
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޙަމަލާބަދަލު ކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އީރާނުންނާއި ޔަހޫދީން ޚިލާފުވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުޙްމަތު ކުރައްވައިފިއެވެ. ފާއިތުވި ބާރަ ދުވަހު އީރާނާއި ޔަހޫދީން ބަދަލުކުރަމުންދިޔަ ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަން އިޢުލާން ކުރެއްވީ ޓްރަމްޕެވެ. ނަމަވެސް ދެ ފަރާތުން ވެސް ވަނީ އެއްބަސްވުން ތަންފީޒުކުރަން ފެށި ފަހުން ޙަމަލާބަދަލުކޮށްފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެއީ އޭނާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ޔަހޫދީންނާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވާހަކަދެއްކެވީ ހުޅަނގުގެ އަސްކަރީ އިއްތިހާދު ނޭޓޯގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ނެދަލެންޑްސްގެ ދަ ހޭގަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
އޭގެ ފަހުން ޓްރަމްޕް މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޔަހޫދީންގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވަގުތުން އެނބުރި ޤައުމަށް ދިއުމަށް ޢަމުރުކުރައްވައިފައެވެ. އަދި އީރާނަށް ބޮން އަޅައިގެންނުވާނެ ކަމަށާއި އެއީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފުލުފުލުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓުތަކުގައި އޭނާ ވަނީ ޔަހޫދީންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޔަހޫދީންގެ ޢަމަލުތަކާ މެދު އޮތް ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. އެ ޕޯސްޓުތަކުގައި އޭނާ ވަނީ ހަމަޖެހުމަށް ޔަހޫދީންނަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
