
(ފޮޓޯ ކްރެޑިޓްސް: މާލީ ވަޒީރު)
ރާއްޖޭގެ މާލީ ހާލަތު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ޗައިނާގެ ސައިނޯޝުއަރގެ ކުންފުނީގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭއައިއައިބީގެ 10ވަނަ އަހަރީ ޖަލްސާގައި ބައިވެރިވުމަށް، މާލީ ވަޒީރު މޫސާ ޒަމީރު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޗައިނާ އެކްސްޕޯޓް އެންޑް ކްރެޑިޓް އިންޝުއަރެންސް ކޯޕަރޭޝަން، ސައިނޯޝުއަރގެ އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ.
Had a productive meeting with President Sheng Hetai and senior officials of SINOSURE on the sidelines of #AIIB2025.
Discussed strengthening insurance coverage cooperation in support of the #Maldives‘ development priorities and ongoing fiscal reforms.
🇲🇻🇨🇳 pic.twitter.com/Tac6WfzUud
— Moosa Zameer (@MoosaZameer) June 24, 2025
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޒަމީރު ވަނީ ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ އަދި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭ އެންމެފަހުގެ މައުލޫމާތުތައްވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދާ މާލީ އިސްލާޙީ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ވަޒީރު ވަނީ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ މިހާރުގެ މާލީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ދައުލަތުގެ މަޝްރޫޢުތަކުގައި ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކަށް ދެމުންގެންދާ އަހައްމިއްޔަތުކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރާއެކު، ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. ފަޟީލް ނަޖީބު، ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލީ ސާޖިދު ޝާކިރު، ސެކަންޑް ސެކްރެޓަރީ މިޒްނާ ވަޙީދު، އަދި މާލީ ވުޒާރާގެ ރިސޯސް މޮބިލައިޒޭޝަން އެނަލިސްޓް ރައުޙާ އިބްރާހީމްވެސް ބައިވެރިވަޑައިގަތެވެ.
Honoured to represent the #Maldives at the @AIIB_Official Governors’ Special Session in Beijing and witness the election of Madam Zou Jiayi as the Bank’s next President.
We look forward to working with AIIB in advancing sustainable and inclusive development. pic.twitter.com/UR7g2whc9a
— Moosa Zameer (@MoosaZameer) June 24, 2025
މާލީ ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭއައިއައިބީގެ ގަވަރނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން ބޭއްވުނު ގަވަރނަރުންގެ ޚާއްސަ ޖަލްސާގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގައި އޭއައިއައިބީގެ ރައީސްއަކަށް ޒޯ ޖިއާޔީ ވަނީ ކަނޑައަޅުއްވާފައެވެ. ވަޒީރު ޒަމީރު، ޒޯ އިންތިޚާބުވެވަޑައިގަތުމުން އޭނާއަށް މަރުޙަބާ ދަންނަވާފައެވެ. އަދި މި ޖަލްސާގައި ވަޒީރު ވަނީ ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް އޭ.އައި.އައި.ބީ ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭގެ ތާއީދު އޮތްކަމަށްވެސް ވިދާޅުވެފައެވެ.
އޭއައިއައިބީގެ 10 ވަނަ އަހަރީ ބައްދަލުވުން މިމަހުގެ 26އާ ހަމައަށް ކުރިއަށްދާނެއެވެ. މި ބައްދަލުވުން އޮންނަނީ ބެއިޖިންގގައި ހުންނަ ޗައިނާ ނޭޝަނަލް ކޮންވެންޝަން ސެންޓަރު 2 ގައެވެ. މި ބައްދަލުވުމުގައި އޭ.އައި.އައި.ބީގެ މެންބަރު ގައުމުތަކާއި، ބައިވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މާހިރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
“ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ކޮމަންވެލްތުގެ އެއްބާރުލުން އިތުރުކުރަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖުގައި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ލުއި މާލީ...
ދެ އަހަރުން ފަތުރުވެރިކަމަށް 7000އަށްވުރެ ގިނަ އެނދު
(ފޮޓޯ ކްރެޑިޓްސް: އަމާރީ ރާޔާ ރިސޯޓް) ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އަލަށް 7،195 އެނދު އިތުރުކޮށްފައިވާ ކަމަށް...
މިފްކޯއިން ޖަޕާނު މާކެޓުގައި ވިޔަފާރި ފުޅާކުރުމަށް މަޝްވަރާކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު...
ފެބުރުވަރީ މަހު ޑޮލަރުން ޓެކްސް ދެއްކި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިމުނު ފެބްރުއަރީ މަހު ޑޮލަރުން ޓެކްސް ދެއްކި ނިސްބަތް 20 އިންސައްތަ އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން...
އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް އޮޑިވެރިންނަށް 51 މިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޒުވާން މަސްވެރިޔާ) މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރުއެސްޑަބްލިއު) ގާއިމްކުރުމަށް ސަރުކާރުން މިހާތަނަށް 51 މިލިއަން ރުފިޔާގެ ލޯނު...
ފަހު ދިހައެއްގައި ބީއެމްއެލުން ޚިދުމަތް ލިބޭނީ މި މަހުގެ 11، 18ގައި
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)...
