
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި އާންމުންނަށް ކާބޯތަކެތި ފޯރު ކޮށްދިނުން ހަތިޔާރަކަށް ހަދާފައި އޮތް އޮތުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާ، ޔޫއެންއެޗްސީއާރުން ބުނެފިއެވެ. އެހީގެ ނިޒާމާމެދު އދން އަބަދު ވެސް ނުރުހުން ފާޅު ކުރެއެވެ. ނަމަވެސް ޔަހޫދީން މިހާރު ބޭނުން ކުރަމުންދާ ނިޒާމާމެދު އދން މިހާ ހަރުކަށި އިބާރާތުން މީގެ ކުރިން ފާޑުކިޔައިފައެއް ނުވެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 55،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ޔަހޫދީންގެ ޢުދުވާނީ ޙާމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ވަނީ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ތިން މަހެއްހާ ދުވަސްވަންދެން ޔަހޫދީން ހުރަސްއެޅުމަށް ފަހު މިހާރު އެ ސަހަރަށް އެތެރެ ކުރެވެނީ އެހީގެ ސާމާނުގެ ކުޑަ މިންވަރެކެވެ. ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންނެވެ.
ޣައްޒާއަށް ވައްދާ އެހީގެ ސާމާނު ބެހުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރުމަށް ޙަވާލުކޮށްފައި ވަނީ އެމެރިކާއާ ގުޅުންހުރި ޣައްޒާ ހިޔުމަނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފަށެވެ. ޖީއެޗްއެފުން އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރަނީ އެމެރިކާގެ އަމިއްލަ ސަލާމަތީ ކުންފުންޏަކާ ގުޅިގެންނެވެ. ޣައްޒާގައި ޖީއެޗްއެފުން ޙަރަކާތްތެރިވާން ފަށާފައި ވަނީ މިދިޔަ މެއި މަހުގެ 26ވަނަ ދުވަހުއެވެ. ނަމަވެސް އދން ވަނީ އެ ޖަމްޢިއްޔާ މެދިވެރިކޮށް އެހީގެ ސާމާނު ބެހުމަށް ދެކޮޅު ހަދާފައެވެ. ޖީއެޗްއެފަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ކަމަށް އދން ޤަބޫލެއް ނުކުރެއެވެ. އދން ވަނީ ޖީއެޗްްއެފުން އެހީގެ ސާމާނު ބަހާ ނިޒާމަކީ އެހީގެ ސާމާނު ހަނގުރާމައިގެ ހަތިޔާރަށް ހަދައި، ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވާ ނިޒާމެއް ކަމަށް ތުހުމަތު ކޮށްފައެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ, އުންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރިނީ ވެސް ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް މިހާރު ބޭނުންކުރާ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޖީއެޗްއެފް މެދުވެރި ކޮށް ޣައްޒާގައި އެހީގެ ސާމާނު ބަހަން ފެށި ފަހުން، އެޙީގެ ސާމާނު ބަހާ މަރުކަޒުތައް ހުންނަ ސަރަޙައްދުތަކުން 410އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. ޔޫއެންއެޗްސީއާރުގެ ތަރުޖަމާނު، ތަމީމް އަލް-ޚީތާން ވިދާޅުވީ ޝަހީދުވި މީހުންގެ ޢަދަދު ޙިއްޞާކޮށްފައި ވަނީ ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުގެ އިތުރުން ސަރުކާރާ ގުޅުމެއް ނެތް އަމިއްލަ ޖަމުޢިއްޔާތަކުން ކަމަށެވެ. ޔޫއެންއެޗްސީއާރުން މިހާރު ދަނީ މި ޢަދަދުތައް ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ތަމީމް ވިދާޅުވީ އިންތިހާ ދަރަޖައަށް ބަނޑަށް ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އޮތީ ދެ ގޮތް ކަމަށާއި އެއީ ބަނޑަށް ޖެހި މަރުވުން ނުވަތަ ކާބޯތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ޝަހީދުވުމުގެ އިޚްތިޔާރު ކަމަށެވެ. ޔަހޫދީން ޤާއިމު ކޮށްފައިވާ ނިޒާމަކީ އަސްކަރީ ބޭނުމަށްޓަކައި އިންސާނީ އެހީތެރިކަން ފޯރު ކޮށްދޭ ނިޒާމު ހަތިޔާރަކަށް ހަދާފައިވާ ނިޒާމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ކާބޯތަކެތި ހަތިޔާރަށް ހެދުމާއި ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ހޯދުމަށް ހުރަސްއެޅުމާއި މަނާ ކުރުން ބެލެވޭނީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ކަމަށާއި، ބައެއް ޙާލަތްތަކުގައި އެއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އެހެން ޖަރީމާއެއްގެ ގޮތުގައި ބެލެވިދާނެ ކުށަކަށް ވުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ޔަހޫދީންގެ ޢަމަލުތައް އެ ފަދަ ޖަރީމާއެއްގެ ތެރޭގައި ހިމެނޭތޯ ސުވާލު ކުރުމުން ތަމީމް ވިދާޅުވީ ޤާނޫނީ ޝަރުތުތައް ކަނޑައަޅާނީ ޤާނޫނީ ކޯޓަތަކުން ކަަމަށެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
