
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީ ފައުޖުގެ ސިފައިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށް، ޔަހޫދީންގެ ހަތް ސިފައިން މަރައިލައިފިއެވެ. ޙަމާސްގެ މުޖާހިދުން ހިންގި ދެ އޮޕަރޭޝަނެއްގައި މަރައިލާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން އެ ސަހަރުގައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދީ ސިފައިންގެ ބައިގަނޑެކެވެ. ޙަމާސްގެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ޔަހޫދީ ސިފައިން މަރައިލައި، އިތުރު ބަޔަކު ޒަޚަމު ކޮށްލާފައިވާކަން ހާމަކޮށްފައި ވަނީ ޒަޔަނިސްޓު އިސްރާއީލުގެ މީޑިޔާތަކުންނެވެ. ޙަމާސްގެ ޙަމަލާތަކުގައި ޔަހޫދީ ސިފައިންގެ 17 މީހަކަށް ބޮޑެތި ޒަޚަމުތަކެއް ލިބިފައިވާ ކަމުގައި ވެސް ޔަހޫދީ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ. އެ މީހުންނަށް ފަރުވާ ދިނުމަށް ތެލް އަވީވުގައި ހުރި ހަސްފަތާލަކަށް ގެންގޮސްފައި ވަނީ ހެލިކޮޕްޓަރުތަކުގައެވެ.
ޙަމާސްގެ އޮޕަރޭޝަން ހިންގާފައި ވަނީ ޣައްޒާގައި ދެކުނުގައި އޮތް ޚާން ޔޫނިސްގައެވެ. ޔަހޫދީ މީޑިޔާތަކުން ބުނީ، ޔަހޫދީ ސިފައިންގެ ދެ ބްރިގޭޑެއްގެ ނުވަތަ ޔުނިޓެއްގެ ސިފައިންނަށް ޙަމާސުން ކުއްލި ޙަމަލާތަކެއް ދީފައިވާ ކަމުގައެެވެ. އަދި، އެ ޙަމަލާތަކަށް ފަހު، ޔަހޫދީ ސިފައިންގެ ބައެއް މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި، އެ މީހުންގެ ހާލަތު ނޭނގޭ ކަމުގައި ވެސް އެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ. އިސްރާއީލުގެ މީޑިޔާތަކުން ބުނީ، ޙަމާސްގެ ޙަމަލާތަކުގައި ޔަހޫދީ ސިފައިން އުފުލުމަށް ބޭނުން ކުރާ ޕޫމާ މަރުކާގެ އުޅަނދެއްގައި ރޯކޮށްލާފައިވާ ކަމުގައެވެ. އެއިރު، އެ އުޅަނދުގެ ތެރޭގައި ޔަހޫދީ ފައުޖުގެ ގިނަ އަދަދެއްގެ ނިރުބަވެރި ސިފައިން ތިއްބެވެ. ޙަމާސުން ޢާންމު ކޮށްފައިވާ ވީޑިޔޯތަކުން، ޒަޚަމުވެފައިވާ ޔަހޫދީ ސިފައިން ހޭރޭ އަޑު އިވޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޙަމާސްގެ ދެވަނަ ޙަމަލާ އަމާޒު ކޮށްފައި ވަނީ ފުރަތަމަ އުޅަނދުގައި ތިިބި މީހުންނަށް އެހީވުމަށް އެ ސަރަޙައްދަށް ދިޔަ ޔަހޫދީ ފައުޖުގެ އިތުރު ސިފައިންނަށެވެ.
ޙަމާސްގެ ޙަމަލާތަކުގައި ޔަހޫދީ ސިފައިންގެ ހަތް މީހުން މަރައިލާފައިވާ ކަން ޔަހޫދީ އަސްކަރިއްޔާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މަރައިލާފައިވާ މީހުންގެ ތެރޭގައި ޔަހޫދީ ފައުޖުގެ އިސް އޮފިސަރެއް ވެސް ހިމެނެއެވެ. މިއާ އެކު، ޣައްޒާ ޢުދުވާނުގައި މަރައިލާފައިވާ ސިފައިންގެ އަދަދު 879އަށް އުފުލިފައިވާ ކަމުގައި ޔަހޫދީންގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް، އެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޚާން ޔޫނިސްގެ އެހެން ސަރަޙައްދެއްގައި، ފަޅުކޮށްފައިވާ އިމާރާތެއްގެ ތެރޭގައި ބޮނދައިގެން ތިބި ޔަހޫދީ ސިފައިންގެ ބައިގަނޑަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވާނެ ކަމުގައި ވެސް ޙަމާސްގެ ހަތިޔާރު އެޅި ގޮފި، ޢިއްޒުއްދީން އަލް-ޤައްސާމް ލަޝްކަރުން ބުންޏެވެ. އެ ޙަމަލާތަކުގައި ވެސް ޔަހޫދީ ފައުޖުގެ ގިނަ އަދަދެއްގެ ބަޔަކު މަރައިލައި، އިތުރު ބަޔަކު ޒަޚަމު ކޮށްލާފައި ވާނެ ކަމުގައި އެ ލަޝްކަރުން ބުންޏެވެ. ނަމަވެސް، އެ އަދަދުތައް ސާފެއް ނޫނެވެ. އެ ސަރަހައްދުގަައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކަކަށް ޙަމަލާދީ، އެ އުޅަނދު ނައްތައިލާފައިވާނެ ކަމުގައި ވެސް ޙަމާސުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
