
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމުގައި އެންމެ ބޮޑު ޢަމާޒަކީ ތަހުގީގުތައް އަވަސްކުރުމުގެ ކެޕޭސިޓީ ފުލުހުންގެ އިދާރާގައި ވަރުގަދަކުރުންކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ދާޚިލީ ސަލާމަތުގެ ދާއިރާގައި ފުލުހުންގެ ޚިދުމަތަކީ ކުރިއެރުވުމަށް ޚާއްސަ އިސްކަމެއްދޭކަމަށެވެ. އެގޮތުން ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި ނެތް ތަންތަނުގައި ޚިދުމަތް ޤާއިމުކުރުމާއި، އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަސައްކަތްތައް ހަލުއިދުވެލީގައި ކުރިއަށްދާކަމަށާއި، ސަރުކާރުގެ ޢަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޕޮލިސް ސްޓޭޝަންތަކުގެ ބޭނުމަކަށްވަނީ، ފުލުހުންގެ އެހީތެރިކަން ބޭނުންވާ ކަންކަމުގައި ރައްޔިތުންނާ ގާތުން އެ ޚިދުމަތް ދެވުންކަމަށެވެ. މިއީ ފުލުހުންނަށް ހުށައަޅާ މައްސަލަތައް ތަހުޤީގުކުރުމުގައިވެސް އަވަސްވާނެ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. “މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެދަށުން 100އަށްވުރެ ގިނަ ޕޮލިސް ސްޓޭޝަންގެ ޢަމަލީ މަސައްކަތް އެކުއެކީ އެކި މަރުޚަލާގައި އެބަ ކުރިއަށްދޭ. ގިނަ ޕްރޮޖެކްޓްތަކެއް ކޮންޓްރެކްޓްކޮށްފައިވާއިރު ގިނަ ޕްރޮޖެކްޓްތަކެއްގެ ޢަމަލީ މަސައްކަތައް ކުރިއަށްދޭ” ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ އިތުރުން، ފުލުހުންގެ މަސައްކަތު ޤާބިލިއްޔަތުކަން އިތުރުކުރުމަކީ އެންމެ އިސްކަމެއްދޭ މަސައްކަތްކަމަށެވެ. “ތަހުގީގު ކެޕޭސިޓީ އިތުރުކޮށް ތަހުގީގުތައް އަސްކުރުން އެންމެ ބޮޑު އިސްކަމަކީ. ފުނިޖެހިފައި ހުރި މައްސަލަތައް އެބަހުރި ތަހުގީގީ މަރުހަލާގައި. ތަހުގީގު ކެޕޭސިޓީ އަދި ފެންވަރު ރަނގަޅުވެގެން މަސައްކަތްތައް އަވަސްވާނީ” ދާޚިލީ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް ނެރެ، މަގުމަތީގެ އަމާންކަމާއި، ރައްކާތެރިކަން ޤާއިމުކުރުމުގެ މަސައްކަތްވެސް ހަރުދަނާކުރައްވަނެކަމަށެވެ. އަދި ގިނަ ފުލުހުން ޤާއިމުގެ ޚިދުމަތް ދިނުމަށް ދަތިވާ ތަންތަނުގައިވެސް، ޑިޖިޓަލް ސިސްޓަމްގެތެރެއިން ފުލުހުންގެ ޚިދުމަތްތައް ގުޅާލާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
