
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ނިއުލްކިޔަރ ދާއިރާއަށް ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަން ކޮށް، އެ ޤައުމުގެ ނިއުކްލިޔަރ މަސައްކަތްތައް އަލުން އާރާސްތު ކޮށް ފެށުމާގުޅޭ އިންތިޒާމްތައް ކުރިއަށްދާ ކަމަށް އެ ޤައުމުގެ ނިއުކްލިޔަރ ހަކަތައާ ބެހޭ އިސްވެރިޔާ، މުޙައްމަދު އަސްލަމީ ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވެފައި ވަނީ ޔަހޫދީންނާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއްދީ ގެއްލުންތައް ދީފައިވަނިކޮށެވެ. ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދޭން ފެށީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ މުހިންމު ސަރަޙައްދުތަކަށް ޔަހޫދީން ޙަމަލާދީފައިވެއެވެ. އެ އަދި އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިން ޝަހީދު ކޮށްލާފައިވެއެވެ.
ޔަހޫދީން އީރާނަށް ޙަމަލާ ދެމުން ދަނިކޮށް އެމެރިކާއިން ވެސް ވަނީ ހަމަނުޖެހުމުގެ ތެރެއަށް ވަދެ، އީރާނުގެ މައި ނިއުކްލިޔަރ މަރުކަތުތަކަށް ބޮން އަޅައިފައެވެ. އެ ގޮތުން އިޞްފިހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ ނިއުލްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައިވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށް ނައްތާލާފައިވާ ކަމަށް އިޢުލާނު ކުރައްވައިފައެވެ. އަސްލަމީ ވިދާޅުވީ އީރާނުން އިސްކަން ދެނީ ކުރިއަށް އޮތް ތަނުގައި ނިއުކްލިޔަރ ހަކަތައާ މަސައްކަތްތަކަށް ބުރޫ ނާރާނެފަދަ ގޮތަކަށް ކަންތައްތައް އިންތިޒާމު ކުރުމަށް ކަމަށެވެ. އަދި ގެއްލުން ލިބިފައިވާ ތަންތަން މަރާމާތުކޮށް އަލުން މަސައްކަތް ފެށުމަށް ކަމަށެވެ.
އީރާނުގެ ރައީސްއާއި ރޫޙީ ވެރިޔާ ހިމެނިވަޑައިގަންނަވާ ގޮތަށް، އީރާނުގެ އެންމެ އިސްވެރިން ވިދާޅުވަމުން ދަނީ ޙަމަލާ ދިން ނަމަވެސް އީރާނުގެ ނިއުކްލިޔަރ މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށެވެ. ބަޔަކު ދޭ ޙަމަލާތަކުން އީރާނުގެ ޞުލްޙަވެރި ނިއުކްލިޔަރ މަޝްރޫޢު ނައްތާ ނުލެވޭނެ ކަމަށާއި، އެ މަޝްރޫޢުއާ ދެކޮޅަށް ދޭ ޙަމަލާއަކީ އެ މަސައްކަތް އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރުމަށް އީރާނުގެ ޒުވާން ސައިންސުވެރިންނަށް ލިބޭ އައު ހިތްވަރެއްގެ ގޮތުގައި އިންޤިލާބީ ފައުޖުން ވެސް ސިފަ ކޮށްފައިވެއެެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
