
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކަގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ބައްދަލުކުރައްވާނެ ކަމަށް ޓްރަމްޕް އިޢުލާނުކުރެއްވުމުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ނުރުހުންވެވަޑައިގެންފިއެވެ. ޕުޓިންއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަން ޓްރަމްޕް އިޢުލާނުކުރެއްވީ، 2022 ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކާ ހަމައަށް އައުމާ ގާތްވެފައިވާ ކަމަށް އޭނާ އޭގެ ކުރިން ވިދާޅުވެފައިވަނިކޮށެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ މަސްލަހަތަށާއި ހެވާއި ލާބައަށް ރަޝިޔާއާއި ޔޫކްރެއިނުން ކޮންމެ ވެސް ވަރަކަށް ބިން ބަދަލުކުރަން ޖެހޭނެ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިންގެ ސަރަޙައްދާގުޅޭ މައްސަލައެއްގައި ޤައުމުގެ ޤާނޫނު އަސާސީއާ ޚިލާފު ނުވެވޭނެ ކަމަށެވެ. އިސްތިއުމާރީ ބާރުތަކަށް ޔޫކްރެއިނުން ބިން ހަދިޔާ ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޮގަސްޓު މަހުގެ 15 ވަނަ ދުވަހު އެމެރިކާގެ އަލަސްކާގައި ޕުޓިންއާއި ޓްރަމްޕް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަން ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިނުން ވަނީ ކަށަވަރުކޮށްދީފައެވެ. ޕުޓިންގެ އަރިސް ބޭފުޅެއް ކަމަށްވާ ޔޫރީ އުޝަކޮވް ވިދާޅުވީ ދެ ރައީސުންގެ ބައްދަލުވުމުގައި ޔޫކްރެއިން މައްސަލައަށް ދާއިމީ ޙައްލެއް ހޯދައި ޞުލްޙަ ޤާއިމުކުރުމާ ގުޅޭގުތުން މަޝްވަރާކުރައްވާނެ ކަމަށެވެ. މިއީ އުނދަގޫ މަރުހަލާއެއް ނަމަވެސް މަޝްވަރާތަކުގައި ރަޝިޔާއިން ބައިވެރިވާނީ ޖޯޝާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޤައުމާ މުހާތަބުކުރައްވައި ޒެލެންސްކީގެ ޓެލެގްރާމް ޗެނަލްގައި އޭނާ ވިދާޅުވީ ޔޫކްރެއިންގެ ބައިވެރިވުމެއް ނެތި ނިންމާ ކޮންމެ ނިންމުމަކީ ޞުލްޙައާ ދެކޮޅަށް ނިންމޭ ނިންމުމެއް ކަމަށެވެ. އެ ފަދަ ނިންމުމަކުން ހާޞިލްވާނެ އެއްވެސް މޮޅެއް އަދި ނެރެވޭނެ އެދެވޭ ނަތީޖާއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ބޭނުން ވަނީ ހަޤީޤީ ޞުލްޙަވެރިކަމާއި ހަމަޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ. ޕުޓިން ވިދާޅުވާ ގޮތުގައި ޔޫކްރެއިންގެ ލުހާންސްކާއި ދޮނެސްކާއި ޒަޕޮރިއްޒިޔާއާއި ޚާސަން އާއި ކްރިމިޔާ އަކީ ރަޝިޔާގެ ބައެކެވެ. 2014ވަނަ އަހަރު ރަޝިޔާ ވަނީ ކްރިމިޔާ އެ ޤައުމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ދެން ހުރި ސަރަޙައްދުތަކުގެ ފުރިހަމަ ބާރު އަދި ރަޝިޔާއަކަށް ނުލިބެއެވެ.
ބައެއް މަސްދަރުތަކުން ބުނީ އެމެރިކާއާއި ރަޝިޔާއިން ކުރަމުންދާ މަޝްވަރާތަކުގައި ރަޝިޔާއިން ޔޫކްރެއިނުން އަތުލައިގެންފައިވާ ސަރަޙައްދުތައް އެއީ ރަޝިޔާގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުން ހިމެނޭ ކަމަށެވެ. ނަމަވެސް އެ ކަމާ ގުޅޭގޮތުން ވައިޓް ހައުސުން ބުނީ އެއީ ހީއެއްގެ މައްޗަށް ދެކެވޭ ވާހަކަތަކެއް ކަމަށެވެ. އެ ކަމާ ގުޅޭގޮތުން ކްރެމްލިނުން އެއްޗެއް ބުނެފައެއް ނުުވެއެވެ. ޔޫކްރެއިނުން މީގެ ކުރިން ވަނީ ހަނގުރާމަ ހުއްޓައިލުމަށް ކުރާ މަސައްކަތުގައި އެ ޤައުމުން ދޫދޭނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. ނަމަވެސް އެ ޤައުމުގެ ސަރަޙައްދުގެ ފަސްބައިކުޅަ އެއްބައި ދޫކޮށްލުމަކީ ޒެލެންސްކީއަށް ފަސޭހަ ކަމަށް ނުވާނެއެވެ. އެ ފަދަ ނިންމުމެއް ނިންމަން ޖެހުމަކީ ޒެލެންސްކީއަށާއި ޔޫކްރެއިންގެ ސަރުކާރަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ކުރީގެ އިސްވެރިއެއް ކަމަށްވާ ޓައިސަން ބާކަރ ވިދާޅުވީ މަސްދަރުތަކުން ރިޕޯޓުކޮށްފައިވާ ފަދަ ހުށަހެޅުމަކަށް ޔޫކްރެެއިނުން ވަގުތުން ދެކޮޅު ހަދާނެ ކަމަށެވެ. ޔޫކްރެއިނުން މި ވަގުތު އަމަލުކުރުން އެންމެ ބުއްދިވެރި ގޮތަކީ އެ ޤައުމުން ނުރުހުންވާ ކޮންމެ ހުށަހެޅުމަކަށް ދެކޮޅު ހަދައި، އެ ޤައުމުގެ ހުށަހެޅުންތަކުގެ މައްޗަށް މަޝްވަރާތައް ބިނާކުރަން މަސައްކަތްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޔޫކްރެއިންގެ މައްސަލަ ޙައްލުކުރުމަށް އެމެރިކާއިން ދެމުންދާ އެހީތެރިކަން ފާހަގަކުރުމަކީ ވެސް ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތަށް އެއްބަސްވެއްޖެ ނަމަ ޚާސަންއާއި ޒަޕޮރިއްޒިޔާގައި ޙަމަލާ ދިނުން ރަޝިޔާއިން ހުއްޓައިލައިނެއެވެ.
About Post Author
މާދަމާ ނިއުސް
އެސްއޯއީތައް މަދުކޮށް ހިންގުމަށް ހަރުދަނާ ބަދަލުތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ގިނަ ކުންފުނިތަކަކީ ގެއްލުމުގައްޔާއި ކޮރަޕްޝަންގެ ތެރޭގައި ހިންގަމުންދާ ތަންތަނަށް ވެފައި، މުވައްޒަފުންގެ އަދަދު 41،000 އަށް އަރައި...
ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ހޯދަން ދަތިވަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރަތް ކަނޑުގެ ސަރަހައްދުގައި ޔަމަނުގެ ޙޫޘީންގެ ނުރައްކާ ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓިއްޖެ ނަމަ، އެފްރިކާ ވަށައިގެން...
މެދުއިރުމަތީގެ ހަނގުރާމަ: ބްރިކްސްގެ ޤައުމުތަކުގެ ކަންބޮޑުވުުމުގެ ޤަރާރެއް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ނިއު ދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި ނެރުނު ޤަރާރުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްނުކޮށް، ދެބަސްވުންތައް ޑިޕްލޮމެސީއާއި މަޝްވަރާގެ...
ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށާއި ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް!
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 7،000 އިން...
ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ މެޗެއް މިމަހު
ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ވަރުގަދަ ތިން ޤައުމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން...
ފުރަތަމަ މެޗުން މޮޅުވެ، ދިއްދުއިން ދަތުރު ފެށީ ވަރުގަދަކޮށް
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް) ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިއްދޫ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި، ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-1...
