
މެންޗެސްޓާ ސިޓީގެ ސްކޮޑް ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން ކުޑަކުރަން ޖެހޭ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. ކުލަބު ވޯލްޑް ކަޕުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަލް އައިންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ސްކޮޑް ކުޑަ ކުރުމުގެ ކުރިން ބޭނުންވަނީ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރަން ކަމަށެވެ. އޭގެ އެއް ސަބަބަކީ ބޮޑު ސްކޮޑެއް އޮތުމާއި ކުޅުންތެރިންގެ އުފާވެފައި ތިބި ކުލަބުން ވަކިވުމަށް ފުރުސަތު ދިނުން ކަމަށެވެ. އޭނާ ބުނީ ސްކޮޑް ކުޑަކުރަން ބޭނުންވާ އެންމެ މުހިންމު ސަބަބަކީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފައިވުމާއި ތަޖުރިބާކާރު އަދި އުމުރުން ދުވަސްވީ ގިނަ ކުޅުންތެރިތަކެއް ތިބުމުން އެ ހުރިހާ ކުޅުންތެރިން އުފާ ކޮށްދެވެން ނެތުމުން ކަމަށެވެ.
“ޔަގީނުން ވެސް އެއް ބަޔަކު ބޭނުންވާ ވަރަށް ފުރުސަތު ނުލިބިދާނެ. އޭރުން އެ މީހުން ފަހުން ދެރަވާނެ. އަހަރެން ދެރަވިޔަސް އަހަރެން ބޭނުމެއް ނުވޭ އަހަރެންގެ ކުޅުންތެރިން ދެރަ ވާކަށް. އެކަމަކު ބައެއް ކުޅުންތެރިން ކުލަބުގައި ތިބެއްޖެނަމަ އެ މީހުން އެންމެން އުފާ ނުކޮށްދެވިދާނެ،” ގާޑިއޯލާ ބުންޏެވެ. ސިޓީގައި މި ވަގުތު 30 ކުޅުންތެރިންގެ އެބަތިބި ކަމަށް ވެސް ގާޑިއޯލާ ބުނެ އެވެ. ނަމަވެސް ވިދިވިދިގެން ހަތަރު އަހަރު ސިޓީ އަށް ޕްރެމިއާ ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ހުސްވި ސީޒަނުގައި ހުސް އަތާ ތިބެން ޖެހުނު ޓީމުގެ ކޯޗު ބުނީ ބޭނުންވަނީ 20 ކުޅުންތެރިން ކަމަށެވެ.
“އޭރުން އަހަރެންނަށް ޔަގީން ކުޅުންތެރިން އުފާވާނެކަން. އެއްވެސް ކުޅުންތެރިއަކު ނުކުޅެ ހުންނާކަށް ނުޖެހޭނެ،” ގާޑިއޯލާ ބުންޏެވެ. ސިޓީގައި ތިބި ކުޅުންތެރިންގެ ތެރެއިން ކުރީގެ ކެޕްޓަން އިކާއީ ގުންޑޮގަން ގަތުމަށް ތުރުކީގެ ގަލަޓަސަރާއީން މަސައްކަތް ކުރާކަމަށް ވާހަކަ ދެކެވެ އެވެ. އަދި 20 މިލިއަން ޔޫރޯ އަށް އޭނާ ވިއްކާލަން ސިޓީ އިން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަ ގާޑިއޯލާ ޔަގީންކޮށް ނުދިނެވެ. އޭނާ ބުނީ އެފަދަ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ.
ސިޓީން ވަނީ ކުރި އަށް އޮތް ސީޒަން ފެށުމުގެ ކުރިން ޓީމުގެ ދެ ކެޕްޓަނުން ދޫކޮށްލާފަ އެވެ. އެއީ ޑިފެންޑަރު ކައެލް ވޯކާ އާއި މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. އުމުރުން 33 އަހަރުގެ ޑިބެރޭނާ ގުޅުނީ އިޓަލީގެ ނަޕޯލީއާ އެވެ. ލޯނު އުސޫލުން ސީޒަނުގެ ފަހު ބައި އިޓަލީގެ އޭސީ މިލާނަށް ކުޅުނު ވޯކަ ބޭނުން ކުލަބަކަށްދާން ވަނީ ދޫކޮށްލާފަ އެވެ.
About Post Author
މާދަމާ ނިއުސް
“ރާއްޖެއަކީ ލަންކާގެ އިޤްތިޞާދުގެ މުހިއްމު ބައިވެރިއެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ، ރާއްޖެއަކީ އެޤައުމުގެ އިޤްތިޞާދީ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، ދެޤައުމުގެ ޒަމާންވީ...
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ލަންކާގެ ބޮޑުވަޒީރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ބޮޑުވަޒީރު ޑޮކްޓަރ...
ރައީސް އަރިހަށް ލަންކާގެ މަޖިލީހުގެ ރައީސް ޒިޔާރަތް ކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް...
ރާއްޖެއާއި ލަންކާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރަން ގަސް އިންދުމުގެ ރަސްމިއްޔާތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަންކާއަށް ކުރައްވާ...
ބަނގުރަލުގެ ހިދުމަތް ދޭން އުޅޭ ވާހަކަ މޯލްޑިވިއަން އިން ދޮގުކޮށްފި
މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ދޭން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ އެއާލައިނުން ދޮގުކޮށްފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ...
އެޕްރީލް މަހު މިފްކޯއަށް ކިރުވި މަހަށް 78 މިލިޔަން ރުފިޔާ
މިދިޔަ އެޕްރީލް މަހު މިފްކޯއަށް 1068 ދޯންޏަކުން 4414 ޓަނުގެ މަސް ކިރުވައި، އެ މަހަށް 78 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ...
