
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ އާދިލް އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ. މިޞްރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މަތީ ތަޢުލީމާއި އިޤުތިޞާދީ ގޮތުންނާއި، ސިއްޙީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުން ހިމެނެއެވެ. ދިވެހިރާއްޖެއާ މިޞްރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1969 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހުގައެވެ.
About Post Author
މާދަމާ ނިއުސް
“ގައުމީ ތަރައްގީ ޕްލޭންގެ ޑްރާފްޓު ނިންމައި މިހާރު އޮތީ ރިވިއުކުރާ މަރުހަލާގައި”
(ފޮޓޯ ކްރެޑިޓްސް: ނެކްސިއާ މޯލްޑިވްސް) ރާއްޖެ ތަރައްގީކުރުމަށް ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ގައުމީ މާސްޓަޕްލޭންގެ ޑްރާފްޓް ނިމި، މިހާރު އޮތީ ރިވިއުކުރުމުގެ...
އާ ކުންފުނިން ބޭސް އެތެރެކޮށް، ރަށްރަށަށް ފޮނުވަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޭސް އެތެރެކުރުމަށް ސަރުކާރުން އަލަށް އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ކުންފުނިން ރާއްޖެއަށް ބޭސް ގެނެސް، ރަށްރަށަށް...
ދީނަށް ފުރައްސާކުރާ މައްސަލާގައި ހޯދަން އިއުލާން ކުރި ބޫގާ ފުލުހަށް ހާޒިރެއް ނުވި
ދީނަށް ފުރައްސާރަކުރި މައްސަލައެއްގައި ތަހުގީގަށް ހާޒިރުވާން ފުލުހުން އިއުލާނުކުރި އަހުމަދު އާމިރު (ބޫގާ) ކަނޑައެޅި ވަގުތަށް ހާޒިރުވެފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސޯޝަލް...
ޕީއެންސީއަށް ވޯޓު ދީގެން ތިނަދޫ ރައްޔިތުން ބަދުނާމުން ސަލާމަތް ކުރެވޭނެ: ސައުދުﷲ
ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެލްޖީއޭއިން ފާހަގަކޮށްފައިވާ ކޮރަޕްޝަނާއި އިހުމާލުގެ ބޮޑެތި މައްސަލަތަކުން ރަށުގެ އަބުރު ސަލާމަތްކުރުމަށް، ކުރިއަށް އޮތް އިންތިހާބުގައި ޕީއެންސީގެ...
ފެބުރުވަރީގެ ނިޔަލަށް ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 1.27 ބިލިޔަން...
މިފަހަރުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގު 294،876 މީހުންނަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިގެންވާ...
