
(ފޮޓޯ ކްރެޑިޓްސް: ޓްރާންސްޕޯޓް މިނިސްޓްރީ)
އާރްޓީއެލް ފެރީގެ ދަތުރުތައް ރ. އަތޮޅުގައި ފަށައިފިއެވެ. މިއީ މި ޚިދުމަތް ފެށި 10ވަނަ އަތޮޅެވެ. ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮންނައިރު އެ އަތޮޅުގެ އާބާދީ ގާތްގަނޑަކަށް 24000 އަށް އަރައެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީގެ ޚިދުމަތަކީ، އަތްފޯރާފަށެއްގައި އެއްރަށުށް އަނެއް ރަށަށް ދަތުރުކޮށް ޚިދުމަތްތައް ލުއިފަސޭހަކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. ރ. އަތޮޅުގައި ފުރަތަމަ ފަށާފައި މިވަނީ ޚިދުމަތަށް އަހުލުވެރިކުރުވުމުގެ ދަތުރުތަކެވެ. މި ދަތުރުތައް އެއްވެސް ފީއެއް ނެގުމެއް ނެތި އެއް ހަފްތާއަށް ކުރިއަށްދާނެއެވެ.
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރ. އަތޮޅުގައި ޚިދުމަތް ދެނީ 3 ރޫޓަކަށް ބަހާލައިގެންކަމަށެވެ. އަދި ޚިދުމަތް ދިނުމަށް 2 ލޯންޗު ފެރީ ބޭނުންކުރަމުންދާކަމަށެވެ. ރޫޓުތައް ކަނޑައަޅާނީ އާއްމުކޮށް އެ ޚިދުމަތްތައް އާއްމުން ދަތުރުކުރާ ރަށްތަކަށް ބަލައިގެން، އެކަމަށް ފަހިވާގޮތަށެވެ. އަދި މި ޚިދުމަތް ހަފްތާގެ ކޮންމެ ދުވަހަކުވެސް ލިބެއެވެ. ތަޖުރިބާ ހަފްތާއަށްފަހު، އާއްމު އުސޫލުން ދަތުރުތައް ފަށާނީ ޖުލައި 3 ވަނަ ދުވަހުއެވެ. ރޫޓުތަކާއި ޓިކެޓުގެ އަގުތަކާއި އަދި ދަތުރުތަކުގެ ޝެޑިއުލްތައް، އާރްޓީއެލް އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ. އަދި އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނަގާ، ފައިސާ ދެއްކޭނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ޓްރާންސްޕޯޓް މިނިސްޓްރީ)
ދަތުރުތަކުގައި ބޭނުންކުރާ ލޯންޗު ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސްކޮށް، މީހުން އުފުލުމަށް ޚާއްސަ ފީޗަރތައް ހިމެނޭގޮތަށެވެ. އަދި އުޅަނދުތަކުގައި މަސައްކަތްކުރަނީ ޚާއްސަ ޓްރެއިނިންތައް ދީފައިވާ ކެޕްޓަނުންނާ ފަޅުވެރިންނެވެ. މިހާރު ރައްޔާރުވަމުންދަނީ ބ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށެވެ. އެ އަތޮޅުގައިވެސް ވަރަށް އަވަހަށް ޚިދުމަތް ފަށާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. މިމަޝްރޫޢު ކުރިއަށް ގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
