
މިހާރު ކުރިއަށްދަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަލުން ވުޖޫދަށް ގެނައުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ. ޠަލާލް މިހެން ވިދާޅުވީ ސޮކާ ވެޓެރަންސްއިން އިންތިޒާމުކޮށްގެން ބާއްވާ މައޯ ސުވޭމް ޖޫނިއާސް 18 އަހަރުންދަށުގެ ފިއެސްޓާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި އޮތް މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވީ މިހާރު ކުރައްވަމުން ގެންދަވަނީ ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ކަމަށެވެ.
“އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ފުޓްބޯޅަ އަލުން ނަގާ ކޮޅަށް ޖެހުމަށްޓަކާ. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި މަސައްކަތް ކާމިޔާބު ވެގެންދާނެ” ކޮމިޝަނަރ އޮފް ސްޕޯޓްސް ވިދާޅުވިއެވެ. އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޯމަލައިޒޭޝަން ކޮމިޓީންވެސް މިހާރު ކުރަމުން ގެންދާ މަސައްކަތަކީ އެމަގަށް މަގު ކޮށައިދިނުން ކަމަށް ޠަތާލް ވިދާޅުވިއެވެ. ޠަލާލް ވިދާޅުވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ކުރައްވަމުން ގެންދަވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. ފުޓްބޯޅަ އަލުން އާލާކުރުމަށް ސޮކަރ ވެޓަރަންސް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށްވެސް ޠަލާލްވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޠަތާލް ވިދާޅުވީ ސޮކަރ ވެޓެރަންސްއިން ރާވާ މުބާރާތްތަކަކީ ދިވެހި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށްޓަކައި އެޅޭ ފުރަތަމަ ފިޔަވަޅު ކަމަށެވެ. އަދި މިރޭ ފެށި މުބާރާތް ކުރިޔަށް ގެންދެވެނީ ފުޓްބޯޅައިގެ ޝައުގު އުފައްދާ އާލާކުރުމުގެ މަގްސަދުގައި ކަމަށް ސޮކާ ވެޓަރަންސްއިން ފާހަގަކޮށްފައިވާ އިރު މިއީ ހަގީގަތުގައިވެސް މުހިންމު މަސައްކަތެއް ކަމަށް ޠަލާލް ވިދާޅުވިއެވެ. “ހަގީގަތުގައި ވަރަށް މުހިންމު ފިޔަވަޅެއް ތުއްތު އިރުގައި ފުޓްބޯޅައިގެ ޝައުގު އުފައްދައިގެން އަޅުގަނޑުމެންނަށް މޮޅެތި ކުޅުންތެރިން އުފެއްދޭނީ” ޠަތާލް ވިދާޅުވިއެވެ. އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ކުރުމަށަ ތައްޔާރުވަމުން އަންނައިރު އެ އިދާރާގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ގައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
