
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުން ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ޙަމަލާ ދިނުމާ ގުޅިގެން ޤަޠަރާއި އެކުވެރި ޢަރަބި އިމާރާތުގައި ހުންނަ ދުނިޔޭގެ އެންމެ ކާރޫބާރޫބޮޑު ދެ ވައިގެ ބަނދަރުން ކުރާ ވައިގެ ދަތުރުތަކަށް އަސަރުކޮށް، ބޮޑެތި ލަސްތަކެއް ކުރިމަތިވެއްޖެއެވެ. އީރާނުން ޙަމަލާ ދިނުމުން ޤަޠަރާއި ބަޙްރައިނާއި ކުަވައިތުގެ އިތުރުން އެކުވެރި ޢަރަބި އިމާރާތުން ވަނީ އެ ޤައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދު ކޮށްފައެވެ. އެއާއެކު އެއަރލައިންތަކަށް ވަނީ އެ ޤައުމުތަކަށް ކުރާ ދަތުރުތައް ކެންސަލްކޮށް، އެ މަގުތަކުން ދަތުރު ކުރުމަށް ހަމަޖައްސާފައިވާ އެތައް ސަތޭކަ ދަތުރެއް ބަދަލު ކުރުމަށް މަޖުބޫރުވެފައެވެ. އޭގެ ސަބަބުން ގިނަ ޢަދަދައްގެ ދަތުރުވެރިން ވަނީ ވައިގެ ބަނދަރުތަކުގައި ނުފުރި ތާށިވެފައެވެ.
ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ދަވްޙާގެ ޙަމަދު އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ 250އެއްހާ ފްލައިޓު ކެންސަލް ކޮށްފައެވެ. އަދި އިތުރު 238 ފްލައިޓު ވަނީ ފުރަން ހަމަޖެހިފައި އޮތް ގަޑިއަށްވުރެ ލަސްވެފައެވެ. ގިނަ ޢަދަދެއްގެ ދަތުރުވެރިން ނުފުރިފައި ތިބިއިރު އެ ވައިގެ ބަނދަރުގައި ހަދާފައިވާ ސަފުތައް 200 މީޓަރަށް ވުރެ ދިގެވެ. ސަފުގައި ހުރި ދަތުރުވެރިއެއް ބުނީ އޭނާ ނުނިދާތާ 19 ގަޑިއިރުވެފައިވާ ކަަމަށާއި ސަފުގައި ހުންނަތާ ވެސް ނުވަ ގަޑިއިރަށްވުރެ ގިނައިރު ވެފައިވާ ކަމަށެވެ. ދިގު ސަފުގައި ތިބި މީހުންނަށް ވައިގެ ބަނދަރުން ދޫކޮށްފައި ވަނީ ހަމައެކަނި ބޯފެން ކަމަށް އޭނާ ބުންޏެވެ.
ވަރޖިންް އޮސްޓްރޭލިޔާއިން ބުނީ ދަވްޙާ ވައިގެ ބަނދަރުގައި ގާތްގަނޑަކަށް 25،000 ފަސިންޖަރުން ނުުފުރި ތިބިކަމަށް ބެލެވޭ ކަމަށެވެ. މީހުން ގިނަވެ ސަފުތަކުގައި ތިބި މީހުންގެ މެދުގައި ދެބަސްވުންތައް ހިނގަމުންދާ ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އޭގެ އިތުރުން ދުނިޔޭގެ އެންމެ ކާރޫބާރޫބޮޑު ވައިގެ ބަނދަރުކަމުގައިވާ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުން ވެސް 145 ފްލައިޓު ކެންސަލް ކޮށްފައިވެއެވެ. އަދި 450އަށްވުރެ ގިނަ ފްލައިޓު ވަނީ ލަސްވެފައެވެ. ޤަޠަރު އެއަރވޭސްއިން ވެސް ބުނީ ދަތުރުތައް ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ޖޫން މަހުގެ 26 ވަނަ ދުވަހާ ހަމައަށް އަދިވެސް ދަތިތައް ހުރުން އެކަށީގެންވާ ކަމަށް އެ ވައިގެ ބަނދަރުން ބުނެފައިވެއެވެ.
މެދުއިރުމަތީގެ ވައިގެ ބަނދަރުތަކަކީ ދުނިޔޭގެ އެންމެ ކާރޫބާރޫބޮޑު ވައިގެ ބަނދަރުތަކެވެ. މެދުއިރުމަތީގެ ސަރަޙައްދުތަކުގެ ތެރޭގައި އީރާނާއި ޢިރާޤުން ފެށިގެން މެޑިޓެރޭނިއަން ސަރަޙައްދު ހިމެނެއެވެ. މެދުއިރުމަތީގެ ވައިގެ ބަނދަރުތަކަކީ ވިލާތާއި އޭޝިޔާއަށް ދަތުރު ކުރުމަށް އޮންނަ މައި ޓްރާންސިޓު މަގުތަކެވެ. މިދިޔަ އަހަރު ތެރޭގައި ދުބާއީ މަގުން އެކަނި ވެސް 92.3 މިލިޔަން މީހުން ވަނީ ދަތުރު ކޮށްފައެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 250،000 ދަތުރުވެރިންނެވެ. މެދުއިރުމަތީގެ ވައިގެ ބަނދަރުތަކަށް ގިނަ ޢަދަދެއްގެ ޓްރާންސިޓު ފްލައިޓުތައް ޖައްސާއިރު، އެ ވައިގެ ބަނދަރުތަކަށް ދަތުރު ނުކުރެވުމުން އެހެން ހުރިހާ ސަރަޙައްދެއްގެ ދަތުރުތަކަށް ވެސް ވަނީ ބުރޫ އަރައިފައެވެ. ޤަޠަރުގެ ވައިގެ ބަނދަރަށް ދަތުރުކުރާ މީހުންގެ ތެރެއިން 78 އިންސައްތަ މީހުންނަކީ ޓްރާންސިޓު ފަސިންޖަރުން ކަމަށް އެ ވައިގެ ބަނދަރުން ޙިއްޞާ ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
