
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސައުދި އަރަބިއްޔާގެ އަލް ނަސްރާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބުގައި އިތުރު ދެ އަހަރު މަޑު ކުރުމަށް ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ. މެންޗެސްޓަރ ޔުނައިޓެޑް އާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 2023 ވަނަ އަހަރު އަލް ނަސްރު އާއި ގުޅުނު ރޮނާލްޑޯ އަލް ނަސްރުގައި 2026 ވަނަ އަހަރާއި ހަމައަށް މަޑު ކުރުމަށް ނިންމި ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް އަދި މިކަމާއި ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް ފަރާތަކުން އެއްޗެއް ބުނެފައެއް ނުވެއެވެ. އުމުރުން 40 އަހަރުގެ ރޮނާލްޑޯ ވަނީ ސައުދީ ޕްރޯ ލީގުގެ ފަހު މެޗަށްފަހު އޭނާގެ ސޯޝަލް މީޑިޔާގައި މި ޗެޕްޓަރ ނިމުނީ ކަމަށް ބުނެ ޕޯސްޓެއް ކޮށްފަ އެވެ.
މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ކްލަބްތަކުން ފެނުމާއި ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކަށް ރައްދު ދެމުން ރޮނާލްޑޯ ބުނެފައިވަނީ އޭނާއަށް ހުށައެޅުންތަކެއް ލިބުނު ނަމަވެސް މި މުބާރާތުގައި ކުޅުމާއިމެދު ނުވިސްނާ ކަމަށެވެ. ނިމިގެންދިޔަ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕޯޗުގަލް އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ރޮނާލްޑޯ ސައުދި އަރަބިއްޔާގައި މަޑު ކުރުމަށް ނިންމާފައިވާއިރު އޭނާ ގަލްފް ސަރަހައްދުގައި ކުޅިވަރުގެ ބިޔަ އިންވެސްޓްމަންޓްތަކެއް ކުރުމަށް ވިސްނަމުންދާކަމަށްވެސް ވަނީ ރިޕޯޓްތައް ބުނެފަ އެވެ.
އަލް ނަސްރުގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ކުޅުނު 111 މެޗުގައި ރޮނާލްޑޯ ވަނީ 99 ލަނޑު ޖަހާފަ އެވެ. ރޮނާލްޑޯ އަލް ނަސްރުގައި މަޑު ކުރާނެކަމަށް ރިޕޯޓްތައް ބުނެފައިވާއިރު އެ ކްލަބުގެ ކޯޗެއްގެ ގޮތުގައި ހުރި އިޓަލީގެ ސްޓެފާނޯ ޕިއޯލީ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
