
(ފޮޓޯ ކްރެޑިޓްސް: މާލީ ވަޒީރު)
ރާއްޖެއާއި ޗައިނާ ޑިވެލޮޕްމަންޓް ބޭންކު، ސީޑީބީއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައްކޮށްފައިވަނީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ޗައިނާ ޑިވެލޮޕްމަންޓް ބޭންކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭއައިއައިބީގެ 10ވަނަ އަހަރީ ޖަލްސާގައި ބައިވެރިވުމަށް، މާލީ ވަޒީރު މޫސާ ޒަމީރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޗައިނާ ޑިވެލޮޕްމަންޓް ބޭންކް، ސީބީޑީގެ އިސް އޮފިޝަލުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ޒަމީރު ވަނީ ސީޑީބީއަކީ ބޯހިޔާވަހިކަން އަދި އިންފްރާސްޓްރަކްޗަރ ފަދަ ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ އަދި މިހާރުވެސް ފޯރުކޮށްދެމުންދާ މާލީ އިދާރާއެއްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ސީބީޑީއިން ދެމުންދާ އެހީތެރިކަމަށް ވަޒީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
Had a constructive meeting with senior leadership of China Development Bank (CDB) on the sidelines of #AIIB2025 in Beijing, China.
We discussed the Bank’s key role in supporting projects in housing and infrastructure in #Maldives, and explored future avenues of cooperation to… pic.twitter.com/EUfyZYhNn0
— Moosa Zameer (@MoosaZameer) June 25, 2025
ވަޒީރު ވިދާޅުވީ، ސީބީޑީއާއެކު ބޭއްވި މި ބައްދަލުވުމަކީ މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ކުރިއެރުން މަޝްވަރާކުރުމަށާއި، ރާއްޖެއާއި ސީޑީބީއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު އަގުހުރި ފުރުޞަތެއްކަމަށެވެ. އަދި ކުރިއަށްއޮތްތާގަވެސް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ތަންފީޒުކުރުމަށް ސީބީޑީގެ އެހީތެރިކަން ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރާއެކު، ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ފަޟީލް ނަޖީބު، މާލީ ވުޒާރާގެ ވަޒީރުގެ ނައިބު އަޙްމަދު ސާޢިދު މުޞްޠަފާ، ސެކަންޑް ސެކްރެޓަރީ ޢަލީ ސާޖިދު ޝާކިރު، ސެކަންޑް ސެކްރެޓަރީ މިޒްނާ ވަޙީދުގެ އިތުރުން ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް ރައުޙާ އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސީބީޑީގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ އެ ބޭންކުގެ އިންޓަރނޭޝަނަލް ފައިނޭންޝަލް ބިޒްނަސް ޑިޕާޓްމަންޓުގެ ވައިސް ޕްރެޒިޑެންޓް ބައި ޝިޔުއަން، ސެކަންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ ލީ ޔުންޒީ، އިންޓަރނޭޝަނަލް ކްރެޑިޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ޖިއާންގ ކެޓާއޯ، އަދި އިންޓަރނޭޝަނަލް ކްރެޑިޓް ޑިޕާޓްމަންޓުގެ ސެކަންޑް ކްރެޑިޓް މެނޭޖްމަންޓް ޑިވިޜަންގެ ޑިރެކްޓަރ ހޯ މެންގްރުއިއެވެ.
އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުން މިމަހުގެ 26އާ ހަމައަށް ކުރިއަށްދާނެއެވެ. މި ބައްދަލުވުން އޮންނަނީ ބެއިޖިންގގައި ހުންނަ ޗައިނާ ނޭޝަނަލް ކޮންވެންޝަން ސެންޓަރު 2 ގައެވެ. މި ބައްދަލުވުމުގައި އޭ.އައި.އައި.ބީގެ މެންބަރު ގައުމުތަކާއި، ބައިވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މާހިރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
