
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަހަރުގެ ފުރަތަމަ 6 މަސް ދުވަސް ނިމުނުއިރު ރަސްމީ ރިޒާވުގައި 832 މިލިޔަން ޑޮލަރު ހުރި ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މަރުކަޒީ ބޭންކުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ކޮންމެ މަހަކު ނެރޭ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރު ޖޫން މަސް ނިމުނު އިރު ރަސްމީ ރިޒާވުގައި ހުރި މިންވަރު މެއި މަހާއި އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. ޖޫން މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި 832.4 މިލިޔަން ޑޮލަރު ހުރިއެވެ. މެއި މަހު ރަސްމީ ރިޒާވުގައި ހުރީ 815.8 މިލިޔަން ޑޮލަރެވެ. އެހެން ކަމުން މަހުން މަހަށް އަޅާކިޔާއިރު، މިއީ 2 އިންސައްތައިގެ ކުރިއެރުމެކެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރަސްމީ ރިޒާވަށް ކުރިއެރުން ލިބިފައިވީނަމަވެސް ބޭނުން ކުރެވޭ ރިޒާވް ވަނީ ދަށްވެފައެވެ. އެގޮތުން ޖޫން މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 203 މިލިޔަން ޑޮލަރުގައެވެ. މި އަދަދު އޭގެ ކުރީ މެއި މަހު ހުރީ 217.9 މިލިޔަން ޑޮލަރުގައެވެ. މިއީ 6.8 އިންސައްތައިގެ ދަށްވުމެކެވެ. ރަސްމީ ރިޒާވް އިތުރުވި ނަމަވެސް ބޭނުން ކުރެވޭ ރިޒާވް ދަށްވެފައި މިވަނީ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު އިތުރުވުމާއި ގުޅިގެންނެވެ. މި އިލްތިމާޒްތަކަށް، މެއި މަހު 742.5 މިލިޔަން ޑޮލަރު ދައްކާފައިވާއިރު، ޖޫން މަހު 774.5 މިލިޔަން ޑޮލަރު ވަނީ ދައްކާފައެވެ.

ދައުލަތުގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭރުފައިސާގެ ރިޒާވް ހަރުދަނާ ކުރުމަށް ބޭރުފައިސާއާ ބެހޭ އައު ޤާނޫނެއް ވަނީ ތަޢާރަފްކޮށްފައެވެ. މި ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ދައިރާގައި ހިމެނޭ ވިޔަފާރިތަކުން އާމްދަނީގެ 20 އިންސައްތަ ނުވަތަ އެ ތަނަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. ބޭންކުތަކަށް މާރު ކުރާ ޑޮލަރުގެ 90 އިންސައްތަ ބޭންކުތަކުން މަރުކަޒީ ބޭންކަށް ވިއްކަން ޖެހެއެވެ.
ބޭންކުންތަކުން އެމްއެމްއޭއަށް މާރުކުރާ ޑޮލަރުގެ 60 އިންސައްތަ ބޭނުން ކުރަނީ، ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ. ބޭންކުތަކުން އިތުރަށް މާރުކުރާ 30 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ. މި ފައިސާ ބޭންކުތަކުން ބޭނުން ކުރަނީ ވިޔަފާރިތަކަށް ދޫކުރުމަށާއި، ބޭރުފައިސާ ބޭނުންވާ އެހެން އިލްތިޒާމުތައް ހަމަޖެއްސުމަށެވެ.
About Post Author
މާދަމާ ނިއުސް
އެސްއޯއީތައް މަދުކޮށް ހިންގުމަށް ހަރުދަނާ ބަދަލުތަކެއް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ގިނަ ކުންފުނިތަކަކީ ގެއްލުމުގައްޔާއި ކޮރަޕްޝަންގެ ތެރޭގައި ހިންގަމުންދާ ތަންތަނަށް ވެފައި، މުވައްޒަފުންގެ އަދަދު 41،000 އަށް އަރައި...
ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް، އޭޝިއާއަށް ތެޔޮ ހޯދަން ދަތިވަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރަތް ކަނޑުގެ ސަރަހައްދުގައި ޔަމަނުގެ ޙޫޘީންގެ ނުރައްކާ ބޮޑުވެ، ބާބުލް މަންދަބް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓިއްޖެ ނަމަ، އެފްރިކާ ވަށައިގެން...
މެދުއިރުމަތީގެ ހަނގުރާމަ: ބްރިކްސްގެ ޤައުމުތަކުގެ ކަންބޮޑުވުުމުގެ ޤަރާރެއް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ނިއު ދިއްލީގައި ކުރިއަށްދާ ބްރިކްސް ސަމިޓުގައި ނެރުނު ޤަރާރުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްނުކޮށް، ދެބަސްވުންތައް ޑިޕްލޮމެސީއާއި މަޝްވަރާގެ...
ޔޫކްރެއިންގެ މުދާ އުފުލާ ބޯޓުތަކަށާއި ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް!
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު 7،000 އިން...
ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ މެޗެއް މިމަހު
ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ވަރުގަދަ ތިން ޤައުމަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން...
ފުރަތަމަ މެޗުން މޮޅުވެ، ދިއްދުއިން ދަތުރު ފެށީ ވަރުގަދަކޮށް
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް) ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ ދިއްދޫ ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި، ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް 0-1...
