
ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހު ބޭނުން ކުރާން ފަރުމާކޮށްފައިވާ ލޯގޯ އާންމުކޮށް ދައްކާލައިފިއެވެ. މި ލޯގޯ ފުރަތަމަ ފަހަރަށް އާންމުކޮށް ދައްކާލާފައިވަނީ، ޕީއެސްއެމް ނިއުސް ރޭގަނޑު 8:00 ޚަބަރު ތެރެއިންނެވެ. މި ލޯގޯ ފަރުމާކޮށްފައިވަނީ ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހީމެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު މިއަހަރު ފުރުމާއި ގުޅުވައި މިއަހަރުގެ ނިޔަލަށް ދައުލަތުގެ ލިޔެކިއުންތަކާއި އެހެނިހެން ބޭނުންތަކަށް ބޭނުން ކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިމަހު ކުރީކޮޅު ހުޅުވާލިއެވެ. ލޯގޯ ފަރުމާކުރުމުގައި އިސްލާމް ދީނާއި ދިވެހިބަހާއި ސަޤާފަތާއި ދިވެހި ތަރިކަ ރަމްޒްކޮށްދިނުމާއި ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހީންގެ ދަޢުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒްކޮށްދޭން ޖެހޭ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ލޯގޯގައި ދިވެހި ރާއްޖެ ރަމްޒުވާ ކުލަތައް ބޭނުންކުރުމަށް އުސޫލުގައި ހިމަނާފައިވެއެވެ.
މިނިވަން-60 ލޯގޯއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދިވެހިބަހާއި ސަޤާފަތާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޢާއިޝަތު ޙަމްލާ ވިދާޅުވީ، މި ފުރުސަތު ހުޅުވާލުމާއެކު ގާތްގަނޑަކަށް 30 ހުށަހެޅުން ލިބިގެން ދިޔަ ކަމަށެވެ. އެގޮތުން ލޯގޯތައް އިންސާފުކުރުމަށް ޙާއްސަ ކޮމެޓީއެއް އެކުލަވައި އެ މަސައްކަތް ކުރިއަށް ގެންދެވިކަން އޭނާ ފާހަގަކުރެއްވިއެވެ. “ދެ މަރުހަލާއަކަށް މަސައްކަތް ކުރެވިފައިވޭ. ފުރަތަމަ މަރުހަލާގައި ބެލީ، ހުށަހަޅާފައިވާ ލޯގޯތަކުން އުސޫލާއި އެއްގޮތަށް ހުށަހެޅީ ކޮން ބޭފުޅުންތޯ. ދެވަނަ މަރުހަލާގައި ބެލީ އުސޫލުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވެފައި ހުރީ ކިހާ ލޯގޯއެއްގެ ތޯ” ޙަމްލާ ވިދާޅުވިއެވެ.
މި މަސައްކަތް ކުރުމަށް ދިވެހިބަހާއި ސަޤާފަތާއި ބެހޭ ވުޒާރާއިން ފަނޑިޔާރުންގެ ކޮމެޓީގައި ވަނީ ކަނޑައަޅާފައެވެ. ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ:
- 1. އަލްއުސްތާޛް ކަޝިމާ އަހުމަދު ޝާކިރު – ދިވެހި ތާރީހުގެ އިސްވާރު
- 2. މުހައްމަދު އަބްދުލް ޤާދިރު – ސުމޭކު އިސްވާރު
- 3. މުހައްމަދު ޝަހުރުއްޒިޔާދު – ވުޒާރާގެ ޑިރެކްޓަރ
- 4. ފަރެސް މުހައްމަދު އާމިރު – ޤައުމީ އަޝްރީފުގެ ޑިރެކްޓަރ ޖެނެރަލް
ލޯގޯއަށް އިންސާފު ކުރުމުގައި ގިނަ ކަންކަމަށް ބަލާފައިވާނެ ކަމަށް ފަނޑިޔާރުންގެ ކޮމެޓީގެ މެންބަރު މުހައްމަދު އަބްދުލްޤާދިރު ވިދާޅުވިއެވެ. މިގޮތުން ފަނޑިޔާރުން އިންސާފުކޮށްފައިވަނީ، މިމަރުހަލާ އިންސާފުވެރިކުރުމުގެ ގޮތުން ނަންބަރު ދެވިފައިވާ ލޯގޯތަކަށް ކަމަށާއި، އިންސާފު މަރުހަލާ ނިމި މާކްސްތައް ދެވިފައިވާ ގޮތަށް ބެލިއިރު މާކްސް ދެވުނު ގޮތާއި މެދު ހުރިހާ ފަނޑިޔާރުންގެ ރަޢުޔު ދިމާވާ ކަމަށެވެ. “އަޅުގަނޑުމެންނަށް 1 އަށް ފެނުނު ލޯގޯއާއި މެދު ވަރަށް ހިތްހަމަޖެހޭ. އޭގައި އެބަހުރި ދިވެހި ވަންތަކަން. ޤައުމީ ވަންތަކަން. ހުރިހާ ސިފަތަކެއް އޭގައި ހިމެނޭ. އަޅުގަނޑުމެން އިތުރަށް ބެލި މިއާއި ވައްތަރު ލޯގޯތައް ހުރިތޯ ދުނިޔޭގެ އެހެންތަނަކުވެސް، އެގޮތަށް ބަލާފައި ޝައްކެއް އުފެދޭ ކަމެއް ނެތީމަ މި ލޯގޯ ނަގާފައިވަނީ. ” އަބްދުލްޤާދިރު ވިދާޅުވިއެވެ.
މިނިވަންކަމަށް 60 އަހަރުފުރުމާއި ގުޅިގެން ބޭނުން ކުރާ ލޯގޯގެ ފަރުމާތަކަށް އިންސާފު ކުރުމަށް 3 ދުވަހުގެ މުއްދަތެއް ނެގި ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިއަހަރު ބޭނުން ކުރާނެ ލޯގޯ އާންމުކޮށް ދާއްކާލުމާއެކު، މިއަހަރު މިނިވަން ދުވަހުގެ ކައުންޓްޑައުންވެސް ޕީއެސްއެމްއިން 12:00 ޖެހުމާއެކު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
