
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ މެކްސިކޯގެ ޕަޗޫކާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު ދިހަ ކުޅުންތެރިންނާއިއެކު 3-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ. މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް އެޗް ގައި މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައި އޮތް ރެޑްބުލް ސަލްޒްބަރގް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު އަލް ހިލާލް އާއި ދެކޮޅަށް އެ ޓީމު މިއަދު ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް އެއްވަނަ މަގާމް ލިބޭނެ އެވެ.
ޗާލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ހަތްދިހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި ޕަޗޫކާގެ ސަލޮމޮން ރޮންޑޮން އަށް ފައުލް ކުރުމާއި ގުޅިގެން ރެއާލް މެޑްރިޑްގެ ރައުލް އަސެންސިއޯ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މި މެޗުގައި ރެއާލް މެޑްރިޑަށް ލީޑު ނަގައިދީ ފައިވަނީ މެޗުގެ 35 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ރެއާލް މެޑްރިޑް އިން ލަނޑު ޖެހުމުގެ ކުރިން ޕަޗޫކާއިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ރެއާލް މެޑްރިޑްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ދައްކާފަ އެވެ. އަދި ޕަޗޫކާ އިން ޕެނަލްޓީ އަކަށް އެޕީލް ކުރި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ ޕެނަލްޓީއެއް ދޭން ނުޖެހޭކަމަށް ނިންމާފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އާދާ ގުލާރ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 70 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފެޑެރީކޯ ވަލްވާޑް އެވެ. އަދި އޭގެ ދިހަ މިނިޓު ފަހުން ޕަޗޫކާގެ އެލިއަސް މޮންޓިއެލް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ. ޕަޗޫކާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައިވެސް އެ ޓީމުގެ ފޯވަޑް ކިލިއަން އެމްބާޕޭ ކުޅެފައެއް ނުވެއެވެ. އެޕްބާޕޭ އަށް ފުރަތަމަ ގަދަ ހުމަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ފަހުން އޭނާއަށް ވަނީ ގޭސްޓްރިކްގެ ދަތިތަކާއިހުރެ އެޑްމިޓްކޮށް ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީގެ ދެ ދައުރުގައި ވެސް ގައުމަށް ފައިދާވާނެ ކަމެއް ކޮށްފައެއް ނެތް: މުޙައްމަދު
ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ދައުރުގައި ވެސް ދައުލަތަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އޭގެ...
“ބޭހުގެ ފޯކާސްޓް ރަނގަޅުކުރެވިއްޖެނަމަ އުކާލަންޖެހޭ ބައި މަދުކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލާ ދެނެގަނެވިއްޖެނަމަ، މުއްދަތު ހަމަވެގެން އުކާލަންޖެހޭ ބޭހުގެ އަދަދު މަދުކުރެވޭނެ ކަމަށް ސްޓޭޓް...
ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ
ފެނަކަ ކޯޕަރޭޝަން ރައިޓްސައިޒް ކުރުމަށް އެކުލަވާލި ރިޑަންޑަންސީ ޕޮލިސީގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދީފައިވާ ކަމަށް އެ...
ސީ-ޓު-އެއާ ކާގޯ: ކެމްބޯޑިއާއިންވެސް މުދާ ގެންނަން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ސީ-ޓު-އެއާ ކާގޯ ޚިދުމަތް އިތުރަށް ފުޅާކޮށް، ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން ވިލާތުގެ...
އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިޔަން ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އަހަރުގެ ކައުންސިލްތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި، ބަޖެޓު ހުށަހެޅުމަށް މާލީ ވުޒާރާއިން...
ޗައިނާއިން ރާއްޖެއަށް މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 2...
