
(ފޮޓޯ ކްރެޑިޓްސް: ޓްރެވެލް ޓްރޭޑް މޯލްޑިވްސް)
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި ބޭނުންކުރެވޭނީ ސައްޙަ މައުލޫމާތާއި އިޖްތިމާއި މިންގަނޑުތަކަށް ފެތޭގޮތަށް ތައްޔާރުކުރާ ކޮންޓެންޓުތައްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވަނީ ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަން އިސްތިހާރު ކުރުމާއި ބެހޭ ގަވާއިދު އެކުލަވައިލާ އާންމުކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި ބައެއް ފަހަރު ތަންތަނުގެ އަސްލު ގެއްލޭގޮތަށް ނުވަތަ ހަޤީޤަތް އޮޅޭގޮތަށް އިސްތިހާރު ކުރެވިގެން ދެއެވެ. އޭގެ ސަބަބުން ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ތަންތަނާއި ކަންކަމަށް އޮންނަ އިތުބާރަށް ނުރަނގަޅު އަސަރު ކުރެއެވެ. މިފަދަ މައްސަލަތައް ކުޑަކުރުމަށްޓަކާ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަން އިސްތިހާރު ކުރުމާއި ބެހޭ ގަވާއިދެއް އެކުލަވާލައިފައެވެ.
މި ގަވައިދުގެ ދަށުން އިސްތިހާރު ކަމަށް ބުނެފައި ވަނީ ޕްރިންޓް، ޑިޖިޓަލް، އޮންލައިން، ވީޑިއޯ އަދި ސޯޝަލް މީޑިއާ ފްލެޓްފޯމްތަކުގައި ކުރާ އިސްތިހާރުތަކުގެ ގޮތުގައެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ގަވައިދުގެ މައިގަނޑު މަޤްޞަދަކީ ބޭރު ދުނިޔޭގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޝައުގުވެރިކަން އުފެއްދުމަށް ކުރާ އެކިއެކި އިސްތިހާރު ނުވަތަ ދެވޭ މައުލޫމާތަކީ ސައްހަ މަޢުލޫމާތު ކަމަށް ކަށަވަރުކުރުންކަމަށެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތް ދޭ ތަންތަނާއި ގުޅޭގޮތުން އަދި އެތަންތަނުގެ ވަށައިގެންވާ މާހައުލާއި އަދި ލިބެން ހުންނާނޭ އެހެނިހެން ޚިދުމަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ޢާއްމުކުރުމުގައި ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންނުވާނޭ ގޮތުގެ މަތީން ރާއްޖެ ޒިޔާރަތްކުރަން ބޭނުންވާ ފަތުރުވެރިންނަށް ތަސައްވަރުކޮށްދިނުމެވެ.
ރާއްޖެއައިސް ދާ ފަތުރުވެރިންނަށް އެ ފަރާތްތައް ރާއްޖޭގައި ހޭދަކުރާ ދުވަސްތަކަކީ އެ މީހުން ބޭނުންވި އަދި ހިތްހަމަޖެހޭ ފަދަ ދުވަސްތަކަށް ހެދުމަށް ބާރު އެޅުންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މި ޤަވައިދު ހިނގާނެ ދާއިރާތައްވެސް ކަނޑައަޅުއްވާފައެވެ.
މިޤަވައިދު ހިނގާނޭ ދާއިރާތަކަކީ:
• ޓޫރިސްޓް ރިސޯޓު
• އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓު
• ޕްރައިވެޓް އައިލެންޑް
• ޓޫރިސްޓް ހޮޓާ
• ޓޫރިސްޓް ގެސްޓް ހައުސް
• ޓޫރިސްޓް އުޅަނދު
• ޔޮޓު ބަނދަރު
• ފީނުމުގެ ޚިދުމަތްދޭ ތަންތަން
• މޫދު ކުޅިވަރު ޚިދުމަތްދޭ މަރުކަޒާއި ވޯޓަރ ރިލޭޓަޑް ސްޕޯރޓްސް އެންޑް އެކަސްކަރޝަން ސެންޓަރުތައް
ފަތުރުވެރިިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ފަތުރުވެރިކަމާއި ގުޅުންހުރި އިސްތިހާރު ކުރާއިރު އެ އިސްތިހާރެއް ވާންވާނީ އަދި ދެވޭ މެސެޖް އޮންނަންވާނީ ރާއްޖޭގެ ޤާނުންތަކާއި ގަވާއިދުތަކާއި ފުށުނާރާ ގޮތަށް އެ ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގެ އިސްތިހާރުތަކުގައި އިޖުތިމާއީ މިންގަނޑުތަކާއި، ސަގާފީގޮތުން ނުވަތަ ދީނީގޮތުން ނޭދެވޭ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓު ހިމަނައިގެން ނުވާނެކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީގެއިތުރުން ފަތުރުވެރިކަމާއި ގުޅުންހުރި އިސްތިހާރެއް ކުރާއިރު ކުރަންޖެހޭނީ ވަށައިގެންވާ މާހައުލާއި އަދި ލިބޭ ޚިދުމަތްތަކާއި ގުޅޭގޮތުން ސައްހަ މަޢުލޫމާތުކަމަށާއި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ ތަންތަނުން ކުރާ އިސްތިހާރުތަކުގައި އެފަދަ ތަންތަނާބެހޭ ގޮތުން ދޭންވާނީ ސައްހަ މަޢުލޫމާތުކަމަށްވެސް ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އިސްތިހާރެއްގައި އެހެން ޤައުމަކަށް ނުވަތަ އެހެން ސަގާފަތަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތަކަށް ނޭދެވޭފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ކޮންޓެންޓް ހުރެގެން ނުވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ފަތުރުވެރިން ބޭތިއްބުމަށް އިސްތިހާރު ކުރާ ތަންތަނަކީ ފަތުރުވެރިކަމާބެހޭ ވުޒާރާގައި ރަޖިސްޓްރީވެފައި ނުވަތަ އޮޕަރޭޓިންގ ލައިސަންސެއް އޮތް ފަރާތަކަށް ވާންވާނެކަމަށާއި އަދި އިސްތިހާރު ކުރަންވާނީ އެ ފަރާތަކަށް ދޫކޮށްފައިވާ ރަޖިސްޓްރީ ނުވަތަ އޮޕަރޭޓިންގ ލައިސަންސްގައި ބަޔާންކޮށްފައިވާ ގިންތީގެ ދަށުން އެކަން ބަޔާންކޮށްގެންކަމަށްވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ރައްޔިތުން ވޯޓު ދެނީ ޕާޓީގެ ފިކުރަށްތަ ނުވަތަ މީހާއަށްތަ؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު، މިއީ އިންތިޚާބުތަކުގައި ރައްޔިތުން...
10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރަން ފަށައިފި
(ފޮޓޯ ކްރެޑީޓްސް: އަމީން މުޙައްމަދު) ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، 10 ރަށެއްގައި...
އުންމީދުތައް ހަޤީޤަތަކަށް ހަދައިދެވޭނީ މަސައްކަތްތެރިންނަށް: ރައީސް
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތަޙްނިޔާގައި، ޤައުމުގެ ކުރިއެރުމާއި މުސްތަޤުބަލުގެ އުންމީދުތައް ގުޅިފައިވަނީ މަސައްކަތްތެރިންނާ ކަމަށް ވިދާޅުވިއެވެ....
ޕީއެންސީގެ ތަރުޖަމާނަކަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް އައްޔަނުކޮށްފި
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނުގެ މަޤާމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނާ...
ދިވެހި މަސައްކަތްތެރިންގެ ހިތްވަރާއި ޤުރުބާނީ ބަލައިގަންނަންޖެހޭ: ފަސްޓް ލޭޑީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ދިވެހި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވައި، އެފަރާތްތަކުން...
“ސަރުކާރުގެ ސިޔާސަތުތަކުން މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށް، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
