީ ޗައިނާ، ޔޫއޭއީ، އިންޑިއާ މެލޭޝިއާ، ސިންގަޕޫރު އަދި އިންގިރޭސިވިލާތެވެ. މީގެ ތެރެއިން އިންޑިއާގެ 3 ސިޓީއެއްގައި ފޯރަމް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ފޯރަމްތަކުގެ ސަބަބުން ރާއްޖެއަށް އިންވެސްޓް ކުރުމަށް މައުލޫމާތު ހޯދާ ފަރާތްތަކާއި އިންވެސްޓްމެންޓުތައް ރެޖިސްޓަރ ކުރި ފަރާތްތައް އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ރާއްޖޭގައި އިންވެސްޓުކުރުމަށް އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމްކުރުމަށް ފޮރިން އިންވެސްޓްމެންޓުގެ ޒަމާނީ އައު ޤާނޫނެއްވެސް ސަރުކާރުން ވަނީ ތަޢާރަފްކޮށްފައެވެ. މި ޤާނޫނުގެ ތެރެއިން އިންވެސްޓަރުންނަށް ރައްކާތެރިކަނަށް ކަށަވަރުކޮށްދީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް މަގުފަހިވެގެން ދިޔަ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އައު ޤާނޫނުގެ ތެރެއިން ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ދާއިރާތަކާއި، ދިވެހިންނަށް ހަމަ އެކަނި އިންވެސްޓް ކުރެވޭނެ ދާއިރާތައް ކަނޑައެޅުމަށް ވަނީ ހިމަނާފައެވެ. އަދި އިންވެސްޓަރުންނަށް ލައިސެންސްއެއް ދޫކުރަންޖެހޭ ގޮތަކަށް ހިމަނާފައެވެ. އަދި އިންވެސްޓްމެންޓުގެ އުސޫލުތަކާއި ޚިލާފުވުމުން ދައުލަތަށް ނެގޭގޮތަށް ހިމަނާފާއެވެ.
About Post Author
މާދަމާ ނިއުސް
އެސްއޯއީތައް މަދުކޮށް ހިންގުމަށް ހަރުދަނާ ބަދަލުތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ގިނަ ކުންފުނިތަކަކީ ގެއްލުމުގައްޔާއި ކޮރަޕްޝަންގެ ތެރޭގައި ހިންގަމުންދާ ތަންތަނަށް ވެފައި، މުވައްޒަފުންގެ އަދަދު 41،000 އަށް އަރައި...
ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ހޯދަން ދަތިވަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރަތް ކަނޑުގެ ސަރަހައްދުގައި ޔަމަނުގެ ޙޫޘީންގެ ނުރައްކާ ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓިއްޖެ ނަމަ، އެފްރިކާ ވަށައިގެން...
މެދުއިރުމަތީގެ ހަނގުރާމަ: ބްރިކްސްގެ ޤައުމުތަކުގެ ކަންބޮޑުވުުމުގެ ޤަރާރެއް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ނިއު ދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި ނެރުނު ޤަރާރުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްނުކޮށް، ދެބަސްވުންތައް ޑިޕްލޮމެސީއާއި މަޝްވަރާގެ...
ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށާއި ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް!
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 7،000 އިން...
ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ މެޗެއް މިމަހު
ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ވަރުގަދަ ތިން ޤައުމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން...
ފުރަތަމަ މެޗުން މޮޅުވެ، ދިއްދުއިން ދަތުރު ފެށީ ވަރުގަދަކޮށް
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް) ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިއްދޫ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި، ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-1...
