
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރަން ޖެހޭ ބޭރުފައިސާގެ ތެރެއިން ޖޫން މަހުގެ ނިޔަލަށް 362 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރިތަކުން ބޭންކުތަކަށް ބޭރުފައިސާ މާރުކުރަން ފަށާފައިވަނީ މިއަހަރު ޖަނަވަރީ މަހު ޢަމަލު ކުރަން ފެށި ބޭރުފައިސާއާއި ބެހޭ ޤާނޫނުގެ ދަށުންނެވެ. ބޭރުފަައިސާއާއި ބެހޭ ޤާނޫނުގެ ދަށުން ބޭންކުތަކަށް 362 މިލިޔަން ޑޮލަރު މާރުކޮށްފައިވާއިރު، މީގެ ތެރެއިން 60 އިންސައްތަ އެމްއެމްއޭއަށް ބޭންކުތަކުން ބޭރުފައިސާއާއި ބެހޭ ޤަވާއިދާއި އެއްގޮތަށް ވިއްކާފައިވެއެވެ.
ބޭރުފައިސާގެ އައު ޤާނޫނު ތަޢާރަފްވެ ރާއްޖެއިން ލޯނު ދައްކާފައިވާ މިންވަރުވެސް މިދިޔަ އަހަރާއި އަޅާބަލާއިރު، ވަނީ އިތުރުވެފައެވެ. މިއަހަރާއި އަންނަ އަހަރަކީ ރާއްޖެއިން އެންމެ ބޮޑު އަދަދަކުން ދަރަނި ދައްކަން ޖެހޭ އަހަރުތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެމްއެމްއޭއިން ވިދާޅުވީ މިދިޔަ އަހަރުގެ ފުރަމަ 6 މަސް ދުވަހު 88 މިލިޔަން ޑޮލަރު ދަރަނީގެ ގޮތުގައި އަނބުރާ ދައްކާފައެވެ. މިއަހަރު ލޯނުތަކަށް 174 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މިއީ 97 އިންސައްތައިގެ އިތުރު އަދަދެކެވެ. މީގެ އިތުރުން ބޮންޑު ދެއްކުމަށް 27.5 މިލިޔަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވިދާޅުވީ، ބޭރުފައިސާގެ އައު ޤާނޫނު އައުމުގެ ކުރިން ރާއްޖެއަށް ވަންނަ ބޭރުފައިސާގެ އާމްދަނީގެ ތެރެއިން މި ވޭތުވެ ދިޔަ 4 އަހަރުވެސް ބޭންކުތަކަށް މާރުކޮށްފައިވަނީ އެންމެ 10 އިންސައްތައެވެ. ނަމަވެސް ބޭރުފަައިސާގެ ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، މި އަދަދު ދެގުނަވެ 20 އިންސައްތަ އަށް އިތުރުވެފައިވާ ކަމަށް މަރުކަޒީ އެމްއެމްއޭއިން ވިދާޅުވިއެވެ.
ބޭރުފައިސާގެ ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ދައިރާގައި ހިމެނޭ ވިޔަފާރިތަކުން އާމްދަނީގެ 20 އިންސައްތަ ނުވަތަ އެ ތަނަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. ބޭންކުތަކަށް މާރު ކުރާ ޑޮލަރުގެ 90 އިންސައްތަ ބޭންކުތަކުން މަރުކަޒީ ބޭންކަށް ވިއްކަން ޖެހެއެވެ. މީގެ ތެރެއިން ބޭންކުންތަކުން އެމްއެމްއޭއަށް މާރުކުރާ ޑޮލަރުގެ 50 އިންސައްތަ ބޭނުން ކުރަނީ، ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ. ބޭންކުތަކުން އިތުރަށް މާރުކުރާ 40 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ. މި ފައިސާ ބޭންކުތަކުން ބޭނުން ކުރަނީ ވިޔަފާރިތަކަށް ދޫކުރުމަށާއި، ބޭރުފައިސާ ބޭނުންވާ އެހެން އިލްތިޒާމުތައް ހަމަޖެއްސުމަށެވެ. އެމްއެމްއޭގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު %50 އިންސައްތައަށް އިތުރުކުރުމެވެ.
About Post Author
މާދަމާ ނިއުސް
އެސްއޯއީތައް މަދުކޮށް ހިންގުމަށް ހަރުދަނާ ބަދަލުތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ގިނަ ކުންފުނިތަކަކީ ގެއްލުމުގައްޔާއި ކޮރަޕްޝަންގެ ތެރޭގައި ހިންގަމުންދާ ތަންތަނަށް ވެފައި، މުވައްޒަފުންގެ އަދަދު 41،000 އަށް އަރައި...
ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ހޯދަން ދަތިވަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރަތް ކަނޑުގެ ސަރަހައްދުގައި ޔަމަނުގެ ޙޫޘީންގެ ނުރައްކާ ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓިއްޖެ ނަމަ، އެފްރިކާ ވަށައިގެން...
މެދުއިރުމަތީގެ ހަނގުރާމަ: ބްރިކްސްގެ ޤައުމުތަކުގެ ކަންބޮޑުވުުމުގެ ޤަރާރެއް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ނިއު ދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި ނެރުނު ޤަރާރުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްނުކޮށް، ދެބަސްވުންތައް ޑިޕްލޮމެސީއާއި މަޝްވަރާގެ...
ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށާއި ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް!
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 7،000 އިން...
ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ މެޗެއް މިމަހު
ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ވަރުގަދަ ތިން ޤައުމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން...
ފުރަތަމަ މެޗުން މޮޅުވެ، ދިއްދުއިން ދަތުރު ފެށީ ވަރުގަދަކޮށް
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް) ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިއްދޫ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި، ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-1...
