
(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ހއ. ހޯރަފުށީ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ފަށައިފިއެވެ. ހޯރަފުށީ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި، ތާރުއެޅުމަށް ހަމަޖެހިފައިވާކަމަށް މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި މަގުތައް ފެހިކުރުމަށް ގްރީން އޭރިއާގެ މަސައްކަތާއި، ކޭބަލް ޖަންކްޝަން އަދި ސަރވިސް ލައިން ވަޅުލުމާއި، މަގުބައްތި ޖެހުމާއި މަގުމަތީ ނިޝާންތައް ކުރެހުމާއި ހަރުކުރުން ހިމެނޭކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ޖުމްލަ 30.46 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އެމް.ޓީ.ސީ.ސީން ވަނީ ވިދާޅުވެފައެވެ.
މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، ހޯރަފުށީ މަގުތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައީ އެމް.ޓީ.ސީ.ސީންނެވެ. ފުރަތަމަ ފިޔަވަހީގައި 5.3 ކިލޯމީޓަރުގައި ތާރު އަޅާފައިވާއިރު އެއީ ރަށުގެ 11 މަގެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 71 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްޓީސީސީ)
ހޯރަފުއްޓަކީ އިޤްތިޞާދީ، އިޖްތިމާޢީ އަދު ޢުމްރާނީ ތަރައްޤީގެ އެކި ކަހަލަ މަސައްކަތްތަކުގައި ބޭނުންކުރުމަށް ގިނަ އަދަދެއްގެ ބަރު ވެހިކަލްތަކާއި، ލޮރީ، ޕިކަޕް އަދި ކާރުފަދަ އެއްގަމު އުޅަނދުފަހަރު ހަރަކާތްތެރިވާ ރަށެއްކަމުން ރަނގަޅު ފެންވަރުގައި މަގުތައް ހެދިފައި ހުރުން މުހިންމުކަން ސަރުކާރުން ފާހަގަކުރައްވައެވެ. ފޭސް 1 ގެ ދަށުން ހޯރަފުށި މަގު ހެދުމުގެ ސަބަބުން ގިނަ މަގުތަކެއް ފެންބޮޑުވުމުންނާއި، ޗަކަވުމުންނާއި، އަޑިގުޑަންވުމާއި، ހިރަފުސްވުމުން ލިބެމުންދިޔަ ދަތި އުނދަގުލަށް ބޮޑު ހައްލެއް ލިބިފައިވާކަން އެމް.ޓީ.ސީ.ސީން ފާހަގަކުރައްވައެވެ. އަދި ފޭސް 2 ގެ ދަށުން ހޯރަފުށި އެތެރޭގެ މަގުތައް ހެދުމާއެކު މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެކަންވެސް އެކުންފުނިން ފާހަގަކުރައްވައެވެ.
ޒަމާނީ ފެންވަރަށް މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ އިތުރުންވެސް އެމް.ޓީ.ސީ.ސީން މީގެކުރިންވެސް ވަނީ ހޯރަފުށީގައި މުހިންމު ބޮޑެތި މަޝްރޫޢުތަކެއް ހިންގާފައެވެ. އެގޮތުން ހޯރަފުށީ އެއަރޕޯޓު މަޝްރޫޢާއި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ހިންގި ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢު ފާހަގަކޮށްލެވެއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
