
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ލޯކަލް ކައުންސިލްތަކުގެ އެކައުންޓުތަކުގައި ބޭނުން ނުކުރެވޭ ދެ ބިލިޔަނަށްވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިކަން ހާމަކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޡިމްއެވެ. މާލިއްޔަތު ކޮމިޓީގައި ލޯކަލް ކައުންސިލްތަކުގެ ބްލޮކް ގްރާންޓާ ގުޅޭގޮތުން މެންބަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން، ކައުންސިލްތަކުގެ އެކައުންޓުތަކުގައި އަހަރު ނިމޭއިރު ބަޖެޓުން ޚަރަދުނުކޮށް ހުންނަ ފައިސާ ޖަމާވަމުން އައިސް މިހާރު ދެ ބިލިޔަނަށްވުރެ ގިނަ ރުފިޔާ އެބަހުރިކަން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޡިމް ހާމަކުރެއްވިއެވެ.
ނާޡިމް ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އިސްލާހުކުރުމަށް ދިރާސާކުރުމުގެ ތެރެއިން މަޢުލޫމާތު ހޯއްދެވިއިރު މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކައުންސިލްތަކުގެ އެކައުންޓުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް 1.38 ބިލިޔަން ރުފިޔާ ހުރިކަމަށް މާލީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުވާފައިވާ ސިޓީން އެނގޭގޮތުގައި މިދިޔަ އަހަރު ނިމުނުއިރު އެކައުންޓުތަކުގައި 2.148 ބިލިޔަން ރުފިޔާ އެބަހުރި ކަމަށްވެސް ނާޡިމް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ އެކައުންޓުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ހުންނަ ފައިސާގެ އަދަދު ކޮންމެ އަހަރަކު 200 މިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް މާލީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.ކައުންސިލުތަކުގެ ބަޖެޓުން ބާކީވާ ފައިސާގައި އަތް ނުލެވުމަކީ ލާމަރުކަޒީ ޤާނޫނުގައި އޮތް އުނިކަމެއްކަން ނާޡިމް ފާހަގަކުރެއްވިއެވެ. އަދި އެފަދަ ގޮތަކަށް ފައިސާ އެކައުންޓުތަކުގައި ހުރުމުން ރައްޔިތުންނަށް މަންފާކުރާނެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށްވެސް ނާޡިމް ވިދާޅުވިއެވެ.
ބޭނުން ނުކުރެވޭ ގޮތަށް ކައުންސިލްތަކުގެ އެކައުންޓުގައި ބޮޑެތި އަދަދުތަކުން ފައިސާ ހުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބައެއް ކައުންސިލްޔަކަށް އެކަށީގެންވާ ބަޖެޓެއް ނުލިބޭކަމުގެ ކަންބޮޑުވުން ފާޅު ކުރާ ކަމަށާއި އެކަމާ ގުޅޭގޮތުން އެއްވެސް ބަދަލެއް ގެންނަންވާނީ ރަނގަޅަށް ދިރާސާ ކުރުމަށްފަހު ކަމަށްވެސް ހަނިމާދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
