
ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިސްލާހާއެކު ރައްޔިތުންގެ މަޖިލީހަށް ނުލިބި ލަސްވަމުންދާ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރު ފަރާތުން ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދެވެ. ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލްގެ އިބްތިދާއީ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވި ސިވިލް ސާވިސް މުސާރައިގެ އޮނިގަނޑުގެ ތެރެއިން މުވައްޒަފުން ނަގަން ޖެހުމުން ރަނގަޅު ފެންވަރުގެ ވަކީލުންނާއި ކޮލިޓީ މީހުން ލިބުމަށް ދަތިވާކަމަށް ބަންޑާރަ ބަންޑާރަނައިބު ވަކާލާތު ކުރެއްވި ކަމަށެވެ.
އަދި މަޖިލީހުން ބޭނުންވާ ސްޕީޑުގައި ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތްތައް ކުރިއަށް ނުދާކަން ފާހަގަކުރެއްވޭ ކަމަށާއި އެގޮތުން މަޖިލީހަށް ލިބެންވާ ބިލްތައް ނުލިބޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ މިހާރުގެ ގާނޫނު އަސާސީގެ ދަށުން ހެދިފައި ހުރި ގާނޫނުތައް އިސްލާހުކޮށްގެން ވަރަށް ގިނަ ކަންތައްތައް ރަނގަޅުކުރަންޖެހޭ ކަމަށެވެ. އެގޮތުން ޖުޑިޝަރީ ކަންތައްތައް އިސްލާހު ކުރުމަށްޓަކައި ވަރަށް ގިނަ ބިލްތަކަށް އިސްލާހު ގެންނަންޖެހޭކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މަދަނީ ކޯޓުގައި މިހާރު ފުނި ޖެހިފައި ހުރި ގިނަ މައްސަލަތަަކަކީ މަދަނީ އިޖުރާތުގެ ގާނޫނުގެ ސަބަބުން ފުނި ޖެހިފައި ހުރި މައްސަލަތައް ކަމަށެވެ.
“މަދަނީ އިޖުރާތުގެ ގާނޫނު ވުޖޫދަށް ގެނެވުނުއިރު އޭތި ރޯލް އައުޓް ކުރެވިފައި އޮތީ ކުރަންޖެހޭ ގޮތަކަށް ނޫން. އެހެންކަމުން މީޑިއޭޝަންގެ މަރުހަލާ ވެސް ވަނީ މެދުކެނޑިފައި، އެ އިސްލާހުތަކަކީ ވެސް ވަރަށް ބޮޑެތި އިސްލާހުތަކެއް، އެ މަސައްކަތް ނުނިމި އެކަހަލަ މުހިންމު ބިލްތައް މަޖިލީހަށް ނައިސް ލަސްވަމުންދާތީ އެކަމުގެ ހައްލެއްގެ ގޮތުން އަޅުގަނޑުމެން ގާނޫނު ވުޖޫދު މިކުރީ، ފެންވަރު ރަނގަޅު ވަކީލުން ބަންޑާރަ ނައިބުގެ އޮފީހަށް ހޯދުމަށްޓަކައި” ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ މި ބިލް ތަސްދީގުވެގެން ދިޔުމާއެކު މިކަންތައްތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވިދާޅުވެފައިވަނީ އެ ބަދަލު ގެންނަނީ ގާނޫނުގައި ބަޔާންކުރާ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމަށާއި، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކުރުމަށާއި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައްކާބެހޭ ބައެއް އުސޫލުތައް އިސްލާހު ކުރުމަށްޓަކައި ކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ބެހޭ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވިދާޅުވެފައިވަނީ އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ވަޒީފާއިން މުސްކުޅިކުރުމުން ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށްވެސް އިސްލާހުގައި ވެެެއެވެ. އަދި މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމާ ބެހޭ މާއްދާ އުނިކުރުމަށް ވަނީ ވެސް ވަނީ ހުށަހަޅާފައެވެ. “ބަންޑާރަނައިބުގެ އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލާއި، ބަންޑާރަނައިބުގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލާއި ބަންޑާރަނައިބުގެ އޮފީހުގެ އެހެން މުވައްޒަފުން ހިމެނޭގޮތަށް ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތައް ތަރުތީބުވެފައިވާ ގޮތުގެ އޮނިގަނޑު އެކުލަވާލާނީ ބަންޑާރަނައިބު. އަދި އެ ފަދައިން އެކުލަވާލާ އޮނިގަނޑަށް އަމަލުކުރަން ފަށަންވާނީ، އެ އޮނިގަނޑު ރައީސް އޮފީހަށް ހުށަހަޅައި، ރައީސްގެ ހުއްދަ ލިބުމަށްފަހު.” ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވިދާޅުވެފައިވެއެވެ.
އިސްލާހުގައި ވިދާޅުވެފައިވަނީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދިނުމަށްޓަކައި ޑެޕިއުޓީ އެޓާނީ ޖެނެރަލެއް ހުންނަންވާނެ ކަމަށް ޤާނޫނުގައި އޮތްއޮތުން ބަދަލުކޮށް އެއީ އިހްތިޔާރީ ކަމެއްގެ ގޮތުގައި ހެދުމަށް ހުށަހަޅާކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
