
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދުނިޔޭގެ މުދާ އުފުލާ ވަރުގަދަ ކުންފުންޏެއް ކަމަށްވާ ނެދަލެންޑްސްގެ މެޔާސްކުން ޔަހޫދީން އިސްތިއުމާރު ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ވަޒަންވެރިންނާ ގުޅުންހުރި މުދާ އުފުލައިދިނުން ހުއްޓާލުމަށް ނިންމައިފިއެވެ. މެޔާސްކުން މި ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ފަލަސްޠީނާ ގުޅުންހުރި މައްސަލަތަކުގައި އެދެވޭ ފިޔަވަޅެއް އެޅުމަށް ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ އެކްޓިވިސްޓުން އެ ކުންުފުންޏަށް ފިއްތުންތައް ކުރިމަތިކުރުވަމުންދާތާ އެތައް މަހެއްވެފައި ވަނިކޮށެވެ.
ޕަލަސްޓީނިއަން ޔޫތު މޫވްމަންޓު، ޕީވައިއެމުން ކުރިއަށް ގެެންދާ ބައިނަލްއަޤްވާމީ ކެންޕޭނެއްގެ ދަށުން މެޔާސްކުން އުފުލާ މުދާ އެ ޖަމުޢިއްޔައިން ދަނީ ގާތުން ބަލަމުންނެވެ. ޕީވައިއެމުން މައިގަނޑުގޮތެއްގައި ބަލަމުން ދަނީ މެޔާސްކުން އެމެރިކާއިން ވިއްކާ ހަތިޔާރު އުފުލައިދޭތީ އެ ކަމެވެ. ނަމަވެސް ޔަހޫދީ ވަޒަންވެރިންނާ ގުޅުންހުރި ކުންފުނިތަކަށް މުދާ އުފުލައިދިނުން ވެސް އެ ޖަމުޢިއްޔާއިން ދަނީ ބަލަމުންނެވެ. މި މަހުގެ ތެރޭގައި މެޔާސްކުން ނެރުނު ބަޔާނެއްގައި ބުނީ ހުޅަނގު އައްސޭރިއާ ގުޅުންހުރި އެ ކުންފުނީގެ ދަތުރުތައް ދާދިފަހުން މުރާޖަޢާ ކުރުމަށްފަހު، ޔަހޫދީ ވަޒަންވެރިންނާ ގުޅޭގޮތުން ގެންގުޅޭ ސްކްރީނިންގ ނިޒާމު އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށެވެ. އެ ގޮތުން އދގެ އިންސާނީ ހައްޤުތަކާބެހޭ އިދާރާ، އޯސީއެޗްއާރުސީިން ބަލަހައްޓާ ޔަހޫދީ ވަޒަންވެރިންނާ ގުޅުންހުރި ވިޔަފާރިތަކުގެ ދަފްތަރާ ސްކްރީނިން ނިޒާމު އެއްގޮތް ކުރުން ހިމެނޭ ކަމަށް މެޔާސްކުން ބުނެފައިވެއެވެ.
ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގައި 100އަށްވުރެ ގިނަ އާބާދީތައް ބިނާކޮށްފައެވެ. އެ ތަންތަނުގައި 500،000އަށްވުރެ ގިނަ ވަޒަންވެރިން ދިިރިއުޅެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ޤަވަާއިދާ ޚިލާފު މި އާބާދީތަކާ ގުޅުންހުރި ވިޔަފާރިތަކުގެ މުދާ އުފުލައިދިނުން ހުއްޓައިލުމަށް މެޔާސްކުން ނިންމުމުން ދުނިޔޭގެ ޝިޕިންގ ދާއިރާއަށް ސާފު މެސެޖެއް ލިބޭނެ ކަމަށް ޕީވައިއެމުން ބުނެއެވެ. ޕީވައިއެމްގެ މެންބަރެއް ކަމަށްވާ އައިޝާ ނިޒާރު ވިދާޅުވީ ބައިނަލްއަޤްވާމީ ޤަނޫނުތަކާއި އަސާސީ އިންސާނީ ހައްޤުތަކަށް ތަބާވުަމަކީ އިޚްތިޔާރީ ކަމެއް ނޫން ކަމަށާއި، ޔަހޫދީންގެ ޤާނޫނާ ޚިލާފު އާބާދީތަކާއެކު ވިޔަފާރިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަން މެޔާސްކުން ވަޒަންވެރިނާ ގުޅުންހުރި މުދާ އުފުލުން ހުއްޓާލުމުން ދޭހަކޮށްދޭ ކަމަށެވެ. އަދި މެޔާސްކުން އެޅިފަދަ ފިޔަވަޅެއް ދެން އަޅާނީ ކޮން ކުންފުނިތަކަކުންތޯ ދުނިޔެ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ނަމަވެސް އަދިވެސް އިތުރު ފިޔަވަޅު އަޅަންޖެހޭ ކަމަށް އައިޝާ ފާހަގަ ކުރައްވާފައިވެއެވެ. މެޔާސްކުން ޔަހޫދީ އަސްކަރިއްޔާއަށް އަދިވެސް މުދާ އުފުލައިދޭ ކަމަށާއި އަސްކަރީ ފައިޓަރު ޖެޓުތަކުގެ ބައިތައް ވެސް އުފުލައިދޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފަލަސްޠީނުގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއިން މެޔާސްކަށް މާލީ ފައިދާތައް ލިބެމުންދާ ކަމަށާއި މެޔާސްކުން ޔަހޫދީންގެ ޖަރީމާއާ ހުޅުންހުރި އެންމެހާ ގުޅުންތައް ކަނޑާލައި ހަތިޔާރު އުފުލުން ހުއްޓައިލަންދެން އެ ކުންފުންޏަށް ފިއްތުންތައް ކުރިމަތިކުރުވުމުގައި ދެމިތިބެން ޖެހޭ ކަމަށް އޭނަ ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
