
(ފޮޓޯ ކްރެޑިޓްސް: ދަނޑުވެރިކަމާއިބެހޭ ވުޒާރާ)
ދަނޑުވެރިކަމުގެ ޕޯޓަލްގައި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލޯނަށް އެދިފައިވަނީ މަދު އަދަދެއްގެ ދަނޑުވެރިންކަން ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގައި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. “ދަނޑުވެރި ނަފާ” ލޯނަކީ އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެކުލަވާލެވުނު ލޯނެކެވެ. މި ލޯނުގެ ސަބަބުން މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް މެދުވެރިކޮށް ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް ބާރުއެޅޭނެކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ވުޒާރާގެ ދަނޑުވެރިންގެ ދަފްތަރުގައި 6699 ދަނޑުވެރިން ރެޖިސްޓްރީކޮށްފައިވެއެވެ. ނަމަވެސް ދަނޑުވެރިކަން ކުރިއެރުވުމަށް 2019 އިން ފެށިގެން ދޫކުރާ ދަނޑުވެރި ނަފާ ލޯނު މިހާތަނަށް ދޫކޮށްފައިވަނީ 45 ފަރާތަކަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދަނޑުވެރި ނަފާ ލޯނުގައި 2 ގިންތިއަކުން ލޯނު ދޫކުރެއެވެ. އެއީ އެއްލައްކަ ރުފިޔާއާއި ހަމައަށް ދޫކުރާ ލޯނަކާއި އެއްލައްކައިން ފެށިގެން 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށްވެސް އަހަރަކު ނަގާނީ 6 އިންސައްތައިގެ އިންޓަރެސްޓެވެ. އެހެން ނަމަވެސް އެއްލައްކަ ރުފިޔާއާއި ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައިވަނީ 3 އަހަރެވެ. އަދި 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން 7 އަހަރެވެ.
މިދިޔަ މޭ މަހު ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން، އާންމުކޮށްފައިވާ ތަފާސް ހިސާބުގައިވާ ގޮތުން ދަނޑުވެރި ނަފާ ލޯނުގެ ތެރެއިން އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނު އެހައިތަނަށް ޖުމްލަ 18 ފާރާތަކުން ނަގާފައިވެއެވެ. އެ ފަރާތްތަކަށް 1.4 މިލިޔަން ދޫކޮށްފައިވާއިރު، 2 މިލިޔަނާއި ހަމައަށް 23 ފަރާތަކުން ވަނީ ނަގާފައެވެ. އެފަރާތްތަކަށް 14.5 މިލިޔަން ދޫކޮށްފައިވާކަމަށް މުހާ ވިދާޅުވިއެވެ. ދަނޑުވެރިކަން ކުރިއެރުވުމަށް ދޫކުރާ ލޯނު މަދު ފަރާތަކުން ނެގިއިރު، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފައްދައި އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުންކަމަށް އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިކަމުގެ އެއްބަސްވުމުގައި ޗައިނާ ހާބަރ އިންޖީނިއަރިންގ ކުންފުންޏާއެކު ވަނީ ސޮއިކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
އެސްއޯއީތައް މަދުކޮށް ހިންގުމަށް ހަރުދަނާ ބަދަލުތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ގިނަ ކުންފުނިތަކަކީ ގެއްލުމުގައްޔާއި ކޮރަޕްޝަންގެ ތެރޭގައި ހިންގަމުންދާ ތަންތަނަށް ވެފައި، މުވައްޒަފުންގެ އަދަދު 41،000 އަށް އަރައި...
ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ހޯދަން ދަތިވަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރަތް ކަނޑުގެ ސަރަހައްދުގައި ޔަމަނުގެ ޙޫޘީންގެ ނުރައްކާ ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓިއްޖެ ނަމަ، އެފްރިކާ ވަށައިގެން...
މެދުއިރުމަތީގެ ހަނގުރާމަ: ބްރިކްސްގެ ޤައުމުތަކުގެ ކަންބޮޑުވުުމުގެ ޤަރާރެއް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ނިއު ދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި ނެރުނު ޤަރާރުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްނުކޮށް، ދެބަސްވުންތައް ޑިޕްލޮމެސީއާއި މަޝްވަރާގެ...
ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށާއި ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް!
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 7،000 އިން...
ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ މެޗެއް މިމަހު
ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ވަރުގަދަ ތިން ޤައުމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން...
ފުރަތަމަ މެޗުން މޮޅުވެ، ދިއްދުއިން ދަތުރު ފެށީ ވަރުގަދަކޮށް
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް) ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިއްދޫ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި، ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-1...
