
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ ދެކުނު ކޮރެއާގެ އުލްސާން ހިއުންޑާއީ އާއި ދެކޮޅަށް ބޮރޫޝިޔާ ޑޯޓްމަންޑް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބޮރޫޝިޔާ ޑޯޓްމަންޑް ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ. ގްރޫޕް އެފް ގައި ރޭ ކުޅުނު މި މެޗު ކާމިޔާބު ކުރުމާއިއެކު ޑޯޓްމަންޑަށް ވަނީ ކުޅުނު ތިން މެޗުން 7 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. އުލްސާން ހިއުންޑާއީ ކުޅުނު ތިން މެޗުވެސް ބަލިވެ އެ ޓީމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެމެރިކާގެ ސިންސިނާޓީގެ ޓީކިއުއެލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 36 ވަނަ މިނިޓުގައި ބޮރޫޝިޔާ ޑޯޓްމަންޑަށް ކާމިޔާބު ކޮށްދީފައިވަނީ ޖޯބް ބެލިންހަމްގެ އެސިސްޓަކުން ޑެނިއެލް ސްވެންސަން އެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ބޮރޫޝިޔާ ޑޯޓްމަންޑް އާއި ދެކޮޅަށް ނިކުންނާނީ ގްރޫޕް އީގެ ދެވަނަ ޓީމެވެ. މިވަގުތު ގްރޫޕް އީ ގެ ދެވަނަ މަގާމުގައި އޮތީ އިޓަލީގެ އިންޓަރ މިލާނެވެ. ނަމަވެސް މިއަދު ދުވަހު ރިވަރ ޕްލޭޓް އާއި ދެކޮޅަށް އިންޓަރ މިލާން ކުޅޭ މެޗަށްފަހު މިއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ޔޫރަޕްގެ ޓީމުތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ސަބަބަކީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށް ގިނަ ޓީމުތަކުން ވަނީ ބުނެފަ އެވެ. މި ގްރޫޕްގައި ދެން ހިމެނޭ ސައުތު އެފްރިކާގެ މަމެލޯޑީ ސަންޑައުންސް އާއި ދެކޮޅަށް ބްރެޒިލްގެ ފްލުމިނެންސޭ ކުޅުނު މެޗު ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެފަ އެވެ.
މި ނަތީޖާ އާއިއެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ފްލުމިނެންސާ ވަނީ މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެފަ އެވެ. ފްލުމިނެންސޭ މި މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވުމާއިއެކު މި މުބާރާތުގައި ވާދަކުރާ ބްރެޒިލްގެ ހަތަރު ޓީމަށްވެސް ވަނީ ގަދަ 16 ގެ ޖާގަ ލިބިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލުމިނެންސޭގެ އިތުރުން ފްލެމިންގޯ އާއި ޕަލްމޭރާސް އަދި ބޮޓަފޮގޯ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
