
(ފޮޓޯ ކްރެޑިޓްސް: ކޯއަޕް)
އިނގިރޭސިވިލާތުގެ އެންމެ ބޮޑު ސުޕަމާކެޓް ބްރޭންޑު ކަމުގައިވާ ކޯ-އޮޕުން ޔަހޫދީންގެ މުދާ ވިއްކުން ހުއްޓާލައިފިއެވެ. އިނގިރޭސިވިލާތުގެ އެކި ސަރަޙައްދުތަކުގައި ކޯ-އޮޕުގެ 2،300އަށްވުރެ ގިނަ ފިހާރަ ހުރެއެވެ. ދާދި ފަހުން ކޯ-އޮޕުގެ ބޯޑުން ވަނީ ޞުލްޙަ ޤާއިމު ކުރުމުގައި އެ ކުންފުނިން އަދާ ކުރާ ދައުރު މުރާޖަޢާ ކޮށްފައެވެ. އެ ކުންފުނިން ބުނީ ޔަހޫދީ ދައުލަތުގެ އުފެއްދުންތައް ހިމެނޭ ގޮތަށް އިންސާނީ ހައްޤުތަކާ ޚިލާފު އަމަލުތައް ހިންގާ އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވާ 17 ޤައުމެއްގެ އުފެއްދުންތައް ވިއްކުން ހުއްޓައިލުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މި މަހުން ފެށިގެން ޔަހޫދީ ދައުލަތުން އިނގިރޭސިވިލާތަށް އެތެރެކުރާ ކެރެޓު ކޯ-އޮޕުގެ ފިހާރަތަކުން ނުވިއްކާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ފާއިތުވި ދުވަސްތަކުގައި ވިލާތުގެ ޤައުމުތަކުން ދަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން ޝާހީދުވާ މީހުންގެ ޢަދަދު ގިނަކަމުން ޔަހޫދީންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ކޯ-އޮޕް ބޯޑުގެ މުޤައްރިރު، ޑެބީ ވައިޓް ވިދާޅުވީ ކުންފުނީގެ މެންބަރުންގެ ކަންބޮޑުވުންތައް އަޑުއަހައި ކުންފުނިން އެދެވޭ ގޮތަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ވިޔަފާރިއެއްގެ ޙައިޞިއްޔަތުން ކޯ-އޮޕުގެ ތާރީޚުގައި ވެސް އެ ކުންފުންޏަކީ އަބަދު ވެސް އެންމެ ރަނގަޅަށް އަމަލު ކުރެވޭތޯ ބަލާ ކުންފުންޏެއް ކަމަށާއި ފެއަރ ޓްރޭޑަށް އެ ކުންފުނިން އަބަދު ވެސް ހިތްވަރުދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ފަހުގެ މި ނިންމުމަކީ ހަމަ އެ ވިސްނުމުގައި އަޅާފައިވާ ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
