
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސައުދީ އަރަބިއްޔާގެ އަލް ނަސްރުގައި މަޑުކުރުމަށް ނިންމައި، ކްރިސްޓިއާނޯ ރޮނާލްޑޯ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސައުދީ ޕްރޯ ލީގުގެ ކުލަބް އަލް ނަސްރު 2027 ވަނަ އަހަރާއި ހަަމައަށް މަޑުކުރުމަށް ރޮނާލްޑޯ ވަނީ ނިންމާފައެވެ. އައު އެއްބަސަވުމުގެ ދަށުން ރޮނާލްޑޯއަށް އަހަރަކު 178 މިލިއަން ޕައުންޑް ލިބޭއިރު، އޭގެ ތެރޭގައި ބޯނަސް އާއި މިލްކުވެރިކަމުގެ ހިއްސާ ވެސް ހިމެނެ އެވެ. މި އެއްބަސްވުމުގައި 24.5 މިލިއަން ޕައުންޑްގެ ސޮއިކުރުމުގެ ބޯނަސް އާއި ޕްރައިވެޓް ޖެޓްގެ ހަރަދުތައްވެސް ހިމެނެ އެވެ.
އެންމެ ފުރަތަމަ ރޮނާލްޑޯ އަލް ނަސްރާއި ގުޅުނީ އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް 2022 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. މި ޖުލައި މަހުގެ ނިޔަލަށް އޭނާގެ ކޮންޓްރެކްޓް ހަމަވާއިރު އެ ކުލަބުގައި ރޮނާލްޑޯ މަޑު ނުކުރާނެކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ރޮނާލްޑޯ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހަމަ އެ ޝައުގުވެރިކަމާއި އެ ހުވަފެނާއިއެކު ތާރީހީ ބަދަލެއް ގެނައުމުގެ އުންމީދުގައި އައު ބާބެއް ފެށުނީ ކަމަށެވެ. އަލް ނަސްރުގައި ރޮނާލްޑޯ ހޭދަކުރި ދުވަސްތަކުގައި މިހާތަނަށް ކުޅުނު 41 މެޗުގައި އޭނާ ވަނީ 35 ލަނޑު ޖަހައި ޖެހިޖެހިގެން ދެވަނަ ސީޒަނުގައި ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
އަލް ނަސްރަށް ޖުމްލަ 111 މެޗުން 99 ގޯލް ކާމިޔާބުކޮށްދީފައިވާއިރު، ކެރިއަރުގައި ސީނިއާ ގޯލްގެ އަދަދު 1،000 ގާތްކުރެއެވެ. އޭނާ ވަނީ ކްލަބާއި ގައުމަށް 938 ލަނޑު ޖަހާދީފައެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޕޯޗުގަލްއަށް ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްދީފައިވާ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑާއި ސްޕޯޓިން އަދި ޔުވެންޓަސްގެ ކުރީގެ ފޯވާޑް މިހާރު އަމާޒު ހިފާނީ އަންނަ ވޯލްޑް ކަޕްގައި ހަ ވަނަ ފަހަރަށް ކުޅުމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
