
އެފްއޭއެމުގެ އިންތިހާބުގައި ފުރަތަމަ ޑިވިޝަނުގެ ހަތަރު ކުލަބަކުން ކުރީގެ ގައުމީ ފޯވަޑް އަހުމްދު ތޯރިގް (ޓޮމް) އަށް ތާއީދުކުރަން ނިންމައިފި އެވެ. މި ހަތަރު ކުލަބަކީ ކުރިން ވެސް ޓޮމް އަށް ތާއީދުކޮށްގެން ތިބި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުލަބު ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ. އަލަށް ގުޅުނު ކުލަބަކީ ކުރިން ޓޮމްއާ ދެކޮޅަށްމަސައްކަތް ކުރި ގްރީން ސްޓްރީޓްސް އެވެ. މިއާއެކު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރަށް ތާއީދު ކުރާ ކުލަބުތަކުގެ އަދަދު ވަނީ ހަތަރަކަށް އަރައިފައެވެ. ނަން ހާމަ ކުރަން ނޭނދޭ ފުޓްބޯޅައިގެ ކުލަބެއްގެއިސް މީހަކު ބުނީ މާދަމާ ރޭ ބާއްވާ އަސާސީ ގަވާއީދު ފާސްކުރާ ކޮންގްރެސް އަށް ދާއިރު ޓޮމް އަށް ތާއީދު ކުރާ ކުލަބުތަކުގެ އަދަދު އިތުރު ކުރުން ވަރަށް ގާތްކަމަށެވެ.
“ޓޮމް ފަޅީގައި ތިބިއެއްވެސް ކުލަބަކުން އެ މީހުންގެ ސްޓޭންޑެއް ބަދަލެއް ނުކުރޭ. ކުލަބުތަކުން ތިބީ ކުރިން ވެސް ތިބި ގޮތަށް،” ފުރަތަމަ ޑިވިޝަނުގެ ކުލަބެއްގެ އިސް އޮފިޝަލަކުވިދާޅުވި އެވެ. އެފްއޭއެމުގެ އިންތިހާބު މދިޔަ ދޮޅު އަހަރު ތެރޭގައި ވަނީ ދެ ފަހަރަށް ނުބޭއްވި ފަސްވެފަ އެވެ. އެންމެ ފަހުން ފީފާއިން ވަނީމީގެ އެއް އަހަރު ކުރިން އެފްއޭއެމުގެ ރައީސް ކަމުގައި ހުރި ބައްސާމް އަދީލް ޖަލީލްސަސްޕެންޑްކޮށް، އެފްއޭއެމް ނޯމަލައިޒްކޮށްފަ އެވެ. ބައްސާމް ސަސްޕެންޑްކުރީ ހިޔާނާތާއި ހިންގުމުގެބައިވަރު މައްސަލަތަކާހުރެ އެވެ. އޭނާއާ ދެކޮޅަށް ގިނަ ދައުވާތަކެއް ވެސް ވަނީ ރާއްޖޭގެ ކޯޓުތަކުގައި ވަނީ އުފުލާފަ އެވެ.
ބައްސާމަށް ފަހު އެފްއޭއެމުގެ ރައީސް ކަމަށް ވާދަކުރައްވަންމަސައްކަތް ކުރެއްވީ ކުލަބު އީގަލްސްގެ ފަރާތުން މުފާވިޒް ހާޝިމެވެ. އެ ފަހަރުގެއިންތިހާބު ކެންސަލްވުމުން ދެ ވަނަ ފަހަރަށް ކުރިމަތިލެއްވީ އަނެއްކާވެސް ބައްސާމެވެ. އެ ފަހަރު ބާއްވަން އުޅުނު އިންތިހާބު ސައްހަ ނޫން ކަމަށް ނިންމީ ފީފާއިންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
