
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އދގެ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ އައިއޭއީއޭއާ އޮންނަ ގުޅުން މެދުކަނޑައިލަން އީރާނުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ. އީރާނުގެ ޤާނޫނުހަދާ މަޖިލީހުން ފާސްކުރި ބިލުގައިވާ ގޮތުން، އައިއޭއީއޭގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ އެއްވެސް ދިރާސާއެއް ކުރަން އެ ޤައުމަށް އެތެރެވެވޭނީ އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިޔުރިޓީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. އެ ބިލަށް ޢަމަލުކުރަން ފަށާނީ، އީރާނުގެ ގާޑިއަން ކައުންސިލުން ތަސްދީޤުކޮށްފިނަމައެވެ. މީގެ ދުވަސްކޮޅެއް ކުރިން އައިއޭއީއޭގެ ގަވަރުނަރުންގެ ބޯޑުން ވެސް ވަނީ އީރާނުން ސޮއި ކޮށްފައިވާ ނިއުކްލިޔަރ މުއާހަދާއާ ޚިލާފަށް އަމަލުތައް ބަހައްޓަމުންދާ ކަމަށް ބުނެ އީރާނާ ދެކޮޅަށް ޤަރާރެއް ފާސް ކޮށްފައެވެ. އީރާނުން ބުނަމުންދަނީ ނިއުލްލިޔަރ ނަން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ)ގެ ދަށުން އަދި އައިއޭއީއޭގެ ސޭފްގާޑްސް އެއްބަސްވުމުގައި ލާޒިމު ކުރާ ކަންކަން އެ ޤައުމުން ފުރިހަމަ ކުރަމުންދާ ކަމަށެވެ.
އަދި ޖޫން 13 ވަނަ ދުވަހު، ޔަހޫދީ ދައުލަތުން އީރާނަށް ނިރުބަވެރި ޙަމަލާތައް ދީފައިވަނީ އައިއޭއީއޭގެ އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ. އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބަޤްރު ޤާލިބާފް، އީރާނުގެ ނޫސްތަކަށް ވިދާޅުވި ގޮތުގައި، މަދަނީ ބޭނުންތަކަށް ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕްރޮގްރާމް އީރާނުން ހުއްޓައެއް ނުލާނެއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޔަހޫދީންގެ ދަޢުލަތާ ގުޅިގެން އެމެރިކާއިން ވެސް އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފައްދަން މަސައްކަތް ކުރަމުންދާ މަރުކަޒުތަކަށް ޙަމަލާދެމުންދިޔަ އިރު އެކަން އައިއޭއީއޭ އިން ކުށްވެރިވެސް ކޮށްފައެއްނުވެއެވެ. އެހެންކަމުން، އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކުގެ ރައްކާތެރިކަން އައިއޭއީއޭއަށް ކަށަވަރު ކުރެވެންދެން، އެ އިދާރާ އާ އީރާނުން ވަގުތީ ގޮތުން ގުޅުން ކަނޑައިލަން ނިންމާފައިވާކަމަށް ވިދާޅުވިއެވެ. މި ބިލުގެ ދަށުން، އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކުގައި ސެކިޔުރިޓީ ހަރުނުކުރުމާއި އައިއޭއީއޭއަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ވެސް ހުށަހެޅުން ހުއްޓައިލެވޭނެއެވެ.
މިކަމާ ގުޅޭގޮތުން އައިއޭއީއޭ އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އައިއޭއީއޭގެ ވެރިޔާ، ރަފައެލް ގްރޮސީ މިދިޔަ ހަފްތާގައި ވިދާޅުވެފައިވާ ގޮތުގައި، އެ އިދާރާގެ އިންސްޕެކްޓަރުން އީރާނަށް އަލުން ފޮނުވަން ބޭނުންވެއެވެ. ޖޫން 13ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުން ދިޔައީ އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ ގިނަ ޢަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ނިއުކްލިޔަރ ސައިންޓިސްޓުންނާއި އާންމުން ވަނީ ޝަހީދު ކޮށްލައިފައެވެ. އަދި ބައެއް ނިއުކްލިޔަރ މަރުކަޒުތަކަށް ވެސް ވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ‘އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3’ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފަށައި، ޔަހޫދީ ދައުލަތުގެ މުހިންމު ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭގެފަހުން، ޖޫން 22ވަނަ ދުވަހު އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާއިން ވެސް ވަނީ ބޮން އަޅައިފައެވެ.
ނަމަވެސް، އެ ޙަމަލާތަކުގައި އެ މަރުކަޒުތަކުގެ ބިމު އަޑީގައި، ބިންގަރާސްތަކުގައި ބިނާ ކޮށްފައިވާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާކަން ހާމަވެއްޖެއެވެ. މި ކަން ހާމަވެފައި ވަނީ، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންގެ ޖާސޫސީ ގޮފި، ޑިފެންސް އިންޓެލިޖެންސް އޭޖެންސީ (ޑީއައިއޭ)ން އެއްކޮށްފައިވާ ޖާސޫސީ މަޢުލޫމާތުންނެވެ. ޑީއައިއޭގެ ޖާސޫސީ ރިޕޯޓުގެ މަޢުލޫމާތު ލިބިފައިވާ މަޞްދަރުތަކުން ބުނީ ބިމު އަޑީގައި ޤާއިމު ކޮށްފައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް އެމެރިކާގެ ޙަމަލާތަކުން ސަލާމަތްވެފައިވާ ކަމަށް ބެލެވޭ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
