
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ދައުލަތާ ދެކޮޅަށް ހުށަހަަޅާފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަތަކުގައި، ފޭކު ލިޔެކިޔުންތައް ހުށަހަޅާފައި ހުރި ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ނިޔާޒީ، ވަކި މައްސަލައެއް ނަން ނުގަނެ، ވިދާޅުވީ ބަދަލު ހޯދަން ހުށަހަޅާފައިވާ ހަތަރު މައްސަލައެއް އޮޑިޓު އޮފީހުން ބަލަމުން އަންނައިރު، އޭގެ ތެރޭގައި ފޯޖުކޮށްފައި ހުރި ކަމަށް ތުހުމަތުކުރެވޭ ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
“ދައުލަތާއި ދެކޮޅަށް ހުށައެޅިފައި ހުރި ބައެއް ކޭސްތަކުގައި އަޅުގަނޑުމެން މިހާރު އޭގެ ރިޕޯޓްވެސް ތައްޔާރުކުރަމުން މިދަނީ އެބަހުރި ހަމަ ފޯޖް ލިޔުންތައް ހުށައަޅާފައިވެސް. އަޅުގަނޑުމެންނަކީ ތަހުގީގީ އިދާރާއެއް ނޫން އެހެންވީމަ ފޯޖްކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ލިޔުންތައް ހުށައަޅައިގެން އެބަހުރި ތަކެއްޗާއި ލިޔުންތައް ދައުލަތަށް ފޯރުކޮށްދިންކަމަށް ދައުލަތަށް ދައްކައިގެން އޭތި ކްލެއިންކުރަން. އޭގަ އަޅުގަނޑުމެން ބޭންކްތަކުންނާއި އެހެނިހެން އިދާރާތަކުން އޭގެ އަސްލު ޑޮކިއުމަންޓްތަކާއި އަދި އޭގަ ސޮއިކޮށްފައި ހުރިކަމަށް އެ ބުނާ މީހުންނާއި އެމީހުންގެ ބަހެއްވެސް ހޯދައިގެން މިހާރު މި މަސައްކަތްކުރަމުން ދަނީ. މި ދެންނެވިހެން މިހާރުވެސް މަސައްކަތްކުރާ 4 ރިޕޯޓެއްގައި އޭގެއިން 100 މިލިޔަނަށްވުރެ ބޮޑު އަދަދުތަކެއް މިހާރުވެސް ހުށައަޅާފައި އެހުރީ ކްލެއިމްކުރަން” ނިޔާޒީ ވިދާޅުވިއެވެ.
މި ރިޕޯޓުތަކުގެ އަލީގައި އެޓާނީ ޖެނެރަލް (އޭޖީ) އަށް މައްސަލަތައް ކޯޓުގައި ދިފާއުކުރެވޭނެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަމިއްލަ ފަރާތަކުން ދައުލަތަށް ދީފައި ހުރި ހިދުމަތަކަށް ފައިސާ ނުދައްކާނަމަ އެ ފައިސާ ދޭންޖެހޭނެކަން ފާހަގަކުރައްވައި އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ފޯޖް ކޮށްގެން މިގޮތަށް ލިޔުންތައް ހުށައަޅައިގެން ފައިސާ ހޯދުން ހުއްޓުމަކަށް އަންނަން ޖެހޭ ކަމަށެވެ. ކޮމިޓީގައި ނިޔާޒީ ވަކި މައްސަލައެއް ފާހަގަނުކުރެއްވި ނަމަވެސް، ސެންޓާ އެންޓަޕްރައިޒަސް ކިޔާ ކުންފުންޏަކުން ބަދަލު ހޯދަން ވަގު ލިޔުމެއް ހުށަހެޅި މައްސަލަ އޮތީ ފެންމަތިވެފައެވެ. މިކަން އެނގުނީ އޮޑިޓު އޮފީހުން ކުރި މަސައްކަތުންނެވެ.
ސެންޓާ އެންޓަޕްރައިޒަސްގެ މައްސަލަ ފެންމަތިވީ، އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 32 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ވެސް ކުރި ފަހުންނެވެ. ވަގު ލިޔުމުގެ މައްސަލަ ފަޅާއެރި ފަހުން ބަންޑާރަ ނައިބު ވަނީ އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ހުށަހަޅާފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
