
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިޤްތިޞާދީ ހީނަރުކަން ކުރިމަތިވެ ތަކެތީގެ އަގު އުފުލެން މެދުވެރިވީ ކުރީ ސަރުކާރުގައި ކޮވިޑްގެ ޙާލަތުގައި ގެންގުޅުނު ދޯހަޅި ސިޔާސަތުތަކާއި، ފައިސާ ޗާޕުކޮށް ފައިސާގެ އަގު ވައްޓާލުމުގެ ސަބަބުންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އާއިރު 2028 ވަނަ އަހަރު ދައުލަތުގެ ރިޒާވްގައި އެއް ބިލިޔަން ޑޮލަރާއި، ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި 250 މިލިޔަނަށްވުރެ ގިނަ ޑޮލަރު ހުރިކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ބަޖެޓު 28 ބިލިޔަނުގައި ހުރިނަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ އަހަރުވެސް ދައުލަތުގެ ބަޖެޓު 50 ބިލިޔަން ރުފިޔާއަށް އަރުވާލިކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ކޯވިޑުގެ ހާލަތުން އަރައިގަތުމަށް އެތައް ބިލިޔަން ރުފިޔާއެއްގެ އެހީ ލިބުނުނަމަވެސް، ލިބުނު އެހީއަށްވުރެ ކުރި ޚަރަދުވެސް ދަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދައުލަތުގެ ކުންފުނިތަކަށް ނުދީހުރި ފައިސާގެ އަދަދުވެސް 9.1 ބިލިޔަން ރުފިޔާގައި ހުރިކަންވެސް ވަޒީރު ފަހަގަކުރެއްވިއެވެ. މި ހުރިހާކަމަކާއެކު މިދިޔަ ސަރުކާރުން 125 ބިލިޔަން ރުފިޔާގެ ދަރަނި އުފެއްދިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިދިޔަ ސަރުކާރުން ތަކެތީގެ އަގު އުފުލޭ ވާހަކައާއި އަދި ކުރިއަށް އޮތް ތަނުގައިވެސް އަގު އުފޭލެނެކަމަށް އޭރުގެ ވަޒީރުން ވިދާޅުވެފއިވާކަން މީޑިއާގައި ފެންނަން އެބައޮތްކަމަށެވެ. ވަޒީރު ވަނީ ތަކެތީގެ އަގު އުފުލެނީ ކޮވިޑްގެ ޙާލަތުގައި ކުރީ ސަރުކާރުން ގެންގުޅުނު އިޤްތިޞާދީ އަދި މާލީ ސިޔާސަތުތަކާއި، ފައިސާ ޗާޕުކޮށް ފައިސާގެ އަގުވައްޓާލާފައި އޮތުމުގެ ސަބަބުންކަމަށް ތުހުމަތުކުރައްވާފައެވެ. ނިމިދިޔަ ސަރުކާރުން އަށްހާސް މިލިޔަން ރުފިޔާ ޗާޕްކޮށްފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
“މިއަދު ތަކެތީގެ އަގު އުފުލޭވާހަކަ ދައްކަވާ އެމްޑީޕީގެ ބޭފުޅުން އޭރުގެ ބައެއް ވަޒީރުން. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި 2021 2022-2023 މި ދުވަސްކޮޅު ދިވެހި ނޫސްތަކުގައި ތަކެތީގެ އަގު ދިޔާމައި އެދުވަސްކޮޅު ދައްކަވާފައި ހުރި ވާހަކަތައް އެހުރީ. ހެޑްލައިންތަކުގައި ފެންނަން. އެ ބޭފުޅުން އަމިއްލަފުޅައް އެހެރީ ވިދާޅުވެފައި ތަކެތީގެ އަގު އުފުލެޔޭ އަދިވެސް އުފުލޭނޭ ކުރިއަށް އޮތް ތާގައިވެސް އުފުލޭނެ. އޭ ބޭފުޅުން އެއިރު ވިދާޅުވާކަމަށް ނުކެރުނު ފައިސާ ޗާޕު ކުރީމައޭ ރުފިޔާގެ އަގު ބަލިކަށި ވެގެން މިދަނީ” ވަޒީރު ސަޢީދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
ވަޒީރު ވިދާޅުވީ މިހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން އެންމެ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯންގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފެއްދުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި މުދާ ބަލްކުކޮށް ރައްކާކުރެވޭނެ ގޮތް ހެދުމާއި އަދި އެމުދަލަކީ ފަސޭހައިން ގެނެވޭނެ އެެއްޗަކަށް ހެދުންކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދަލުގެ އަގުތައް ހިމެނޭހެން އެސެންޝަލް ކޮމޯޑިޓީ އިންޑެކްސްއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެއީ ތަކެތީގެ އަގުތައް ދެނެގަނެ ދުރާލާ ފިޔަވަޅުތަކެއް އެޅުމަށް ކުރާ މަސައްކަތްތަކެއްގެގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
“އެސެންޝަލް ކޮމޯޑިޓީ އިންޑެކްސްއެއް ޤާއިމް ކުރެވިގެން މިދަނީ ބޭސް ލައިން އައިޓަމްތަކެއް މި ކްރިއޭޓް ކުރަނީ 162 އައިޓަމް ހިމެނޭހެން. އޭގެ ތެރޭގައި ގޭބީސީތަކުގެ ކެއުމަށާއި ކާބޯތަކެތި ތައްޔާރުކުރަން ބޭނުންވާ 111 އައިޓަމަކާއި، މޭވާއާއި ތަރުކާރީގެ 39 ބާވަތެއް، މަސް އަދި މަހުގެ ބާވަތްތައް ހިމެނޭ 10 އައިޓަމަކާއި ހަކަތައިގެ ބާވަތްތައް ހިމެނޭހެން ޖުމްލަ 162 ބާވަތް. ޕްރައިޒް އިންޑެކްސް ޖަހާފައި ނެރޭގޮތަށް.” ވަޒީރު ސަޢީދު ވިދާޅުވިއެވެ. އިޤްތިޞާދު ހަމަމަގަށް އަޅުވައި، ތަކެތީގެ އަގު ނުއުފުލޭނެހެން ވަށާޖެހޭ ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެސްއޯއީތައް މަދުކޮށް ހިންގުމަށް ހަރުދަނާ ބަދަލުތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ގިނަ ކުންފުނިތަކަކީ ގެއްލުމުގައްޔާއި ކޮރަޕްޝަންގެ ތެރޭގައި ހިންގަމުންދާ ތަންތަނަށް ވެފައި، މުވައްޒަފުންގެ އަދަދު 41،000 އަށް އަރައި...
ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ހޯދަން ދަތިވަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރަތް ކަނޑުގެ ސަރަހައްދުގައި ޔަމަނުގެ ޙޫޘީންގެ ނުރައްކާ ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓިއްޖެ ނަމަ، އެފްރިކާ ވަށައިގެން...
މެދުއިރުމަތީގެ ހަނގުރާމަ: ބްރިކްސްގެ ޤައުމުތަކުގެ ކަންބޮޑުވުުމުގެ ޤަރާރެއް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ނިއު ދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި ނެރުނު ޤަރާރުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްނުކޮށް، ދެބަސްވުންތައް ޑިޕްލޮމެސީއާއި މަޝްވަރާގެ...
ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށާއި ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް!
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 7،000 އިން...
ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ މެޗެއް މިމަހު
ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ވަރުގަދަ ތިން ޤައުމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން...
ފުރަތަމަ މެޗުން މޮޅުވެ، ދިއްދުއިން ދަތުރު ފެށީ ވަރުގަދަކޮށް
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް) ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިއްދޫ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި، ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-1...
