
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖޫން 22ވަނަ ދުވަހު އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް އެމެރިކާއިން ދީފައިވާ ޙަމަލާތަކުގައި އެ މަރުކަޒުތަކުގެ ބިމު އަޑީގައި، ބިންގަރާސްތަކުގައި ބިނާ ކޮށްފައިވާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާކަން ހާމަވެއްޖެއެވެ. މި ކަން ހާމަވެފައި ވަނީ، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންގެ ޖާސޫސީ ގޮފި، ޑިފެންސް އިންޓެލިޖެންސް އޭޖެންސީ (ޑީއައިއޭ)ން އެއްކޮށްފައިވާ ޖާސޫސީ މަޢުލޫމާތުންނެވެ. ޑީއައިއޭގެ ޖާސޫސީ ރިޕޯޓުގެ މަޢުލޫމާތު ލިބިފައިވާ މަޞްދަރުތަކުން ބުނީ ބިމު އަޑީގައި ޤާއިމު ކޮށްފައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް އެމެރިކާގެ ޙަމަލާތަކުން ސަލާމަތްވެފައިވާ ކަމަށް ބެލެވޭ ކަމުގައެވެ. އީރާނަށް އެމެރިކާއިން ދީފައިވާ ޙަމަލާތައް ތިން ނިއުކްލިޔަރ މަރުކަޒަކަށް އަމާޒުކޮށްފައިވެއެވެ. އެއީ، ނަޠާންޛާއި، އިޞްފަހާން އަދި ފޫރްދޫ ނިއުކްލިޔަރ މަރުކަޒުތަކެވެ. ބީ-2 މަރުކާގެ ބޮންއަޅާ މަތިންދާބޯޓު ބޭނުން ކޮށްގެން އެ މަރުކަޒުތަކަށް އެމެރިކާއިން ޙަމަލާ ދީފައި ވަނީ ބާރުގަދަ، އަދި ފަނާކުރަނިވި ހަތިޔާރެއް ކަމުގައިވާ ޖީބީޔޫ-57 މަރުކާގެ ބޮން ބޭނުން ކޮށްގެންނެވެ. އެމެރިކާއިން ބުނާ ގޮތުގައި އެއީ ބިމު އަޑީގައި، ބިންގަރާސްތަކުގައި ޤާއިމު ކޮށްފައިވާ މަރުކަޒުތައް ސުންފާތި ކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ ފަނާކުރަނިވި ހަތިޔާރެއް ކަމުގައެވެ.
އެމެރިކާއިން އީރާނަށް ޙަމަލާ ދީފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށެވެ. ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށްލާފައިވާނެ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ މަޞްދަރުތަކުން ބުނީ، ޙަމަލާތަކުގައި އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކުގެ ބިމު އަޑީގައި ޤާއިމު ކޮށްފައިވާ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން ޖާސޫސީ މަޢުލޫމާތުން ކަށަވަރު ކުރެވިފައި ނުވާ ކަމުގައެވެ. ނަމަވެސް، ގެއްލުންތައް ވަޒަން ކުރުމަށް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، އިތުރު މަޢުލޫމާތުގެ ޢަލީގައި ޖާސޫސީ އިދާރާގެ ރިޕޯޓަށް ބަދަލު ގެނައުން އެކަށީގެންވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. އެމެރިކާއިން އީރާނަށް ޙަމަލާ ދީފައި ވަނީ ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް އީރާނުން ކުރަމުން ދިޔަ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ބުނެއެވެ. ނަމަވެސް، ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާއާއި ޔަހޫދީން ކުރަމުންދާ ތުހުމަތުތައް އީރާނުން ދޮގު ކުރެއެވެ. އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވެސް ބުނީ، ބާރުގަދަ ބޮންތައް ބޭނުން ކޮށްގެން އެމެރިކާއިން ދީފައިވާ ޙަމަލާތަކުގައި ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް އީރާނުން ކުރަމުން ދިޔަ މަސައްކަތްތަކަށް ނިމުމެއް ގެނެސްފައިވާނެ ކަމުގައެވެ.
ނަމަވެސް، އީރާނުން މުއްސަނދިކޮށް، ރައްކާކޮށްފައިވާ ޔުރޭނިޔަމް ސްޓޮކްތައް ނައްތައިލެވިފައި ނުވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. އީރާނުގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާއިން ވެސް ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ. ޑީއައިއޭގެ ޖާސޫސީ ރިޕޯޓުގައި ވެސް ބުނެފައި ވަނީ، އެމެރިކާގެ ޙަމަލާތަކުގެ ކުރިން އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކުގައި ރައްކާކޮށްފައި ހުރި ޔުރޭނިޔަމް އެހެން ތަންތަނަށް ބަދަލުކޮށް، ފޮރުވާފައިވާ ކަމަށް ބެލެވޭ ކަމުގައެވެ. ޑީއައިއޭގެ ޖާސޫސީ ރިޕޯޓު ލީކުކޮށްލުމާއި، އެ ރިޕޯޓާ ގުޅޭ ގޮތުން އެމެރިކާގެ މީޑިޔާތަކުން ޚަބަރު ފަތުރަން ފެށުމާ އެކު ވައިޓް ހައުސުން ވަނީ އެ ކަން ކުށްވެރި ކޮށްފައެވެ. “އެ ދިރާސާ ރިޕޯޓުގައި އޮތީ ޙަޤީޤަތާ ޚިލާފު ހުސް ދޮގު، އަދި އެއީ ސިއްރު ޖާސޫސީ ރިޕޯޓެއް، އެ ރިޕޯޓު ލީކު ކޮށްލާފައި ވަނީ ޖާސޫސީ ދާއިރާގައި މަސައްކަތް ކުރާ ދަށު ދަރަޖައިގެ މުވައްޒަފެއް،” ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވިދާޅުވިއެވެ.
“އެއީ [ރިޕޯޓު ލީކު ކޮށްލުމަކީ] ރައީސް ޓްރަމްޕްގެ އަގު ވައްޓައިލައި، އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމު ނިމުމަކަށް ގެނައުމަށް ދީފައިވާ ޙަމަލާތަކުގައި އަމަލީ ގޮތުން ބައިވެރިވި އެމެރިކާގެ ހިތްވަރު ގަދަ ޕައިލެޓުންގެ އަގު ވައްޓައިލުމަށް ހިންގާފައިވާ ކުށެއް. 18,000 ކިލޯގެ ބާރުގަދަ ބޮމެއް ވައްޓައިލުމުން ދެން ވާނެ ގޮތް އެންމެންނަށް ވެސް އެނގޭނެ: މުޅި ތަން ސުންނާފަތިވާނެ،” އޭނާ ވިދާޅުވިއެވެ. ޑީއައިއޭގެ ޖާސޫސީ ރިޕޯޓު ލީކު ކޮށްލައި، އޭގައި ހުރި މަޢުލޫމާތު ރިޕޯޓު ކުރަން ފެށުމާ އެކު ޓްރަމްޕް ވެސް ވަނީ އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ. އަދި، އެމެރިކާއިން އީރާނަށް ދީފައިވާ ޙަމަލާތަކާ ގުޅޭ ގޮތުން އޭނާ ކުރިން ވިދާޅުވެފައިވާ ބަސްތައް ދިފާޢު ކުރައްވާފައެވެ. “އެއީ ތާރީޚުގައި ވެސް ދީފައިވާ އެންމެ ކާމިިޔާބު ޙަމަލާތައް. އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ވާނީ މުޅިން ސުންނާފަތި ކޮށްލާފައި،” އޭނާގެ ޓްރުތު ސޯޝަލް ޕްލެޓްފޯމުގައި ޝާއިޢު ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ޙަމަލާ ދީފައި ވަނީ ޔަހޫދީންނާ ބައިވެރިވުމުގެ ގޮތުންނެވެ. ޔަހޫދީ ފައުޖުން އީރާނަށް ބޮންއަޅަން ފަށާފައި ވަނީ ޖޫން 13ވަނަ ދުވަހުއެވެ. އެ ޙަމަލާތައް 12 ދުވަހަށް ދެމިގެންދިޔައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
