
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ލޯކަލް އެމްބެސެޑަރަކަށް މުހައްމަދު ނައުޝާދު ހަމަޖައްސައިފިއެވެ. އޭނާ ލޯކަލް އެމްބެސެޑަރަކަށް އައްޔަންކޮށްފައިވަނީ އެ ކޯޕަރޭޝަނުން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުންނެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ މި ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ މަގުސަދަކީ، ކުރިއަރަމުން އަންނަ ކުޅިވަރު ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަ ސަމާލުކަމެއްދީ، މުއްސަނދި ސަގާފަތާއި ތަފާތު ތަޖުރިބާތަކަށް އަލިއަޅުވާލުމަށް ލޯކަލް އަޑުތައް ބޭނުންކޮށްގެން ގިނަ ފަރާތްތަކެއް ހިމެނޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދައްކާލުންކަމަށެވެ.
މުހައްމަދު ނައުޝާދަކީ ލޯކަލް ކުޅިވަރާއި ފަތުރުވެރިކަމުގެ ދާއިރާއަށް ނުފޫޒު ފޯރުވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޮންޓެންޓް ކްރިއޭޓަރ، އިވެންޓް މެނޭޖަރ، އަދި ސްޕޯޓްސް ޓޫރިޒަމް ޗެމްޕިއަނެކެވެ. އޭނާގެ ސްޓޯރީޓެލިންގްއާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އޭނާގެ ޕްރެސެންސްއަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ޝައުގުވެރިކަމާއި ގުދުރަތީ ރީތިކަން ޕްރޮމޯޓް ކުރުމަށް ވަރުގަދަ އަޑަކަށް ވާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ. ނައުޝާދު ފަދަ ނުފޫޒުގަދަ ފަރާތްތަކާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އަމާޒަކީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފުޅާ ދާއިރާއެއްގައި ޚާއްސަކޮށް ކުޅިވަރާއި އެޑްވެންޗާ ޓްރެވަލް ކޮމިއުނިޓީތަކުގެ ތެރޭގައި ޓޮޕް އޮފް މައިންޑް ޓްރެވަލް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުންކަމަށް ވަނީ ބުނެފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ޕާސަނަލް އިންފްލޫއެންސް އާއި ޕްރޮފެޝަނަލް ނެޓްވޯކްތައް ބޭނުންކޮށްގެން ދިވެހިރާއްޖެއަކީ ހަމައެކަނި ޗުއްޓީ ހޭދަކުރުމަށްވުރެ އިތުރުން ތަފާތު ތަޖުރިބާތައްވެސް ލިބޭ މަންޒިލެއްގެ ގޮތުގައި ދައްކުވައިދޭނެކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
މުހައްމަދު ނައުޝާދުގެ އިތުރުން ވިޒިޓް މޯލްޑިވްސްގެ ލޯކަލް ބްރޭންޑް އެމްބެސެޑަރ އަކަށް މީގެކުރިން ވަނީ ބޭންޑް ‘2އޮފްއަސް’ ހޮވާފައެވެ. މި އިސްނެގުމުގެ ތެރެއިން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުންގެ އަމާޒަކީ ލޯކަލް އާޓިސްޓުންނާއި ކްރިއޭޓިވްސް ބައިވެރިކޮށްގެން އެފަރާތްތަކުގެ ތަފާތު ވާހަކަތައް ދުނިޔެއާ ހިއްސާކުރުމަށް ބާރުވެރިކޮށްދީ، ފަތުރުވެރިކަން ޕްރޮމޯޓްކުރުމާއި ލޯކަލް ކޮމިއުނިޓީއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުންކަމަށް ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
އެސްއޯއީތައް މަދުކޮށް ހިންގުމަށް ހަރުދަނާ ބަދަލުތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ގިނަ ކުންފުނިތަކަކީ ގެއްލުމުގައްޔާއި ކޮރަޕްޝަންގެ ތެރޭގައި ހިންގަމުންދާ ތަންތަނަށް ވެފައި، މުވައްޒަފުންގެ އަދަދު 41،000 އަށް އަރައި...
ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ހޯދަން ދަތިވަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރަތް ކަނޑުގެ ސަރަހައްދުގައި ޔަމަނުގެ ޙޫޘީންގެ ނުރައްކާ ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓިއްޖެ ނަމަ، އެފްރިކާ ވަށައިގެން...
މެދުއިރުމަތީގެ ހަނގުރާމަ: ބްރިކްސްގެ ޤައުމުތަކުގެ ކަންބޮޑުވުުމުގެ ޤަރާރެއް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ނިއު ދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި ނެރުނު ޤަރާރުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްނުކޮށް، ދެބަސްވުންތައް ޑިޕްލޮމެސީއާއި މަޝްވަރާގެ...
ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށާއި ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް!
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 7،000 އިން...
ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ މެޗެއް މިމަހު
ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ވަރުގަދަ ތިން ޤައުމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން...
ފުރަތަމަ މެޗުން މޮޅުވެ، ދިއްދުއިން ދަތުރު ފެށީ ވަރުގަދަކޮށް
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް) ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިއްދޫ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި، ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-1...
