
(ފޮޓޯ ކްރެޑިޓްސް: ކުޅުދުއްފުށި ސިޓީ ކައުންސިލް)
ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް 2025 ގެ 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ހައި ޖަމްޕް އިވެންޓުގެ އެއްވަނަ މިލަންދޫ ސްކޫލްގެ އިބްރާހީމް ނަސީހު އަލީ ހޯދައިފިއެވެ. މި އިވެންޓުން ނަސީހު އެއްވަނަ ހޯދީ 1.52 މީޓަރު އުހަށް ފުންމައިގެންނެވެ. ދެވަނަ ހޯދީ 1.42 މީޓަރު އުހަށް ފުންމައިގެން ޖަލާލުއްދީން ސުކޫލުގެ މުހައްމަދު ޖޫދު ހަމްމާމްއެވެ. ތިންވަނަ ހޯދީ 1.39 މީޓަރު އުހަށް ފުންމި އަފީފުއްދީން ސުކޫލުގެ އަރުޝަހު އަހުމަދު ވަހީދެވެ. 20 އަހަރުން ދަށުގެ އަންހެން ކުދިންގެ ލޯންގް ޖަމްޕް އިވެންޓުން އެއްވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ ފާތިމަތު ޝައިހާ އަސްލަމެވެ. އޭނާ ވަނީ 3.60 މީޓަރު ދުރަށް ފުންމާފައެވެ. ދެވަނަ ހޯދީ 3.38 މީޓަރު ދުރަށް ފުންމި ހަނިމާދޫ ސުކޫލުގެ އައިޝަތު ލީނާއެވެ. ތިންވަނަ ހޯދީ ޖަލާލުއްދީން ސުކޫލުގެ އާލާ އާކި ޞަކީލްއެވެ.
20 އަހަރުން ދަށުގެ ޑިސްކަސް އިން އެއްވަނަ ހޯދީ މިލަންދޫ ސުކޫލުގެ ހުސެއިން ރައިސާންއެވެ. ދެވަނަ ހޯދީ މިލަނދޫ ސުކޫލުގެ މުހައްމަދު މައިސާން މަންސޫރެވެ. ތިންވަނަ ހޯދީ މުހައްމަދު ޔާސީން އަބުދުއްރަހީމްއެވެ. 13 އަހަރުން ދަށު އަންހެން ކުދިންގެ ޝޮޓްޕުޓް އިވެންޓުން އެއްވަނަ ހޯދީ ނައިވާދޫ ސުކޫލުގެ އައިނާ އިބްރާހިމް ޒުހެއިރުއެވެ. ދެވަނަ ހޯދީ ނޮޅިވަރަމްފަރު ސުކޫލުގެ އައިމިނަތު އީޝާ އަހުމަދެވެ. ތިންވަނަ ހޯދީ ނައިވާދޫ ސުކޫލުގެ ސިޔާނާ އަހުމަދު ޒިޔާދެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
