
އީރާނާ އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގަބޫލުކޮށް “ފޯކަސް މިހާރު އެނބުރި ޣައްޒާއަށް ބަދަލުކުރަނީ” ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް)އިން ބުނެފިއެވެ. އީރާން އާއި އިސްރާއީލްއާ ދެމެދުގައި ހަނގުރާމަ ފެށުނީ މި މަހުގެ 13 ވަނަ ދުވަހު އިސްރާއީލުން އީރާންގެ ވައިގެ ސަރަހައްދައް ވަދެ، އީރާންގެ އަސްކަރިއްޔާގެ ވެރިންތަކެއް އަވަހާރަކޮށްލުމުންނެވެ. އޭގެ އިތުރުން އިސްރާއީލުން ވަނީ ނިއުކްލިއަ ފެސިލިޓީތަކާއި އަސްކަރީ މަރުކަޒުތަކާއި އާންމުން ދިރިއުޅޭ ތަންތަނަށް ވެސް ހަމަލާދީފައެވެ. އިސްރާއީލްގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވެސް ވަނީ އިސްރާއީލްގެ ވެރިރަށް ތެލް އަވީވްއަށާއި އެހެނިހެން ސަރަހައްދުތަކަށް ބޮން އަޅައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ހަމަލާ އިތުރަށް ހޫނުވެގެން ދިޔައީ މިކަމުގެ ތެރެއަށް އެމެރިކާ އިން ވަނުމުންނެވެ.
އެމެރިކާ އިން ވަނީ އީރާންގެ ތިން ނިއުކްލިއާ ފެސިލިޓީއަކަށް ބޮން އަޅައިފައެވެ. އެއާއެކު، އީރާނުން ރައްދުގައި ހަމަލާތައް ފޮނުވާލީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. އޭގެ ފަހުން ހަނގުރާމަ ހޫނުވެދާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް އެރޭ ވަނީ ހަނގުރާމަ ހުއްޓާލަން ދެ ގައުމުން އެއްބަސްވެފައިވާކަން އިއުލާންކޮށްފައެވެ. އިސްރާއީލުގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިޔާލް ޒާމިރު ބުނީ އަސްކަރިއްޔާއިން “ވަރަށް ބޮޑު މަރުހަލާއެއް ނިމިފައިވާ ކަމަށާއި ނަމަވެސް އީރާނާ ދެކޮޅަށް ކެމްޕޭން ކުރިއަށް ދާ” ކަމަށެވެ.
“އަޅުގަނޑުމެން އާ މަރުހަލާއަކަށް ވަންނަނީ މިހާރު މި އޮތް މަރުހަލާގެ ކާމިޔާބީތަކަށް ބަލައިގެން. އީރާނުގެ ނިއުކްލިއާ ޕްރޮޖެކްޓް އަހަރުމެން ފަހަތަށް ޖައްސާލީ، އެ ގައުމުގެ މިސައިލް ޕްރޮގްރާމަށް ވެސް އެކަން ހިނގާ،” އޭނާ ބުނެފައި ވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ އަމަލުތަކަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރަމުން އޭނާ ބުނީ، “މިހާރު ސަމާލުކަން އެނބުރި ދަނީ ޣައްޒާއަށް” ކަމަށެވެ. އަދި “ރަހީނު ކޮށްފައިވާ މީހުން މިނިވަންކުރުމަށާއި ހަމާސް ސަރުކާރު ވައްޓާލުމަށް” އެމީހުން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް އައިއިރު، 56،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 120,000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ. އަދި މެދުކެނޑުމަކަށް ފަހު މާޗް 18 ގައި ގަތުލުއާންމު ފެށި ފަހުން ވެސް ފަލަސްތީނުގެ ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
