
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ނިއު ޔޯކްގެ މޭޔަރު ކަމުގެ މަޤާމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އިންޑިޔާ ދަރިކޮޅުގެ މުސްލިމެއް ކަމުގައިވާ ޒޯރާން މަމްދާނީ ކުރި ހޯއްދަވައިފިއެވެ. ނިއު ޔޯކް ސްޓޭޓްގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މެންބަރު ކަން ފުރުއްވަމުން ގެންދަވާ، އުމުރުން 33 އަހަރުގެ މަމްދާނީއާ ޕްރައިމަރީގައި ވާދަ ކުރެއްވީ ނިއު ޔޯކް ސްޓޭޓްގެ ގަވަރުނަރު ކަމުގެ މަޤާމު ފުރުއްވާފައިވާ އެންޑްރޫ ކްވޯމޯއެވެ. ނިއު ޔޯކްސިޓީއަކީ އެމެރިކާގެ އެންމެ ބޮޑު ސަހަރެވެ. ކްވޯމޯ ވަނީ ޕްރައިމަރީގައި ލިބުނު ނާކާމިޔާބީ ޤަބޫލު ކުރައްވައި، މަމްދާނީއަށް މަރުޙަބާ ދަންނަވާފައެވެ. ނިއު ޔޯކްގެ މޭޔަރު ކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގައި މަމްދާނީ ކުރި ހޯއްދަވައިފި ނަމަ، އެ މަޤާމަށް އިންތިޚާބު ކުރާ ފުރަތަމަ މުސްލިމް ބޭފުޅާއަށް އޭނާ ވާނެއެވެ. އަދި، ފުރަތަމަ އިންޑިޔާ ދަރިކޮޅުުގެ ބޭފުޅަކަށް ވެސް ވާނީ އޭނާއެވެ. ނިއު ޔޯކްގެ މޭޔަރު ކަމުގެ މަޤާމުގެ އިންތިޚާބު ތާވަލު ކޮށްފައި އޮތީ ނޮވެންބަރު މަހަށެވެ.
އެ އިންތިޚާބު ކާމިޔާބު ކުރުމަށް ޑިމޮކްރެޓިކް ޕާޓީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަބަބަކީ، 2024ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ޕާޓީގެ ތެރޭގައި ނުތަނަވަސް ކަން އުފެދިފައިވުމެވެ. ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ރިޔާާސީ ކެނޑިޑޭޓު، ކުރީގެ ނައިބު ރައީސާ ކަމަލާ ހެރިސްގެ މައްޗަށް ކުރި ހޯއްދަވާފައި ވަނީ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެއަށް ފަހު، އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ އިންތިޚާބުގައި ވެސް ރިޕަބްލިކަން ޕާޓީން ވަނީ ކުރި ހޯދާފައެވެ. ޖޫން 24ވަނަ ދުވަހު ނިއު ޔޯކްގައި ބޭއްވި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގެ ފުރިހަމަ ނަތީޖާ އަދި އިޢުލާނު ކޮށްފައެއް ނެތެވެ. ނަމަވެސް، ނަތީޖާގައި ކުރި ހޯއްދަވަމުން ގެންދަވަނީ މަމްދާނީއެވެ. އިންތިޚާބުގެ ވޯޓު ގުނުން އިތުރު ހަފުތާއެއްހާ ދުވަހަށް ދެމިގެންދާނެ ކަމަށް ބެލެވުނު ނަމަވެސް، ކްވޯމޯ ބަލި ޤަބޫލު ކުރައްވާފައިވާ ކަން އިޢުލާނު ކުރެއްވުމާ އެކު، މަމްދާނީއަށް ތާޢީދު ކުރާ މީހުން ދަނީ އުފާ ފާޅުކުރަމުންނެވެ.
ކްވޯމޯ މަމްދާނީއަށް މަރުޙަބާ ދަންނަވާފައިވީ ނަމަވެސް، ނޮވެންބަރު މަހު ބާއްވާ އިންތިޚާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަން ކްވޯމޯ ވަނީ ހާމަ ކުރައްވާފައެވެ. “އަޅުގަނޑު ދެންނެވީ އޭނާ [މަމްދާނީ] ޕްރައިމަރީ ކާމިޔާބު ކުރައްވައިފިއޭ. ނަމަވެސް، އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނީ އިންތިޚާބުގެ ތަފާސްހިސާބުތަކަށް ބެލުމަށް ފަހު، މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރުމުގެ ފުރުޞަތު ވެސް އެބައޮތް،” އޭނާ ވިދާޅުވިއެވެ. މަމްދާނީ އުފަންވެ ވަޑައިގަތީ ޔުގާންޑާގައެވެ. އޭނާގެ ޢާއިލާ އެމެރިކާއަށް ހިޖުރަ ކޮށްފައި ވަނީ އޭނާގެ އުމުރުން ހަތް އަހަރުގައެވެ. އޭނާއަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ވަކާލާތު ކުރައްވާ، ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމަށް ގޮވަލައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި، މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރައްވައި، ޔަހޫދީންނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ބޭފުޅެކެވެ. މި ސަބަބަށް ޓަކައި، ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް އޮފިޝަލުންނާ އޭނާއާ ދެމެދު ދެބަސްވުންތައް އުފެދިފައިވާ ކަން ފާހަގަ ކުރެވެއެވެ.
ޕްރައިމަރީގެ ކެމްޕޭންގައި މަމްދާނީ ވަނީ ނިއު ޔޯކްގެ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލު ކޮށްދެއްވަން ވަޢުދުވެ ވަޑައިގަންނަވާފައެވެ. މި ގޮތުން، ހިލޭ ދަތުރުފަތުރު ކުރެވޭނެ ބަހުގެ ނިޒާމެއް ޤާއިމު ކޮށްދިނުމާއި، ކުޑަކުދިންނަށް ހިލޭ ޑޭކެއާ އަދި ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ އިތުރުން ކާބޯތަކެތި ވިއްކާ ފިހާރަތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމުގެ ވަޢުދު ހިމެނެއެވެ. މަމްދާނީ ވިދާޅުވީ، އެ ކަންކަމަށް ޚަރަދު ކުރުމަށް ފައިސާ ހޯއްދަވާނީ މުއްސަނދިންގެ އަތުން ނަގާ ޓެކުސްތައް ބޮޑު ކުރައްވައިގެން ކަމުގައެވެ.
“މި ސިޓީގައި ދިިރިއުޅޭ ކޮންމެ ހަތަރު މީހަކުން އެކަކަކީ ފަގީރެއް، މި ސިޓީގައި ދިރިއުޅޭ ކުޑަކުދިންގެ ތެރެއިން 500,000އެއްހާ ކުދިން ކޮންމެ ރެޔަކު ނިދަނީ ހައިހޫނު ކަމުގައި. މީގެ އިތުރުން، މި ސިޓީ ޚާއްޞަވާ ސަބަބުތައް ފަނޑުވެ، ގެއްލެމުންދާ ކަމުގެ ބިރު އެބައޮތް،” މަމްދާނީ ވިދާޅުވިއެވެ. ޕްރައިމަރީގައި މަމްދާނީއަށް ތާޢީދު ކުރައްވާފައިވާ ފާހަގަ ކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ކޮންގްރެސްގެ މެމްބަރު އަލެކްސާންދްރިޔާ އޮކާސީއޯ ކޮރްތޭޒް އަދި ސެނެޓުގެ މެންބަރު ބަރނީ ސޭންޑަރސް ހިމެނި ވަޑައިގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
