
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ޓެރަރިޒަމްގެ ސީރިއަސް މައްސަލައެއްގައި 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ދިވެހި ފުލުހުން ޚިދުމަތުން ފޮނުއްވައިފިއެވެ. މިމައްސަލައާއި ގުޅޭގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޓެރަރިޒަމާ ގުޅޭ މައްސަލައެއްގެ 3 މީހެއްގެ މައްޗަށް ދައުވާކުރުމަށް ހޯމަ ދުވަހު ފުލުހުން ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގައި ދައުވާކުރުމާމެދު ވަކި ގޮތެއް އަންނަ މަހުގެ 7 ގެ ކުރިން ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައަކީ މިދިޔަ މާރިޗުމަހުގެ ކުރީކޮޅު ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ޤައުމީ ސަލާމަތާއި ގުޅުންހުރި ޚާއްސަ އޮޕަރޭޝަނާއި ގުޅޭ މައްސަލައެވެ. މާލޭގެ އިތުރުން ސަލާމަތީ ބާރުތަކުން ވަނީ ހުޅުމާލޭގެ ބައެއް ތަންތަންވެސް ބަލާ ފާސްކޮށްފައެވެ. މިތަންތަން ބަލާފާސްކޮށް އެތަންތަނުން ވަނީ ބައެއް ތަކެތި ސަލާމާތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އޭރު ހިންގި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ބައެއް ގެތައް ބަލާ ފާސްކޮށްފައިވާއިރު 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން އޭރު ވިދާޅުވެފައިވަނީ މިއީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްކަމަށާއި، އޮޕަރޭޝަނުގެ ތެރެއިން 3 މީހަކު ހައްޔަރުކޮށް، އެ މީހުންނާއި ގުޅުންހުރި ތަންތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ. މިއީ ޤައުމީ ސަލާމަތާއި ގުޅުން އޮތް މައްސަލައަކަށް ވުމުން ހާމަކުރެވެން އޮތް ވަރަކުން ހާމަކުރަމުންދާނެ ކަމަށް ސަލާމަތީ ބާރުތަކުން ވަނީ އޭރު ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
