
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް އީރާނުން ދިން މިސައިލް ޙަމަލާތަކުގައި 11،000 ގެދޮރު ބިމާހަމަވެ 30،000 ގެދޮރަށް ގެއްލުން ލިބިފައިވާކަން ހާމަވެއްޖެއެވެ. އެ ޙަމަލާތަކުގައި އެ ޤައުމަށް ލިބުނު ގެއްލުމުގެ އަގު 1.3 ބިލިޔަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މެދުއިރުމަތީގެ މައި ބާރެއްގެ ގޮތުގައި ބެލެވޭ އީރާނުން ޔަހޫދީންގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ، ޖޫން 13ވަނަ ދުވަހު ޔަހޫދީ ފައުޖުން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމުގެ ރައްދުގައެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ 12 ދުވަހަށް ފަހުއެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ހިންގާ މަރުކަޒުތަކާއި، އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންޓިސްޓުންގެ އިތުރުން ޢާންމުން ދިރިއުޅޭ ރަށްތަކަށެވެ. ޔަހޫދީން އީރާނަށް ބޮންއަޅަން ފަށާފައި ވަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާ އެކުއެވެ.
ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުން ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ވެސް ވަނީ އީރާނަށް ޙަމަލާ ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ނަޠާންޛާއި އިޞްފަހާންގެ އިތުރުން ފޫރްދޫގައިވާ ނިއުކްލިޔަރ މަރުކަޒުތަކަށެވެ. އެ ޙަމަލާތަކުގެ ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޙަމަލާ ދީފައެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރައްވާފައި ވަނީ ޤަޠަރަށް ދިން ޙަމަލާތަކަށް ފަހުއެވެ. ޔަހޫދީންނަށް ލިބުނު ގެއްލުމުގެ އަގު 1.3 ބިލިޔަނަށް ވުރެ ބޮޑުވާނެ ކަން އަންދާޒާ ކޮށްފައި ވަނީ ޔަހޫދީންގެ ހައާރެތުޒް ގުރޫޕުން ނެރޭ ދި މާކަރ ކިޔާ އިޤުތިޞާދީ އަދި ވިޔަފާރީގެ ދާއިރާގެ ޚަބަރުތައް ޝާއިޢުކުރާ ނޫހުންނެވެ. ދި މާކަރއިން ބުނެފައި ވަނީ، އީރާނަށް ޙަމަލާ ދިނުމަށާއި، އީރާންގެ ޙަމަލާތަކުން ދިފާޢުވުމަށް ވެސް ޔަހޫދީންނަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހުނު ކަމުގައެވެ. އަދި، އެ ޚަރަދުތައް އެތަކެއް ބިލިޔަން ޑޮލަރަށް އަރާނެ ކަމުގައެވެ. ނުރައްކާތެރި ބެލިސްޓިކް މިސައިލްތަކާއި އަސްކަރީ ޑްރޯންފަދަ ހަތިޔާރު ބޭނުން ކޮށްގެން އީރާނުން ދީފައިވާ ޙަމަލާތަކުގައި ޔަހޫދީންގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އީރާންގެ ނުރައްކާތެރި ޙަމަލާތަކުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ރަށްތަކުގެ ތެރޭގައި ޔަހޫދީންގެ ވެރިރަށް ތެލް އަވީވާއި ބަނދަރުމަތީ ރަށް ޙައިފާ ހިމެނެއެވެ. އަދި، ޔަހޫދީންގެ ރަށްތަކުގެ އިތުރުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކަށް ތެލާއި ހަކަތަ ފޯރުކޮށްދިނުމަށް ހުރަސް އެޅިގެން ދިޔަ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އީރާންގެ ޙަމަލާތަކުގައި ތެލް އަވީވުގައި ހުންނަ ޔަހޫދީންގެ ހިއްސާގެ ބާޒާރު ހިންގާ އިމާރާތަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ހިއްސާގެ ބާޒާރަށް ލޮޅުން އެރިއެވެ. މިއީ، އީރާނަށް އަމާޒުކޮށް ޔަހޫދީން ދީފައިވާ ނިރުބަވެރި ޙަމަަލާތަކުގެ ސަބަބުން ޔަހޫދީންނަށް ލިބުނު އިޤުތިޞާދީ ގެއްލުން ސާފުވާ ތަފާސްހިސާބުތަކެއް ކަމުގައި ތަޖުރިބާކާރުން ބުންޏެވެ.
އީރާނަށް ޙަމަލާ ދިނުމުގެ ކުރިން ޔަހޫދީން ދިޔައީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ވެސް ޤަތުލުޢާންމެއް ހިންގަމުންނެވެ. އެ ޤަތުލުޢާންމު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ދި މާކަރއިން ބުނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ވެސް ޔަހޫދީންނަށް 0.65 ބިލިޔަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމުގައެވެ. ޔަހޫދީ އިޤުތިޞާދީ ތަޖުރިބާކާރުން ބުނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިނުލައިފި ނަމަ ޔަހޫދީންގެ އިޤުތިޞާދު ފުނޑުފުނޑު ވެދާނެ ކަމުގެ ބިރު ބޮޑު ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
