
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ކިޔުމަށް ބޭއްވި ޖަލްސާ ބެއްލެވުމުން “މޭނުބައި ކުރި” ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ޕާޓީގެ އިސް ސަފުން ވަކިވެވަޑައިގެންނެވި ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ އެ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން މޫސަ ވަނީ އެ ޕާޓީގެ އިސް ފަރާތްތަކަށް ފާޑު ވިދާޅުވެފައެވެ.
އެ ޖަލްސާއިން އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ނުފެނުމާއި ގުޅިގެން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ އެންގެވުމަކަށް ޖަލްސާގައި ބައިވެރިނުވީ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. މިކަމާއި ގުޅިގެން މޫސާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީ ކުރިއަށް ނުގެންދެވި، އެ ޕާޓީގެ ހަރުގޭގައި ބާއްވާ ޖަލްސާއަކަށް ދާން ނުކެރުނު ޕާޓީގެ ވެރިން، ސަލްޓަން ޕާކުގައި އޮތް ޖަލްސާގައި ބައިވެރިވެ ތިބީ ނަޝީދަށް މަރުހަބާ ކިޔުމަށް ނޫން ކަމަށެވެ. އެބޭފުޅުން ގޮސް ތިބީ، ތިމާގެ ނަފުސުގައި ސިޔާސީގޮތުން ކުރިމަގު ހޯދާނެ ހަކަތަ ނެތުމުން، ނަޝީދުގެ ފަޓުލޫނުގެ ފައިކުރީގައި އެލިގަނެ ސިޔާސީ ކުރިބޯށި ކަނޑަން ދުވަން ކަމަށްވެސް މޫސާ ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑު އަބަދުވެސް ބުނަމުން މި އަންނަވާހަކަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގާ އެމްޑީޕީގެ ކެންޑިޑޭޓް ވާދަކުރާނީ ޔާމީންއާއެވެ. ދަންނައެވެ! އިހަށް ދުވަހު ސޯލިހުގެ ސަރުކާރުގައި އެންމެ ނުފޫޒުގަދަ އަދި ސޯލިހު އެންމެ އިތުބާރުކޮށްގެން ގެންގުޅުނު ހުރިހާ ވަޒީރުން ރޭގާއެތިބީ ޑިމޮކްރެޓްސް އަންނާތީ މަރްހަބާކިޔާށެވެ. ޕާޓީރޫޙުގަޔޯލައެވެ؟ ސޯލިހެއް ނުފެނުނެވެ؟ ޕާޓީ ރޫހްކަމަށް މިވަނީ ވެރިންގެ ދަށްފައިގައި ދޫހާކައިގެން ޕާޓީގެ ކުރީސަފުން ޖާގަލިބޭމީހުނޯލައެވެ،” މޫސަ ވިދާޅުވިއެވެ.
މޫސާ އިތުރަށް ވިދާޅުވީ، ޕާޓީގެ ވެރިން ސްޓޭޖަށް އަރައި އިގުތިސާދު ހަރުދަނާކޮށް ދަރަނި އަދާކުރާ ވާހަކަ ދެއްކުމުން، ކޮނޑުހުޅުން އަތް ނެއްޓޭވަރަށް އަތްޖަހައިގަތީ ހަމަ ކުރިން ހަޅޭލަވާ ހެދި މީހުން ކަމަށެވެ. އަދި ޖަލްސާއަށް ނުދެވުނަސް ޓީވީން ބަލަން އިނދެފައި، މާޒީގައި އެ ވެރިންގެ އިގުތިސާދީ އަމަލުތައް ހުރި ގޮތް ހިތަށް އަރާފައި، ޕާޓީގެ މެންބަރުން ކަމުގައި ވިޔަސް “މޭނުބައި ކުރި” ކަމަށް މޫސާ ވަނީ ވިދާޅުުވެފައެވެ.
އަޅުގަނޑު އަބަދުވެސް ބުނަމުންމި އަންނަވާހަކަ ، ކުރިއަށް އޮތް ރ އިނތިޚާބުގާ MDP ގެކެންޑިޑޭޓް ވާދަކުރާނީ ރ ޔާމީންއާއެވެ.
ދަންނައެވެ! އިހައް ދުވަހު ރ ސޯލިހުގެ ސަރުކާރުގާ އެއްމެނުފޫޒުގަދަ އަދި ސޯލިހު އެއްމެ އިތުބާރުކޮށްގެން ގެންގުޅުނު ހުރިހާވަޒީރުން ރޭގާއެތިބީ…— Moosa Maniku (Reeko) (@ReekoMoosa) June 24, 2025
ކުރިން ނަޝީދަށް ފާޑުކިޔަމުން ގެންދިޔަ ބައެއް ވަޒީރުން ވެސް ރޭގެ ޖަލްސާގައި ބައިވެރިވެފައިވާކަން ފާހަގަކުރައްވަމުން މޫސާ ވިދާޅުވީ، ގައުމެއްގެ ވެރިކަމަކީ މައެއްބަފައެއް ދަރިއެއް، ގައުމެއް އަދި ޑިމޮކްރަސީއެއް އޮންނަ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން، ޕީއެންސީގެ މެންބަރުންނަށް ދޭނެ ނަސޭހަތަކީ، މިހާރު ރައީސް ޔާމީނަށް އިހާނެތި ބަސް ނުބުނެ ތިބުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
